އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި މަސައްކަތްކުރަމުން ދިޔަ ފިލިޕީންސްގެ އަންހެން ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލި ކުށް ސާބިތުވެ، އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ އޭނާގެ ފިރިމީހާ މާވިން އެސްވައި އެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.
މާވިންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި އުމުރު ދުވަހުގެ ޖަލު ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާކަން އެ ކޯޓުގެ ރަޖިސްޓްރީން މިހާރު ވަނީ ކަށަވަރުވެފައެވެ. ނަމަވެސް، މި މައްސަލަ ބަލައިގަތުމާ މެދު އެ ކޯޓުން އަދި ވަކި ގޮތެއް ނިންމިކަން ސާފުވާގޮތެއް ނުވެއެވެ.
މޭރީ ގްރޭސް މަރާލި މައްސަލައާ ގުޅިގެން މާވިން ހައްޔަރުކޮށްފައިވަނީ 2021 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 21 ވަނަ ދުވަހުއެވެ. މި މައްސަލައިގެ ޝަރީއަތް ދިގުލައިގެން ދިއުމަށްފަހު، ކްރިމިނަލް ކޯޓުން މާވިންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައެޅީ މިދިޔަ ޖޫން މަހުގެ 22 ވަނަ ދުވަހުއެވެ. އަދި އޭނާގެ މައްޗަށް ހުކުމް އިއްވާފައިވަނީ މިދިޔަ ޖުލައި މަހުގެ އެއްވަނަ ދުވަހުއެވެ.
ޝަރީއަތުގެ މަޖިލީހުގައި އަދަބު ކަނޑައެޅުމުގެ މަރުހަލާގައި މާވިންގެ ފަރާތުން އެދިފައިވަނީ، އެ ކުށަށް ގާނޫނުގައި ކަނޑައެޅިފައިވާ އެންމެ ލުއި އަދަބު ދިނުމަށެވެ. އެހެންނަމަވެސް، މައްސަލަ ބެއްލެވި ގާޒީ މުޒައްމިލް ނާސިރު ވަނީ އެ މައްސަލައިގެ ކަންކަން ހިނގައިދިޔަ ގޮތަށް ބައްލަވައި އަދަބުގެ ދަރަޖަ މަތިކުރައްވައި، މާވިން 25 އަހަރަށް ޖަލަށްލުމަށް ހުކުމް ކުރައްވާފައެވެ.
ގާޒީގެ ހުކުމުގައި ފާހަގަކުރައްވާފައިވަނީ، މޭރީގެ އެއްވެސް ކުށެއް ނެތި އޭނާ ރަހުމުކުޑަ ގޮތަކަށް މަރާލާފައިވުމުގެ އިތުރުން، އެ އަމަލު ފޮރުވުމަށްޓަކައި މާވިން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމެވެ. އަދި މި ޖަރީމާގެ ސަބަބުން އެ ދެމަފިރިންގެ ކުޑަކުޑަ ދަރިފުޅު، މަންމަގެ ލޯތްބާއި އަޅާލުމުން މުޅި އުމުރަށް މަހުރޫމްވެގެން ގޮސްފައިވާތީ، މިއީ އެންމެ ހަރުކަށި އަދަބު ހައްގުވާ އަމަލެއްގެ ގޮތުގައި ގާޒީ ބަޔާންކުރެއްވިއެވެ.
މި މައްސަލައިގެ ތަހުގީގަށާއި ޝަރީއަތަށް މާވިން ބަންދުގައި ހުންނަތާ ހަތަރު އަހަރާއި ހަ މަހާއި ހަތަރު ދުވަސް ވެފައިވާތީ، އެ މުއްދަތު ވަނީ އޭނާގެ ޖަލު ހުކުމުން އުނިކޮށްފައެވެ. އެހެންކަމުން، އޭނާ ދެން ތަންފީޒު ކުރަން ޖެހޭނީ 20 އަހަރާއި ތިން މަހާއި ފަސް ދުވަހުގެ ޖަލު އަދަބެކެވެ.
މޭރީ މަރާލުމުގައި ބައިވެރިވި ކަމުގެ ކުށް ސާބިތުވެ، މާވިންގެ ލޯބިވެރިޔާ އަދި ދިވެހި ނަރުހެއް ކަމަށްވާ ހަލީމަތު ލަމްހާ އަބްދުއްރަހުމާނުގެ މައްޗަށްވެސް ކޯޓުން ވަނީ 15 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު