ސްޓެލްކޯގެ ޔުޓީލިޓީ ޚިދުމަތްތައް މުޅި ރާއްޖެއަށް ފުޅާކުރުމަށް ސަރުކާރުން ނިންމެވި ނިންމެވުމަކީ ޤައުމީ ފެންވަރުގައި ރައްޔިތުންނަށް އޭގެ އިންތިހާ ފައިދާކުރާނެ ކަމެއް ކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރު ވިދާޅުވެއްޖެއެވެ.
ޑރ. އަޒުވަރު މިހެން ވިދާޅުވީ، ސްޓެލްކޯއިން އަލަށް ޚިދުމަތް ދޭންފެށި ރަށްރަށުގެ ސްޓޭޝަން މެނޭޖަރުންނަށް އަމާޒުކޮށްގެން ހިންގި ތަމްރީނު ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ތަމްރީނު ޕްރޮގްރާމަކީ ބ. އަތޮޅާއި، ޅ. އަތޮޅާއި، މ. އަތޮޅުގެ އިތުރުން ކ. ހުރާގެ އިންޖީނުގެތަކާ ހަވާލުވެވަޑައިގެން ތިއްބެވި އިސްވެރިންނާއި މެނޭޖަރުންނަށް ޚާއްޞަކޮށްގެން މި މަހުގެ 20 އިން 22 އަށް ކުރިއަށްގެންދިޔަ ހަރަކާތެކެވެ.
ޑރ. އަޒުވަރު ފާހަގަކުރެއްވި ގޮތުގައި، މުޅި ރާއްޖެއަށް ސްޓެލްކޯގެ ޚިދުމަތް ފުޅާކުރުމަށް ނިންމެވި ނިންމެވުމަކީ އަތޮޅުތަކުގެ ރައްޔިތުންގެ އިޙްސާސްތަކާއި ޝުޢޫރުތައް އައްސަވައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނެންގެވި ނުހަނު މުހިންމު އަދި ރަނގަޅު ފިޔަވަޅެކެވެ.
ކުންފުނީގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތުގެ ތެރެއިން މިހާރު ސަރވޭތައް ކުރިއަށްދާކަން ފާހަގަކުރައްވަމުން އެމްޑީ ވިދާޅުވީ، މި ބަދަލާއެކު ރަށްރަށުގައި ދެވޭ ޚިދުމަތުގެ ފެންވަރު މަތިވެ، ކުންފުނީގެ އޮޕަރޭޝަނަލް އެފިޝަންސީ އިތުރުވެގެންދާނެ ކަމަށެވެ.
އަދި އެކި ގޮތްގޮތުން ކުރަންޖެހޭ ޚަރަދުތައް ކުޑަކުރެވި، ޤައުމީ ފެންވަރުގައި ބޮޑު ކާމިޔާބީއެއް ލިބުމާއެކު ރައްޔިތުންނަށް ބޮޑު ހިތްހަމަޖެހުމަކާއި ތަސައްލީއެއް ލިބިގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ސްޓެލްކޯއަކީ 75 އަހަރުވީ ދިގު މާޟީއެއް އޮތް، ރައްޔިތުންގެ ބޮޑު އިތުބާރެއް ހޯދާފައިވާ ކުންފުންޏެއްކަން ފާހަގަކުރައްވަމުން ޑރ. އަޒުވަރު ވިދާޅުވީ، އެ ކުންފުނީގެ ނަން މިއަދާ ހަމައަށްވެސް އަގުހުރި ގޮތެއްގައި ދެމިއޮތީ މުވައްޒަފުން ކުރި ބުރަ މަސައްކަތުން ކަމަށެވެ. އެހެންކަމުން އަލަށް ގުޅުނު ސްޓޭޝަން މެނޭޖަރުންވެސް އެ މިންގަނޑު ދަމަހައްޓައި، ރައްޔިތުންނާ ގުޅިގެން ޚިދުމަތް ދިނުމަށް އޭނާ އިލްތިމާސްކުރެއްވިއެވެ.
މި ތަމްރީނު ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ ކުންފުނީގެ ޤަވާއިދުތަކާއި މިންގަނޑުތަކާ އެއްގޮތަށް، ޒިންމާދާރުކަމާއެކު އިންޖީނުގެތައް ހިންގުމުގެ ޤާބިލުކަން މެނޭޖަރުންގެ ކިބައިގައި އަށަގަންނުވުމެވެ.
އެގޮތުން އިދާރީ، ޓެކްނިކަލް، މާލީ، އޮޕަރޭޝަނަލް އަދި ރައްކާތެރިކަމުގެ ދާއިރާއިން ބޭނުންވާ މުހިންމު އިރުޝާދުތަކުގެ އިތުރުން، އެކި ޑިޕާޓްމަންޓްތަކާއެކު އޮންނަ ގުޅުން ވަރުގަދަކޮށް، ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ހޯދައިދޭނެ ގޮތްތައް މި ޕްރޮގްރާމްގެ ތެރެއިން ވަނީ އުނގަންނައިދީފައެވެ.

ކިޔުންތެރިންގެ ހިޔާލު