ޤަވާއިދާ ޚިލާފަށް ކެމިކަލްގެ ވިޔަފާރިކުރާ ފަރާތްތަކަށް، އެކަމަށް ބޭނުންވާ ރަސްމީ ހުއްދަ ނަގައިގެން ޤަވާއިދުގެ ތެރެއަށް ވަނުމަށް ދީފައިވާ މުއްދަތު މި އޮކްޓޯބަރު މަހުގެ 26 ވަނަ ދުވަހަށް ހަމަވާނެ ކަމަށް މިނިސްޓްރީ އޮފް ޑިފެންސްއިން ހާމަކޮށްފިއެވެ.
ޑިފެންސް މިނިސްޓްރީގެ ކެމިކަލް މެނޭޖްމަންޓްގެ ޑިރެކްޓަރ ޒިދްނާ މުހައްމަދު ވިދާޅުވީ، ކެމިކަލް ވިއްކާ ބައެއް ފަރާތްތަކުން އެކަމަށް ބޭނުންވާ ރަސްމީ ހުއްދަ ނުނަގައި ވިޔަފާރި ކުރަމުންދާކަން އެ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އެހެންކަމުން، މިފަދަ ފަރާތްތަކަށް ޤަވާއިދުގެ ތެރެއަށް ވަނުމުގެ ފުރުސަތު ދިނުމުގެ ގޮތުން 26 އޮކްޓޯބަރުގެ ނިޔަލަށް ހުއްދަ ނެގުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.
ޒިދްނާ ވިދާޅުވީ، ކަނޑައެޅިފައިވާ މުއްދަތުގެ ފަހުން ޤަވާއިދާ ޚިލާފަށް ކެމިކަލް ވިއްކާ ފަރާތްތަކަށް، ރާއްޖެއަށް ކެމިކަލް އެތެރެކުރުމުގެ އެއްވެސް ހުއްދައެއް ދޫނުކުރެވޭނެ ކަމަށެވެ. އަދި އިމްޕޯޓް ޕާމިޓްތައް ދޫކުރެވޭނީ ވެސް ކެމިކަލް ވިއްކުމުގެ ހުއްދަ ފުރިހަމައަށް ނެގުމަށްފަހުގައި ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން، އަމިއްލައަށް ކެމިކަލް އިމްޕޯޓް ނުކުރި ކަމުގައި ވިޔަސް، މާލެއިން ގަނެގެން ރަށްރަށަށް ގެންގޮސްގެންނާއި، މާލޭގެ ބޮޑެތި ފިހާރަތަކުން ގަނެގެން ކުދި ފިހާރަތަކުގައި ވިއްކާ ފަރާތްތަކުން ވެސް ފިހާރަ ރަޖިސްޓަރީ ކުރަންޖެހޭނެ ކަމަށް ޑިރެކްޓަރ ވިދާޅުވިއެވެ. ހަމައެއާއެކު، 200 ކިލޯއަށް ވުރެ ގިނައިން ކެމިކަލް ގެންގުޅޭ ފަރާތްތަކުން ވެސް ކަނޑައެޅިފައިވާ އުސޫލުގެ ދަށުން ހުއްދަ ނަގައިގެން ކުރިއަށް ގެންދިއުމަށް އޭނާ ވަނީ އިލްތިމާސްކުރައްވާފައެވެ.
ހުއްދަ ދޫކުރުމުގެ މަރުހަލާއާ ގުޅޭގޮތުން ޒިދްނާ ވިދާޅުވެފައިވަނީ، ކެމިކަލް ވިއްކުމުގެ ހުއްދައަށް އެދި ހުށަހެޅުމުން، އެ ތަނެއް އިންސްޕެކްޓް ކުރުމަށްފަހު ގާތްގަނޑަކަށް ފަސް ދުވަހުގެ ތެރޭގައި ޕާމިޓް ދޫކުރުމުގެ މަސައްކަތް ހަމަޖެހިގެންދާނެ ކަމަށެވެ. އަދި އާންމު ގޮތެއްގައި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ޕާމިޓް ލިބިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު