މާޒީވެގެން ދިޔަ އެތައް ދުވަސްތަކަކަށްފަހު އަހަރެންގެ ހުރި ހަމައެކަނި ކޮއްކޮ، އަހަރެންގެ އެއްބަފާ ކޮއްކޮ ސާމިއު އަހަރެންނާ ބައްދަލުކޮށް، އޭނަގެ މަންމަ އަހަރެންނަށް ރައްދުކޮށްދޭން އެދި ދުނިޔެ ދޫކޮށްދިޔުމުގެ ކުރިން ލިޔުނު ސިޓީ އަހަންނާ ހަވާލުކުރިއެވެ. ކޮއްކޮ އެދުނީ އެސިޓީ އޭނާގެ ހާޒިރުގައި ހުރެ ކިޔަން ފެށުމަށެވެ.
އަހަރެން އެސިޓީ ވަރަށް ފަރުވާތެރިކަމާއެކު ހުޅުވާލީމެވެ. ސިޓީގެ ފުރަތަމަ ފޮޅުވަތުގައި އޮތީ މިފަދައިންނެވެ:
"އަހަރެން ފުރައިގެން ދިޔަ ދުވަހުގެ ހެނދުނު ކަންތައްވީ ގޮތް ދަރިފުޅު ނައުފަލު އަށް އެނގޭނެ ވަގުތު މިއޮތީ އައިސް ޖެހިފައެވެ. ނަމަވެސް އިތުރަށް ކިޔުމުގެ ކުރިން މިކަން ދެނެގަންނާށެވެ. އަހަރެން ދިޔައީ ދަރިފުޅުގެ ބައްޕަދެކެ ވާ ލޯތްބި ނުވާތީކީ ނޫނެވެ. އަދި ނުއުފަން ދަރިއެއް ކަމަށްވީތި އަދި ތިދަރިފުޅު ދެކެވެސް ލޯބި ނުވާތިކީއެއްވެސް ނޫނެވެ. އެވަގުތު ދަރިފުޅު އެކަނިކޮށްލާފައި ދާން އަހަރެންނަށް މަޖުބޫރުވީއެވެ."
އަހަރެން ދެކެފަރިތަ އަތުލިޔުމަށް އަހަރެން ބަލަހައްޓައިގެން ހުރީމެވެ.
ކުދި އަކުރުތަކެކެވެ. އަކުރުތަކުގެ ދެމެދުގައި ހުރީ ވަރަށް ފަރުވާތެރި ހުސްތަންތަނެވެ.
އެއީ އަހަރެންގެ ސުކޫލް ފޮތްތަކުގައި ނަން ޖަހައިދިން، ފުރިޖު ކައިރީގައި ބާޒާރުކުރަންޖެހޭ ތަކެތީގެ ލިސްޓު ލިޔެދިން އަދި އަހަރެންގެ ބައްޕަ އަބަދުވެސް ހަނދާންނެތޭ ހުއްދަ ފޯމުތަކުގައި ސޮއިކޮށްދިން ހަމަ އެ އަތުލިޔުމެވެ.
އަހަރެންގެ ކުރިމަތީގައި، އަހަރެންގެ އެއްބަފާ ކޮއްކޮ އިނީ އޭނާގެ ދެއަތް ދެކަކޫ ދެމެދުގައި ބާރުކޮށްލައިގެންނެވެ.
"ދޮންބެ، މުޅި ސިޓީ އެއްކޮށް ކިޔާލަބަލަ،" އޭނާ މަޑުމަޑުން ބުންޏެވެ. "އާދޭސްކޮށްފައި ބުނަން."
ވޭތުވެދިޔަ ފަނަރަ އަހަރު ދުވަހު އަހަރެން ކޮއްކޮގެ މަންމައަކީ ހިތެއްނެތް އަންހެނެއް ކަމުގައި ބުނަމުން ދިޔައީމެވެ.
މިއަދު އޭނާ މިދުނިޔެ ދޫކޮށް ގޮސްފައިވާއިރު، ބާވެފައިވާ ސިޓީއުރައެއްގެ ތެރެއިން އޭނާގެ އަޑު އަނބުރާ އަތުވެއްޖެއެވެ.
އަހަރެންގެ ބައްޕަ، އަހުމަދު ނިޔާޒު ނިޔާވީ އުމުރުން ސާޅީސް ފަސް އަހަރުގައެވެ.
ބައްޕަ ނިޔާވީ މާލޭގައި އިންޖީނު މަރާމާތުކުރާ ވޯކްޝޮޕެއްގައި މަސައްކަތުގައި ހުއްޓާ ކުއްލިއަކަށް ވެއްޓިގެންނެވެ.
މީހަކު އަހަރެންނަށް ގުޅިއިރު ބައްޕަ އޮތީ ހޮސްޕިޓަލުގައެވެ.
އޭރު އަހަރެންގެ އުމުރަކީ ސަތާރަ އަހަރެވެ.
ޑޮކްޓަރު ދެއްކި ވާހަކަ ފަހުމްވާ ވަރަށް އަހަރެން ބޮޑެވެ. ނަމަވެސް އެހެން ޖަވާބެއް ދޭނެ އެހެން ޑޮކްޓަރަކު ކޮންމެވެސް ތަނެއްގައި ހުންނާނެ ކަމަށް ގަބޫލުކުރެވޭ ވަރަށް އަހަރެން ކުޑައެވެ.
ޑޮކްޓަރުން އެ ޚަބަރު ދިންއިރު، އަހަރެންގެ ދޮންމަންމަ، ފާތިމަތު ޒައިނާ ހުރީ އަހަރެންގެ ގާތުގައެވެ.
އޭނާ މޭޒުގެ ކައިރީގައި ބާރަށް ހިފަހައްޓާލިއެވެ.
ދެން އޭނާ އަހާލިއެވެ، "އަހަރެންނަށް އޭނާ ފެނިދާނެތަ؟"
އޭނާގެ އަޑުގައި ހުރީ ސާބިތުކަމެވެ.
އެ ސާބިތުކަން ދެކެ އަހަރެން ފޫހިވިއެވެ.
އަހަރެން ބޭނުންވީ އޭނާ ހަޅޭއްލަވާށެވެ. އަހަރެންގެ ދުނިޔެ ބަރުބާދުވި ފަދައިން އޭނާގެ ދުނިޔެވެސް ބަރުބާދުވިކަމުގެ ފާޅުކަން ބޮޑު ހެއްކެއް އަހަރެން ދެކެން ބޭނުންވިއެވެ.
ކަށުނަމާދާއި ވަޅުލުމުގެ ކަންކަމުގައި އޭނާ މާގިނަ ވާހަކައެއް ނުދައްކައެވެ.
އަހަރެން ރޮއިރޮއި އޮތްއިރު އޭނާ އަހަރެންގެ ގައިގައި ބައްދައެއް ނުލައެވެ. ގާތްތިމާގެ މީހުން އަހަރެންގެ ވަށާލައިގެން ބައްދާލަމުން ހިތްވަރުން ދެމުން ދިޔައިރުވެސް އޭނާ ހުރީ ދުރުގައެވެ.
ތިމާގެ މީހުން ދިއުމުގެ ކުރިން އޭނާ އެތަނުން ހިނގައްޖެއެވެ.
ޖެހިގެން އައި ދުވަހުގެ ހެނދުނު، އޭނާގެ ދެ ދަބަސް ތައްޔާރުކޮށް، އޭނާގެ ދަރިފުޅު ސާމިއު ގޮވައިގެން އޭނާ ފުރައިގެން ދިޔައެވެ.
އޭރު ސާމިއުގެ އުމުރަކީ ތޭރަ އަހަރެވެ.
އޭނާ ސާމިއު ގޮވައިގެން ޓެކްސީއަށް އަރަނިކޮށް އަހަރެން ދޮރުމަތީގައި ބަލަން ހުރީމެވެ.
އޭނާ އެއްފަހަރު ފަސް އެނބުރި ބަލާލިއެވެ.
އަހަރެން މޫނު އަނބުރާލީމެވެ.
ފާއިތުވި ފަނަރަ އަހަރު އަހަރެންގެ ހިތުގައި ހަރުލާފައި ހުރި ހަނދާނަކީ އެއީއެވެ: އަންހެނަކު ދަނީއެވެ، އަދި ފިރިހެން ކުއްޖަކު އޭނާއަށް ފަހު ބަލާލުމެއް ދިނުމަށް އިންކާރު ކުރަނީއެވެ.
އަހަރެންގެ އުމުރުން ފަސް އަހަރުގައި ޒައިނާ އަހަރެންގެ ބައްޕައާ ކައިވެނިކުރިއެވެ.
އަހަރެންގެ އަމިއްލަ މަންމަ މަރުވީ އޭގެ ދެ އަހަރު ކުރިންނެވެ.
ފުރަތަމަ އަހަރެން އޭނާއަށް ކިޔަނީ "ޒައިނާ އާންޓީ" އެވެ.
އެހެން ނަމަކުން ކިޔުމަށް އޭނާ ދުވަހަކުވެސް ނޭދެއެވެ.
އަހަރެން ގަރުދިޔައާއި ބަތް ކާން ބޭނުންވާ ގޮތް އޭނާ ދަސްކުރިއެވެ. ގުގުރާ ވިދާ ދުވަސްދުވަހު އަހަރެންގެ ކޮޓަރީގެ ބޭރުގައި އޭނާ އިނދެއެވެ. އަދި އަހަރެން ފިލާވަޅު ކިޔާއިރު އަޑުއަހަން އިނދެއެވެ.
އަހަރެންގެ އުމުރުން އަށް އަހަރުގައި، ފުޓުބޯޅަ ކުޅެން އުޅުމުގެ ތެރޭގައި އަވަށްޓެރިއެއްގެ ގޭގެ ކުޑަދޮރެއް ތަޅާލެވުނެވެ.
ބައްޕަ ހުރީ ވަރަށް ބޮޑަށް ކޯފާވެފައެވެ.
ޒައިނާ އަހަރެމެން ދެމީހުންގެ ދެމެދަށް ވަނެވެ.
"އޭނާ މައާފަށް އެދޭނެ، އަދި އެ މަރާމާތުކުރަން ފައިސާވެސް ދޭނެ،" އޭނާ ބުންޏެވެ. "އެކަމަކު ފުރަތަމަ އޭނާއަށް ވާހަކަ ދައްކަން ފުރުސަތު ދީ."
އުމުރުން ބާރަ އަހަރުގައި އަހަރެން ހުން އައިސްގެން އުޅުނު ރެއެއްގައި، މެންދަމު ހޭލެވުނުއިރު އޭނާ އިނީ އަހަރެންގެ އެނދު ކައިރީގައި ނިދިފައެވެ.
އޭނާގެ އަތުގައި ތެތް ފޮތިގަނޑެއް އޮތެވެ.
މި ހަނދާންތަކަކީ އަގުހުރި ހަނދާންތަކަކަށް ވާންޖެހޭނެއެވެ.
ނަމަވެސް އޭނާ ދިއުމަށްފަހު، އެ ހުރިހާ ކަމެއް ދޮގުކުރާނެ ގޮތްތައް އަހަރެން ހޯދީމެވެ.
އޭނާ އުޅުނީ އޮޅުވާލައިގެން ކަމަށް ނިންމީމެވެ.
އޭނާ އުޅުނީ ހިތްހަމަޖެހިގެން ކަމަށް ބެލީމެވެ.
އޭނާ މަޑުކުރީ ބައްޕަގެ ފައިސާގެ ބޭނުމުގައި ކަމަށް ހީކުރީމެވެ.
ޒައިނާ އާންޓީ ދިމުމާއެއެކު އަހަރެންގެ ކަންކަން ބަލަމުންއައި ބޮޑުދައިތަ، ދުވަހަކުވެސް އަހަރެންގެ އެ ވިސްނުން އިސްލާހެއް ނުކުރެއެވެ.
"އޭނާ އިޚްތިޔާރުކުރީ އެގޮތް،" ބޮޑުދައިތަ ބުނެއެވެ.
އެންމެ ފަހުން، އެހެން ސަބަބެއް އޮވެދާނެތޯ ސުވާލުކުރުން އަހަރެން ހުއްޓާލީމެވެ.
ސުކޫލް ނިންމުމަށްފަހު، ކުޑަ ފިހާރައެއްގައި މަސައްކަތް ކުރަމުން އެކައުންޓިންގ ކިޔެވީމެވެ.
ކޯސް ފީ ދައްކާނެ ފައިސާ ނެތް ދުވަސްވަރު، ބައްޕަގެ ކުރީގެ ވިޔަފާރި ބައިވެރިއަކު އެހީތެރިކަން ފޯރުކޮށްދިނެވެ.
އެ ހުރިހާ ކަމެއް ހަމަޖެއްސީ ބޮޑުދައިތައެވެ.
"ކަލޭގެ ބައްޕަގެ ރަނގަޅު ރަހުމަތްތެރިން ތިބި،" ބޮޑުދައިތަ ބުންޏެވެ.
ފަހުން އަހަރެން އައިޝަތުއާ ކައިވެނިކުރީމެވެ.
އަހަރެމެންނަށް އަންހެން ދަރިއަކު ލިބުނެވެ.
ކޮންމެ އަހަރަކު ބައްޕަ މަރުވި ދުވަހު، އަހަރެން އަނބިމީހާއަށް އެއް ވާހަކައެއް ކިޔައިދެމެވެ.
"ޖެހިގެން އައި ދުވަހުގެ ހެނދުނު އަހަރެންގެ ދޮންމަންމަ ފުރައިގެން ދިޔައީ."
އައިޝަތު ބައެއްފަހަރު އަހާނެއެވެ، "އޭގެ ފަހުން ދުވަހަކުވެސް އޭނާއާ ވާހަކަ ދެއްކިންތަ؟"
"ދައްކާނެ އެއްވެސް ވާހަކައެއް ނެތް."
އެއްފަހަރަކު، އުފަންދުވަހުގެ ކާޑެއް އައެވެ.
ސިޓީއުރަ ނުކަނޑަނީސް އެއީ ކާކުގެ އަތުލިޔުމެއްކަން އަހަރެންނަށް އެނގުނެވެ.
އަހަރެން އެ ދެބައިކޮށް ވީދާލީމެވެ.
އެހެން ފަހަރަކު، ބޭސްފިހާރައެއްގެ ބޭރުން ޒައިނާ ފެނުނެވެ.
އޭނާ ހުރީ މުސްކުޅިވެފައެވެ. ހިކިފައެވެ.
އަހަރެން ފެނުމުން އޭނާ ހިނިތުންވެލިއެވެ.
އަހަރެން އަޅާނުލާ ދިޔައީމެވެ.
އަހަރުތަކެއް ވަންދެން، އެ ވަގުތުކޮޅު ހަނދާންކޮށް އަހަރެން އުފާކުރީމެވެ.
ނަމަވެސް، މިއަދު އޭނާގެ ސިޓީ އަތަށް ލިބުމުން، އިސްއުފުލާ ބަލާލަންވެސް ނުކެރުނެވެ.
"ނައުފަލް، ދަރިފުޅުމެންގެ ބައްޕައަކީ މުއްސަނދި މީހެއް ނޫން،" އޭނާ ލިޔެފައިވެއެވެ.
"އޭނާއަކީ ދީލަތި މީހެއް، އެކަމަކު ކަންތައްތައް ގޯސްވަމުންދާ މިންވަރު އެއްބަސްވާން އޭނާ ބައެއްފަހަރު ބިރުގަތީ. ވޯކްޝޮޕް އޮތީ ބޮޑު ދަތިކަމެއްގެ ތެރޭގައެވެ. ދަރަންޏާއި، ފައިސާ ނުދެއްކި ހުރި މުދާ ސަޕްލައިކުރާ ފަރާތްތަކާއި، އިންސްޓޯލްމަންޓަށް ނަގާފައިވާ މެޝިނަރީތައް ހުއްޓެވެ. ވިޔަފާރިއަށް ފައިސާ ބޭނުންވި ވަގުތުތަކުގައި ބައެއް ލިޔެކިޔުންތަކުގައި އަހަރެން ސޮއިކޮށްފައިވާތީ، ބައެއް ދަރަނިތައް ހުރީ އަހަރެންގެ ނަމުގައެވެ. ކަންތައްތައް ރަނގަޅުވާނެ ކަމަށް އޭނާ އަބަދުވެސް ބުނަމުންދިޔައެވެ. އަހަރެން އެކަން ގަބޫލުކުރީ އެގޮތް ބޭނުންވާތީއެވެ. ނަމަވެސް އެއީ އަހަރެމެން ނިންމި ނިންމުންތަކަށް އޮތް އުޒުރެއް ނޫނެވެ."
އަހަރެން ސާމިއުއަށް ބަލާލީމެވެ.
"ދަރަނިތަކޭ؟"
އޭނާ ބޯޖަހާލިއެވެ.
"ސިޓީއުރަ ތެރޭގައި އެލިޔުންތައް ހުންނާނެ."
ސިޓީގެ ފަހަތުގައި އެއްބަސްވުންތަކުގެ ކޮޕީއާއި، ފައިސާ ދެއްކި ރެކޯޑްތަކާއި، އަހަރުތަކަށް ބަހާލެވިފައިވާ ރަސީދުތައް ހުއްޓެވެ.
އަހަރެންގެ ބައްޕަގެ ސޮއި އަހަރެންނަށް ފާހަގަކުރެވުނެވެ.
ދެން ޒައިނާގެ ސޮޔެވެ.
އަހަރެންގެ މުޅި ހަޔާތް ބިނާކޮށްފައިވާ ވާހަކައިގެ ބިންގާ ގުޑައިގެން ދިޔަ ކަމުގެ އިހުސާސް އެވަގުތު ކުރެވުނެވެ.
އަނެއްކާވެސް ސިޓީ ކިޔުން ކުރިއަށްގެންދަން ފެށީމެވެ.
"ބައްޕަ ވަޅުލި ޖެހިގެން އައި ދުވަހުގެ ހެނދުނު، ދަރިފުޅުގެ ބޮޑުދައިތައާއި ބޮޑުބޭބެ އަހަރެންނާ ވާހަކަދައްކަން އައެވެ. އެމީހުން ބުނީ ދަރިފުޅު ނައުފަލް ހުންނާނީ އެމީހުންގެ ގާތުގައި ކަމަށެވެ. އެއީ ތިދަރިފުޅަށް އެންމެ ރަނގަޅު ގޮތް ކަމަށް އެމީހުން ގަބޫލުކުރިއެވެ."
ބޮޑުދައިތަ ހެނދުނު ހެނދުނާ އައި ހަނދާން އަހަރެން ވިއެވެ.
ސިޓިންގ ރޫމުގައި ވާހަކަދައްކާ އަޑު އިވުނު ހަނދާން ވިއެވެ.
އޭރު އަހަރެން އިނީ ބައްޕަގެ ގަމީހެއްގައި މޫނު ޖައްސާލައިގެން ކޮޓަރީގައެވެ.
"ނައުފަލް އަހަރެންނާއެކު ބަހައްޓަން ބޭނުންވާ ކަމަށް އަހަރެން ބުނީމެވެ. އެމީހުން ބުނީ ދަރިފުޅަށް މިހާރުވެސް ލިބިފައިވާ ހިތާމަ ފުދޭ ކަމަށާއި، ވިޔަފާރިއަށް ދެންވާނެ ގޮތެއްގެ ތެރެއަށް ދަރިފުޅު ވެއްދުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ."
އޭރު ޒައިނާގެ އަތުގައި ދާއިމީ އާމްދަނީއެއް ނެތެވެ.
އަހަރެމެން އުޅުނު ފްލެޓަކީ ވޯކްޝޮޕްގެ ނަމުގައި ކުއްޔަށް ހިފާފައިވާ ތަނެކެވެ. އެތަން ދޫކޮށްލަން ޖެހޭނެ ކަމަށް އޭނާއަށް އޮތީ އަންގާފައެވެ.
އޭނާގެ ކޮއްކޮއަކު އައްޑޫގައި ހުރެއެވެ. އޭނާއާއި ސާމިއުއަށް އެގެއިން ކޮޓަރިއެއް ދޭނެ ކަމަށް އޮތީ ބުނެފައެވެ.
"ނައުފަލު ބަލާނެކަމާއި ސުކޫލަށް ފޮނުވައި، ކިޔެވުން ނިންމައިދޭނެ ކަމަށް ބޮޑުދައިތަ ބުންޏެވެ. އެއިން އެއްވެސް ކަމެއް ކޮށްދެވޭނެ ކަމުގެ ޔަގީންކަމެއް އަހަރެންގެ އަތަކު އޭރަކު ނެތެވެ. އައްޑޫއަށް އައިސް ފުރަތަމަ ކޮޅު އުޅުނީ ވަރަށް ދަތިކޮށްނެވެ.
ދެން އޮތީ އެންމެ ބޮޑަށް ހިތުގައި ޖެހުނު ޖުމްލައެވެ.
"ދިޔުމުގެ ކުރިން ދަރިފުޅު އަމިއްލައަށް ގޮތެއް ނިންމަން ފުރުސަތު ދިނުމަށް އަހަރެން އެދުނީމެވެ. ބޮޑުދައިތަ ބުނީ ދަރިފުޅު ހުރީ ވަރަށް ބޮޑަށް ދެރަވެފައި ކަމަށާއި، އަހަރެމެން ބަހުސްކުރާ މަންޒަރު ފެނުމުން ކަންތައްތައް އިތުރަށް ގޯސްވާނެ ކަމަށެވެ."
އަހަރެން ސިޓީ ބޭއްވީމެވެ.
އެއް ވަގުތަކަށް އަހަރެންގެ އުމުރު އަނބުރާ ސަތާރަ އަހަރަށް ދިޔަ ކަހަލައެވެ. ބަންދުކޮށްފައިވާ ދޮރެއްގެ ފުރަގަހުގައި ބޮޑެތި މީހުން އަހަރެންގެ ދިރިއުޅުމުގެ ގޮތް ނިންމަމުން ދިޔައިރު، އަހަރެން ހުރީ އެއްވެސް ކަމެއް ނޭނގިފައެވެ.
"މަންމަ އަހަރެން ގާތު އެވާހަކަ ނުބުނީ ކީއްވެ؟" އަހަރެން ކޮއްކޮ ގާތު އެހީމެވެ.
ސާމިއު އޭނާގެ ދެއަތް އުނގުޅާލިއެވެ.
"އިތުރަށް ކިޔާލަބަލަ."
"އަހަރެމެން ފުރުމުގެ ކުރިން ކަލޭގެ ކޮޓަރި ދޮރުމައްޗަށް އަހަރެން ދިޔައީމެވެ."
ދޮރުގައި ޓަކިޖެހި ހަނދާން އަހަރެން ވިއެވެ.
ވަރަށް މަޑުމަޑުން ޖެހި ޓަކިއެކެވެ.
އަހަރެން ހަޅޭއްލަވައިގަތީމެވެ، "ދޭ މިތަނުން!"
"އަހަރެން އެ ދޮރުމަތީގައި މަޑުކުރަން ޖެހޭނެއެވެ. ދަރިފުޅު އަޑުއަހަން ބޭނުން ނުވި ނަމަވެސް އަހަރެން ވާހަކަދައްކަން ޖެހޭނެއެވެ. އޭގެ ބަދަލުގައި، ހިމޭނުން ދިއުމަކީ އެންމެ ގެއްލުން ކުޑަ ގޮތް ކަމަށް އެވަގުތު އަހަރެންނަށްވެސް ގަބޫލުކުރެވުނީއެވެ. އެއީ އަހަރެންނަށް ހެދުނު ގޯހެކެވެ."
ލިޔެފައިވާ އަކުރުތައް ފުސްވާން ފެށިއެވެ.
އެ ލިޔުންތަކުގެ ފަހަތުގައި އޮތީ ބޮޑު އުޒުރެއް ނޫނެވެ.
އެއީ ބިރުގަތުމާއި ވަރުބަލިކަމުގެ ސަބަބުން، ފަހުން ހިތާމަކުރަންޖެހުނު ނިންމުމެއް ނިންމުނު އަންހެނެއްގެ އިޢުތިރާފެވެ.
" ދަރިފުޅު ހަމައަކަށް އެޅުމުން ހުރިހާ ކަމެއް ކިޔައިދޭން އަހަރެން ހުރީ ނިންމައިގެންނެވެ. ނަމަވެސް ބޮޑުދައިތަ ބުނީ ދަރިފުޅު އަހަރެންނާ އެއްވެސް ގުޅުމެއް ބާއްވަން ބޭނުން ނުވާ ކަމަށެވެ. އެހެންވިޔަސް އަހަރެން ސިޓީ ލިޔުނީމެވެ. އެއިން އެއްވެސް ސިޓީއަކަށް ޖަވާބެއް ނުލިބުމުން، ބޮޑުދައިތަ ދެއްކި ވާހަކަ އަހަރެން ގަބޫލުކުރަން ފެށީމެވެ."
އެތިކޮޅުތަކަށް ވީދާލެވުނު އުފަންދުވަހުގެ ކާޑު އަހަރެން ހަނދާންވިއެވެ.
ބޭސްފިހާރަ ކައިރިން ބައްދަލުވި ވަގުތެވެ.
އޭނާގެ ޖެހިލުންވެފައިވާ ހިނިތުންވުމެވެ.
އަދި އަހަރެންގެ ފަރުވާކުޑަ މޫނެވެ.
އައްޑޫގައި ޒައިނާ މަސައްކަތް ކުރީ ޔުނީފޯމް ފެހުމާއި ތަކެތި އިސްލާހުކޮށްދިނުމުގައެވެ.
ފަހުން ކުޑަ ކެފޭއެއްގައި ކައްކަން އުޅުނެވެ.
ސުކޫލް ނިންމާފައި ސާމިއު އެހީތެރިވެދެއެވެ.
އަމިއްލަ ތަނެއް ކުއްޔަށް ހިފޭވަރު ވަންދެން އެމީހުން އުޅުނީ ބޮޑުދައިތަގެ ގޭގެ ކޮޓަރިއެއްގައެވެ.
ޒައިނާ އޭނާގެ ގަހަނާތައް ވިއްކާލިއެވެ.
އޭނާގެ ނަމުގައި ހުރި ދަރަނިތައް އަދާކޮށް، ބާކީ ހުރި ފައިސާ ދައްކާނެ ގޮތްތައް ހަމަޖެއްސިއެވެ.
"ބައެއްފަހަރު ދަރިފުޅުގެ ބައްޕަދެކެ އަހަރެން ރުޅިއައެވެ،" އޭނާ ލިޔެފައިވެއެވެ. "އޭނާ މަރުވި ފަހުންވެސްމެއެވެ. އޭނާ މަތިން ހަނދާންވާ ވަގުތުވެސް އޭނާދެކެ ރުޅިއާދެވެއެވެ. އަހަރެން ހީކުރީ އަހަރެންގެ ނަފްސާނީ މައްސަލައެއް އުޅެނީ ކަމަށެވެ."
"އެކަމަކު އަހަރެން އޭނާދެކެ ލޯބިވީމެވެ. އަހަރެން ކައްކަން ވަރުބަލިވެފައި ހުންނަ ދުވަސްދުވަހު ހަވީރު ސައި ހިފައިގެން އަންނަ މީހާދެކެ ލޯބިވީމެވެ. ދަރިފުޅު ސްކޫލް ވާހަކަ މުބާރާތްތަކަށް ގޭގައި ފަރުތަކުރާއިރު ކޮޓަރީގެ ބޭރުގައި އަޑުއަހަން ހުންނަ މީހާދެކެ ލޯބިވީމެވެ. ތަންމަތި ފަތްޖަހަން ދުވަހަކުވެސް ދަސްނުވި މީހާދެކެ ލޯބިވީމެވެ."
ލޮލުން ކަރުނަ އަންނަމުންދިޔަ ހާލުގައިވެސް އަހަރެންނަށް ހީނލެވުނެވެ.
އަހަރެންގެ ބައްޕަ ތަންމަތި ފަތްޖަހާނީ ވަރަށް މޮޅަށެވެ. ރޯލެއްގައި އޮޅާލާހެން އޮޅާލާފާއި އެއީ އެއީ ފަތްޖެހީ ކަމަށް ބުނާނެއެވެ.
ބައްޕަ ހިނިތުންވެފައި ހުންނައިރު ޒައިނާ އާންޓީއަސް ޖެހޭނީ ކޮންމެ ފަހަރަކު އެ ނިއުޅުވާލައި ރީތިކުރާށެވެ.
ބައްޕަގެ އެ ހިނިތުންވުން އަހަރެން ހަނދާން ނެތިއްޖެއެވެ.
އަހަރެންގެ ހިތުގައި އުފެދުނު ނަފްރަތުގެ ސަބަބުން ބައްޕަ މަރުވި ދުވަހުގެ ހިތާމަވެރި ހަނދާންތައް ދިރިހުރި ނަމަވެސް، އޭގެ ކުރިން އުޅުނު އުފާވެރި ދިރިއުޅުން އޮތީ ފޮރުވިފައެވެ.
ޖެހިގެން އޮތް ގަނޑުގައި އަހަރެންގެ ސުކޫލް ފީއާ ބެހޭގޮތުން ލިޔެފައިވެއެވެ.
ބައްޕަގެ އެއްވެސް ދީލަތި ރަހުމަތްތެރިއަކު ނެތެވެ.
ޒައިނާ ފައިސާ ފޮނުވަމުން ދިޔައީ ބޮޑުދައިތަ މެދުވެރިކޮށެވެ.
ހުރިހާ ފައިސާއެއް ނޫނެވެ. އާއިލާގެ އެހެން މީހުންވެސް އެހީވިއެވެ.
ނަމަވެސް ކޮންމެ މަހަކުވެސް އޭނާއަށް ވީވަރަކުން ފައިސާ ފޮނުވިއެވެ.
އޭގެ ރަސީދުތައް ހުއްޓެވެ.
ކުދި އަދަދުތަކެވެ. ކޮންމެ ޓާމެއް ފެށޭއިރު ބޮޑެތި އަދަދުތަކެވެ.
އަހަރެންގެ ފުރަތަމަ ލެޕްޓޮޕް ގަތް ހަފްތާގައިވެސް އޭގެ އަގަށްވުރެ އިތުރަށް ހުރީ ފޮނުވާފައެވެ.
"އަހަރެން ހީކުރީ ބައްޕަގެ ރަހުމަތްތެރިއަކު ދިން އެއްޗެއް ކަމަށް،" އަހަރެން މަޑުމަޑުން ބުނީމެވެ.
"ފުރަތަމަ ކޮޅު އެވާހަކަ ނުބުނަން މަންމަ އެދުނީ،" ސާމިއު ބުންޏެވެ. "އެއީ ދޮންބެ އެ ފައިސާގައި ނުހިފާފާނެތީ މަންމަ ބިރުގަތީ."
"އަދި އޭގެ ފަހުން؟"
"ދަނޑިވަޅު އަދި ރަނގަޅެއް ނޫނޭ އެމީހުން ބުނަނީ."
އަހަރެން އޭނާއަށް ބަލަހައްޓައިގެން ހުރީމެވެ. އޭނާ ކަރުނަ ހިންދާލިއެވެ.
"އަހަރެންވެސް އެކަމާ ވަރަށް ދެރަވި."
ފުރަތަމަ ފަހަރަށް އަހަރެންނަށް ފަހުމްވީ، އޭނާ އެއައީ ހަމައެކަނި ސިޓީއެއް ދޭކަށް ނޫންކަމެވެ. އޭނާ އެއައީ ފާއިތުވި ފަނަރަ އަހަރުގެ އަމިއްލަ ތަޖުރިބާތައްވެސް ހިފައިގެންނެވެ.
"އަހަރެން މަންމައާ ބެހޭގޮތުން ދައްކަމުން ދިޔަ ވާހަކަތައް ކޮއްކޮއަށް އެނގޭތަ؟"
"އާނ."
"ދެން ކީއްވެ ކޮއްކޮ މިވާހަކަތައް ކިޔަދޭން މަސައްކަތް ނުކުރީ، ކީއްވެ؟"
ސާމިއުގެ ލޯ ކަރުނުން ފުރުނެވެ.
"އަހަރެން އަންނަން ބޭނުންވި. އެކަމަކު މަންމަ އަބަދުވެސް ބުނަނީ ދޮންބެއަށް މިހާރުވެސް ބައްޕަ ގެއްލިފައިވާ ކަމަށް. އަހަރެން ގޮސް ދޮންބެއާ އަރާރުންވާކަށް މަންމަ ބޭނުމެއް ނުވީ"
"އެއީ އޭނާގެ ނިންމުމެއްތަ؟"
"އާނ. އަދި އަހަރެން ބޮޑުވުމުން އެއީ އަހަރެންގެވެސް ނިންމުން."
އޭނާ މޫނު އަނބުރާލިއެވެ.
"އަހަރެން ހީކުރީ ދޮންބެއަށް އެއަށްވުރެ ބޮޑަށް ކަންތައްތައް އެނގޭނެ ކަމަށް. އަހަރެން ހުރީ ދޮންބެ ދެކެ ރުޅިއައިސްފައި."
އޭނާ ރުޅިއައުމަކީ އޭނާގެ ހައްގެކެވެ.
"މަންމައަކީ ފުރިހަމަ މީހެއް ނޫން،" އޭނާ ކުރިއަށް ގެންދިޔައެވެ. "ބައެއްފަހަރު ރޮއިފައި އަހަރެން ގާތު ބުނާނެ ނުރޮމޭ. ވަރުބަލިވެފައި ހުންނަ ވަގުތު ބައެއްފަހަރު އަހަރެންދެކެ ރުޅިއަންނާނެ. ދޮންބެއާ މެދު މަންމަ އެހާ ބޮޑަށް ކަންބޮޑުވާތީ އަހަރެން ބައެއްފަހަރު ވަރަށް ދެރަވޭ."
"އަހަރެން މައާފަށް އެދެން."
އޭނާ ބޯޖަހާލިއެވެ. ނަމަވެސް އަހަރެންގެ މައާފު ވަގުތުން ގަބޫލުކޮށް ކަންތައްތައް ފަސޭހަ ނުކޮށްލިއެވެ.
"އަހަރެންގެ ފޮޓޯގެ ކައިރީގައި ދޮންބެގެ ފޮޓޯވެސް މަންމަ ބަހައްޓާ."
އަހަރެން އަނގަމަތީގައި އަތް އެޅީމެވެ.
"އޭނާ ދުވަހަކުވެސް އެ ފޮޓޯ އެތަނުން ނަގައެއް ނުލާ."
ސިޓީގެ ނިމުމާ ކައިރީގައި، ޒައިނާ އާންޓީ ކަށުނަމާދުގެ ކަންތައްތައް ހިނގި ގޮތް ކިޔައިދީފައިވެއެވެ.
"އަހަރެން ނުރޯކަން ދަރިފުޅު ހަނދާން ހުރެދާނެއެވެ. އަހަރެމެން އެތަނަށް ދިއުމުގެ ކުރިން އަހަރެން ރޮއިފީމެވެ. އެއަށްފަހު އަހަރެންނަށް އެއްވެސް އިހުސާސެއް ނުކުރެވުނެވެ. މީހުން ދައްކާ ވާހަކަތައް އަޑުއިވުނީވެސް އެހެން ކޮޓަރިއަކުން އިވޭ އަޑުތަކެއް ފަދައިންނެވެ. ދަރިފުޅު ރޮމުން ދިޔަ މަންމަރު އަހަރެން ދުށީމެވެ. އަހަރެން ދަރިފުޅުގާތަށް ގޮސް ދަރިފުޅުގެ ގައިގައި ބައްދާލަދީ ފިރުމާލަދީ ހިތްވަރުދޭންވެސް އެދުވަހު ނުހަނު ބޭނުންވިއެވެ. ނަމަވެސް ދަރިފުޅުގެ ކައިރީގައި ތިބެންޖެހޭނީ އަމިއްލަ އާއިލާ ކަމަށް ބޮޑުދައިތަ އޮތީ ބުނެފައެވެ. އެ ބަސްތަކުގެ ސަބަބުން އަހަރެންނަށް ހުންނަން ޖެހުނީވެސް ހުރިހާކަމެއް ވަންހަނާކޮށްގެން ދަރިފުޅާ ދުރުގައެވެ. ބާރަ އަހަރު ވަންދެން ދަރިފުޅު ބަލާބޮޑުކުރުމަށްފަހު، އެންމެ ހިތާމަ ލިބުނު ވަގުތު ކައިރީގައި ހުރުމުގެ ހައްގު އަހަރެންނަށް ނެތް ކަމުގެ އިހުސާސް އެހެން މީހަކު އަހަރެންނަށް ކުރުވީއެވެ."
އަހަރެން އިސްދަށަށް ޖެހީމެވެ.
އޭނާ ހޮސްޕިޓަލަށް ދިޔައެވެ.
ބައްޕަ ބަލަން އެދުނެވެ.
އޭނާ މޭޒުގައި ހިފަހައްޓައިގެން ހުރީ އޭނާގެ އަތުގެ ނާރުތައް ފާޅުވާހާ ބާރަށެވެ.
އެ ހުރިހާ މަންޒަރެއް އަހަރެން ދުށީމެވެ.
ނަމަވެސް އެއީ އެއްވެސް ކަމެއް ނޫން ކަމަށް އަހަރެން އަމިއްލައަށް ނިންމީއެވެ.
ފަހު ސޮފުހާ އޮތީ ކުޑަކޮށެވެ.
"މި ސިޓީގެ ސަބަބުން ދަރިފުޅު ރުޅިއަންނާނެ ކަމެއް ނުވަތަ ހިތްހަމަޖެހުން ލިބޭނެ ކަމެއް އަހަރެންނަކަށް ނޭނގެއެވެ. އަހަރެން ދިއުމުން ދަރިފުޅު ދެރަ ނުވާ ކަމަށް ދެއްކުމުގެ ބޭނުމެއް ނެތެވެ. ދަރިފުޅު ދެރަވާނެކަން އަހަރެންނަށް އިހްސާސްކުރެވެއެވެ. އެކަމަށްޓަކައި އަހަރެން ދަރިފުޅުގެ ކިބައިން މައާފަށް އެދެމެވެ. ދަރިފުޅަކީ އަހަރެންނަށް އަހަރެންގެ ދިރިއުޅުމުން ދޫކޮށްލެވޭނެ ކުއްޖެއް ނޫނެވެ. ތީ އަމިއްލަ އުފަން ދަރިއެއް ފަދައެވެ. ކޮންމެ އަހަރަކުވެސް، ދަރިފުޅު އަދިވެސް ނިދަން އޮށޯވެ ބޮކި ދިއްލައިގެން ފޮތް ކިޔާތޯ އަހަރެން ހިތަށްއަރައެވެ. ހެނދުނުގެ ނާސްތާ ކުރާތޯއެވެ. އުފާވެރި ކަމެއް ދިމާވުމުން އެވާހަކަ ބުނާނެ މީހަކު ހުރިތޯއެވެ. ދަރިފުޅަށް އަންހެން ދަރިއަކު ލިބުނު ޚަބަރު އަހަރެން އެހީމެވެ. އޭނާވެސް ދަރިފުޅު ފަދައިން ހިނިތުންވާނެ ކަމަށް އުންމީދު ކުރަމެވެ. ދަރިފުޅަށް އަހަރެން މި އެދޭ އެދުން ފުއްދައިދެވޭނެ ނަމަ، އެކަން ކޮށްދެއްވުމަކީ ޒައިނާ އާންޓީގެއަށް ކުރެވޭނެ ހެޔޮޢަމަލެކެވެ. އެއީ ކޮއްކޮ ސާމިއުއަކީ ކޮއްކޮކަން ދަނެގެން ދެމީހުން އެކަކު އަނެކަކުގެ އެހީއާމަދަދާއެކު ދިރިއުޅުން ކުރިއަށް ގެންދިޔުމެވެ. އޭނާގެ މަންމަ ގެއްލިއްޖެއެވެ، ނަމަވެސް އޭނާގެ ބޭބެ ދެވަނަ ފަހަރަށް ގެއްލިގެން ނުވާނެއެވެ. ލޯތްބާއެކު، ޒައިނާ އާންޓީ."
އެސިޓީގައި ސޮއިކޮށްފައިއެވަނީ އަހަރެން ކުޑައިރު އޭނާއަށް ގޮވާ ނަމުންނެވެ.
އަހަރެން އެ ސިޓީ މޭގައި ޖައްސާލީމެވެ.
ދެން އަހަރެންނަށް ރޮވުނީ އެހާ ބާރަށެވެ. ސާމިއު އައިސް އަހަރެންގެ ބުރަކަށީގައި އަތް ބޭއްވިއެވެ. ފަނަރަ އަހަރު ވަންދެން ނަފްރަތު ކުރި މީހާގެ ދަރިފުޅު، މިއަދު އަހަރެންނަށް ހިތްވަރު ދެނީއެވެ.
އެރޭ އަހަރެން ބޮޑުދައިތައަށް ގުޅީމެވެ.
ފުރަތަމަ އޭނާ ބުނީ ޒައިނާ އާންޓީގެ ވާހަކައަކީ ތެދެއް ނޫން ކަމަށެވެ.
ދެން އޭނާ އެއްބަސްވީ އަހަރެން ދިރިއުޅޭނެ ތަނަކާ ބެހޭގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ.
އަދި ފައިސާ ލިބުނު ކަމަށްވެސް އެއްބަސްވިއެވެ.
"ކަލޭ އުޅެމުން ދިޔައީ ވަރަށް ރަނގަޅަށް،" އޭނާ ބުންޏެވެ. "ދެން ކަލޭ ދެރަ ކުރަންވީ ކީއްވެ؟"
"ބޮޑުދައިތަ އަހަރެން ލައްވާ އޭނާދެކެ ނަފްރަތު ކުރުވީ."
"އޭނާ ކަލޭ ދޫކޮށްފައި ދިޔައީ."
"ބޮޑުދައިތަ އޭނާ ގާތު ދާން ބުނީ."
"އަހަރެން ބުނީ އެންމެ ބުއްދިވެރި ގޮތް ކަމަށް އަހަރެންނަށް ފެނުނު ގޮތް."
އަހަރެން ލޯ މަރާލީމެވެ. ބޮޑުދައިތަ އަހަރެންނަށް ކާންދީ، ބޯހިޔާވަހިކަން ދީ، ކިޔަވައިދިނެވެ. އެއީ ތެދެކެވެ. ނަމަވެސް މިއީވެސް ތެދެކެވެ.
"ބޮޑުދައިތަ އަހަރެން ބެލިކަމަށްޓަކައި ޝުކުރުވެރިވަން،" އަހަރެން ބުނީމެވެ. "އެކަމަކު އަހަރެން ބޭނުންވީ ތެދު ހަގީގަތް. އެވާހަކަ ބުނަން ބޮޑުދައިތައަށް އެތައް އަހަރެއް ލިބުނު."
އޭނާ ރޯން ފެށިއެވެ. ނަމަވެސް މިފަހަރު އެހެން މީހެއްގެ ކަރުނައިގެ ސަބަބުން މި ވާހަކަ މެދުކަނޑައެއް ނުލަމެވެ.
ހަފްތާއެއް ފަހުން، އަހަރެން ސާމިއުއާއެކު އައްޑޫއަށް ދިޔައީމެވެ.
އަހަރެން ސާމިއު ކޮއްކޮއާއެކު ޒައިނާ އާންޓީ ވަޅުލާފައިވާ ސަހަރާއަށް ދިޔައިމެވެ. ސާމީއު އޭނާގެ މަންމަގެ މާހަނަ އަހަރެންނަށް ދެއްކިއެވެ.
އަހަރެން އެ މަހާނަ ކައިރީގައި ބުނާނެ ބަސްހުއްޓިފައި އެތައް އިރެންވަންދެން ހުރީމެވެ. ޒާއިނާ އާންޓީގެ ހެޔޮކަން ހިތަށްގެނެވި ޒައިނާ އާޓީ އަހަރެން އަމިއްލަ އުފަން ދަރިއެއްފަދައިން ކޮށްދެމުންއައި ކަންތައްތަކާއި ފަހުން ބައްޕަ އަހަރެމެންނާ ވަކިވެދިޔުން ނޭނގުމުގެތެރޭއިން އަހަރެންނަށް ޒައިނާ އާންޓީއާއިދޭތެރޭ ދެކެމުންއައި ގޮތާއި ހަމައެވަގުތު ބައްޕަގެ ދަރަނިތައް އަދާކުރުމާއި އަހަރެންނަށް ފައިސާ ފޮނުވުމަށްޓަކައި އެންމެ ފަހު ވަގުތާ ޖެހެންދެން ކުރަމުން އައި ބުރަ މަސައްކަތް ހިތަށް ގެނެވި އަހަރެންނަށް ގަދައަށް ރޮވުނެވެ. އެއްވެސް މައާފަކަށް މާޒީ ބަދަލެއް ނުކުރެވޭނެއެވެ. ބޭސްފިހާރަ ކައިރީގައި ހިނގި ކަންތަކެއް ބަދަލެއް ނުކުރެވޭނެއެވެ. އެއްވެސް ހިތާމައަކަށް ވީދާލެވުނު އުފަންދުވަހުގެ ކާޑެއް އަނބުރާ ނުލިބޭނެއެވެ.
އަހަރެން ޒައިނާ އާންޓީއަށްޓަކައި ހެޔޮ ދުޢާ ކުރީމަށް އެތަށް ވަގުތެއް އެމާހާނަ ކައިރީ ހޭދަކުރީމެވެ.
ދެން ބުނީމެވެ، "މިހާރު އަހަރެންނަށް ހުރިހާ ކަމެއް އެނގިއްޖެ."
ސާމިއު އަހަރެންގެ ކައިރީގައި ހުއްޓެވެ. އިރުކޮޅަކުން އޭނާ ބުންޏެވެ، "މަންމަ ބޭނުންވީވެސް އެގޮތް."
އޭނާ އެ ބުނީ ތެދެއް ކަމަށް އަހަރެން އުންމީދު ކުރީމެވެ.
އޭނާގެ ބޮޑުދައިތަގެ ގޭގައި، ޒައިނާ އޭނާގެ އެނދު ދަށުގައި ބަހައްޓާފައި ހުރި ފޮށީގެ މަތި އަހަރެމެން ނެގީމެވެ. އޭގެ ތެރޭގައި ފޮޓޯތަކާއި، މުސްކުޅި ރިޕޯޓް ކާޑުތަކާއި، އަހަރެންގެ އުމުރުން ހަތް އަހަރުގައި ކުރަހާފައިވާ ކުރެހުމެއް އޮތެވެ.
އެ ކުރެހުމުގައި ހުރީ ގޯޅިވެފައިވާ ގެއެއްގެ ބޭރުގައި ތިބި ހަތަރު މީހުންނެވެ.
އަހަރެންގެ ބައްޕައެވެ.
ޒައިނާއެވެ.
ސާމިއުއެވެ.
އަދި އަހަރެންނެވެ.
އޭގެ މަތީގައި، ބޮޑެތި އަދި އެއްވަރަކަށް ނެތް އަކުރުތަކުން އަހަރެން ލިޔެފައިވަނީ: "އަހަރެމެންގެ އާއިލާ" އެވެ.
އެ ކުރެހުމުގެ ފަހަތުގައި، އޭނާ ވަނީ އެ ދުވަހުގެ ތާރީޚު ލިޔެފައެވެ.
އަހަރެން ވަރަށް ގިނަ އިރު ވަންދެން އެ ހިފަހައްޓައިގެން އިނީމެވެ.
ފަހުން، އަހަރެންގެ އަންހެން ދަރިފުޅު "ގުޑްނައިޓް" ބުނަންވެގެން އަނބިމީހާ އަހަރެންނަށް ގުޅިއެވެ.
ފޯނުގެ ސްކްރީނުން އަހަރެންގެ ކައިރީގައި ހުރި ސާމިއު ފެނުނެވެ.
"އެއީ ކާކު؟" އަހަރެންގެ ދަރިފުޅު އެހިއެވެ.
އަހަރެން ސާމިއުއަށް ބަލާލީމެވެ.
"އެއީ ބައްޕަގެ ކޮއްކޮ."
އޭނާ އިސްދަށަށް ޖަހާލައި، ކަރުނުން ފުރިފައިވާ ދެލޮލާއެކު ހިނިތުންވެލިއެވެ.
އަހަރެމެން މާލެ އެނބުރި އައިސް، އަހަރެން ބައްޕަގެ ފޮޓޯގެ ކައިރީގައި ޒައިނާއާންޓީގެ ފޮޓޯ ބެހެއްޓީމެވެ.
އަހަރެންގެ ދަރިފުޅަށް، އަހަރެން ބަލިވެގެން އުޅުނުއިރު ތެތް ފޮތިގަނޑެއް ހިފައިގެން އަހަރެންގެ އެނދު ކައިރީގައި އިން އަންހެން މީހާގެ ވާހަކަ ކިޔައިދިނީމެވެ.
އަހަރެންގެ އަނބިމީހާއަށް ހުރިހާ ވާހަކައެއް ކިޔައިދިނީމެވެ. އޭގެ ތެރޭގައި އަހަރެން ލަދުގަންނަންޖެހޭ ފަދަ ކަންތައްތައްވެސް ހިމެނެއެވެ.
އަދި މީހުން އެ މާޒީގެ ވާހަކަ ދައްކާއިރު، އަހަރެން އެމީހުންގެ ވާހަކަ އިސްލާހުކޮށްދެމެވެ.
"އޭނާ ބައްޕަދެކެ ލޯބިވޭ،" އަހަރެން ބުނަމެވެ. "އަދި އަހަރެމެންދެކެވެސް ލޯބިވޭ. ކަންތައްވީ ގޮތް އަހަރެންނަށް އޭރު އޮތީ ނުވިސްނިފައި."
އެއީ އަޑުއަހާނެ ދިރިހުރި މީހަކު ނެތް ނަމަވެސް، އަހަރެން އޭނާއަށްޓަކައި ކޮށްދޭންޖެހޭ ކަމެކެވެ.
އަހަރެން ކޮންމެ ފަހަރަކުވެސް އެކަން އެގޮތަށް ކުރަމެވެ.
ސާމިއުގެ ޖެހިގެން އައި އުފަންދުވަހު، އޭނާ އަހަރެމެންގެ ގެއަށް ކެއުމަކަށް އައެވެ.
އަހަރެންގެ ދަރިފުޅު ބާރު އެޅީ އޭނާގެ ކައިރީގައި ސާމިއު އިނުމަށެވެ.
ކެއުމަށްފަހު ތަށި ދޮންނަން ތިބިއިރު، އޭނާގެ ހާލު ކިހިނެއްތޯ އަހަރެން އަހާލީމެވެ.
ފުރަތަމަ އޭނާ އެއްޗެއް ބުނަން ބޭނުން ނުވިއެވެ.
ދެން އޭނާ ބުންޏެވެ، "އަދިވެސް މަންމައަށް ގުޅަންވެގެން އަހަރެންނަށް ފޯނާ ދިމާލަށް އަތް ދިއްކޮށްލެވޭ"
"އަހަރެންނަށްވެސް އެހެންވޭ،" އަހަރެން ބުނީމެވެ.
އޭނާ އަހަރެންނާ ދިމާލަށް އެނބުރުނެވެ.
"ކުރިން ދުވަހަކުވެސް އަހަރެންނަކަށް އެހެންނެއް ނުވެއެވެ،" އަހަރެން އިއުތިރާފުވީމެވެ. "ނަމަވެސް މިހާރު އޭނާގެ ގާތު އަހަން ބޭނުންވާ އެތައް ކަމެއް ހިތަށްއަރާ."
އޭނާ އަހަރެންގެ އަތަށް ތަށްޓެއް ދިއްކޮށްލިއެވެ.
އަހަރެމެން ދެމީހުން ހިމޭނުން ތިބީމެވެ. އެކި ވަގުތުތަކުގައި އަހަރެމެންނާ ބައްދަލުކުރި އެއް ހިތާމައެއް ހިއްސާކުރަމުންނެވެ.
އޭނާ ދިއުމުގެ ކުރިން، އަހަރެން ދޮރުމަތީގައި އޭނާގެ ގައިގައި ބައްދާލީމެވެ.
މިފަހަރު، އަހަރެމެން ދެމީހުންކުރެ އެކަކުވެސް މޫނު އަނބުރައެއް ނުލައެވެ. -ނިމުނީ-

ކިޔުންތެރިންގެ ހިޔާލު