ކުޅުދުއްފުށި ސިޓީގެ ރައްޔިތުންނާއި، ވަކިން ޚާއްޞަކޮށް ފުރާވަރުގެ ކުދިންނާއި ޒުވާނުންގެ ނަފުސާނީ ދުޅަހެޔޮކަން ކަށަވަރުކޮށްދީ، އިޖުތިމާޢީ ގޮތުން ރައްކާތެރި މާހައުލެއް ބިނާކުރުމުގެ މަޤްޞަދުގައި "މަނަސް ހަބް"ގެ ނަމުގައި އެ ސިޓީގައި ޚާއްޞަ މަރުކަޒެއް ރަސްމީކޮށް ހުޅުވައިފިއެވެ.
ދުނިޔޭގެ ނަފުސާނީ ޞިއްޙަތުގެ ދުވަހާ ގުޅުވައިގެން އިއްޔެ މި ސެންޓަރު ހުޅުއްވައިދެއްވީ ކުޅުދުއްފުށި ސިޓީގެ މޭޔަރު މުޙައްމަދު ޢާތިފާއި، އޮސްޓްރޭލިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރު ޑޭވިޑް ޖެސަޕް އެވެ.
މި މަރުކަޒަކީ މުޖުތަމަޢުގެ އިޖުތިމާޢީ އަދި ނަފުސާނީ ދުޅަހެޔޮކަން ކުރިއެރުވުމަށާއި، ބޭނުންވާ މުހިންމު އެހީތެރިކަމާއި ވަސީލަތްތައް އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމަށްޓަކައި، ކައުންސިލުގެ ސްޓްރެޓީޖިކް ޕްލޭނުގެ ދަށުން ހާސިލުކުރެވުނު މުހިންމު ލަނޑުދަނޑިއެކެވެ.
ކުޅުދުއްފުށި ސިޓީ ކައުންސިލުން ފާހަގަކުރި ގޮތުގައި، މި ހަބަކީ އާންމު ހޮސްޕިޓަލް ނުވަތަ ކްލިނިކަލް މާހައުލުތަކާ މުޅިން ތަފާތުކޮށް ފަރުމާކޮށްފައިވާ ތަނެކެވެ. މި ތަނުގެ މައިގަނޑު އަމާޒަކީ ނަފުސާނީ މައްސަލަތައް އިތުރަށް ގޯސްވުމުގެ ކުރިން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމާއި، ހަމައެކަނި ޙާލަތު ސީރިއަސްވުމުން ފަރުވާ ހޯދުމުގެ ބަދަލުގައި، ދުރާލައި ދުޅަހެޔޮކަން ދެމެހެއްޓުމަށް އަހުލުވެރިކުރުވުމެވެ. މީގެއިތުރުން ކޮންމެ މީހަކަށްވެސް ފަސޭހައިން ވާސިލުވެވޭނެ އަމާން މާހައުލެއްގައި މަޢުލޫމާތު ހިއްސާކުރުމާއި، އިތުރު ފަރުވާއަށް އެދޭ ޙާލަތްތަކުގައި ފަންނީ ޚިދުމަތްތެރިންނާ ގުޅުވައިދިނުމަކީވެސް މި ސެންޓަރުގެ މަޤްޞަދެކެވެ.
މި މަރުކަޒުގެ ޚިދުމަތްތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ދެ މަރުޙަލާއަކަށް ބަހާލައިގެންނެވެ. އެގޮތުން މިހާރު ފެށިގެން ކުރިއަށްދާ ފުރަތަމަ މަރުޙަލާ މިއަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ދެމިގެންދާއިރު، ދެވަނަ މަރުޙަލާ ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގައެވެ.
"މަނަސް ހަބް"ގެ ހުރިހާ ޚިދުމަތްތަކެއްވެސް ކުރިއަށްދާނީ ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ނޮލެޖް، ކަލްޗާ އެންޑް ވެލްބީންގް ޔުނިޓުގެ ބެލުމުގެ ދަށުންނެވެ. ކައުންސިލުން ބުނި ގޮތުގައި މިއީ އުނގެނުމާއި، ދުޅަހެޔޮ ޞިއްޙަތާއި އަދި އިޖުތިމާޢީ ތަފާތު ޙަރަކާތްތައް ފޯރުކޮށްދިނުމަށް ޤާއިމުކޮށްފައިވާ ނޮލެޖް ސެންޓަރުގެ ވަރަށް މުހިންމު އެއް ގޮތްޕެވެ.

ކިޔުންތެރިންގެ ހިޔާލު