ތުޅާދޫގައި ގާއިމްކުރާ ކަލްޗަރަލް ސެންޓަރުގެ މަސައްކަތް ކުރިއަށް، ފޮޓޯ: އެމްޓީސީސީ
ތުޅާދޫގައި ގާއިމްކުރާ ކަލްޗަރަލް ސެންޓަރުގެ މަސައްކަތް ކުރިއަށް، ފޮޓޯ: އެމްޓީސީސީ
ބ. ތުޅާދޫގައި ތަރައްގީކުރަމުން އަންނަ ދެ ބުރީގެ ކަލްޗަރަލް ސެންޓަރުގެ މަސައްކަތްތައް ބާރު ސްޕީޑުގައި ކުރިއަށްދާއިރު، އެ އިމާރާތުގެ މައިގަނޑު ބައެއް އޮނިގަނޑުތަކުގެ މަސައްކަތް ބޮޑުތަނުން ނިމިއްޖެއެވެ.

ތުޅާދޫގައި ޒަމާނީ ފެންވަރުގެ ސަގާފީ މަރުކަޒެއް ގާއިމުކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެމަނިކުފާނު ބ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން، 2025 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 12 ވަނަ ދުވަހު މި މަޝްރޫއު ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ރަސްމީކޮށް ހަވާލުކުރައްވާފައެވެ.

މި މަޝްރޫއުގެ އެންމެ ފަހުގެ މައުލޫމާތުތަކަށް ބަލާއިރު، ކަލްޗަރަލް ސެންޓަރުގެ ތެރޭގައި ހިމެނޭ ރެސްޓޯރަންޓް އިމާރާތުގެ ޓައި ބީމް ކާސްޓިންގ މަސައްކަތްތައް ވަނީ އެއްކޮށް ނިންމާލެވިފައެވެ.

މީގެއިތުރުން، މި މަރުކަޒުގެ މައި އިމާރާތުގެ ތަނބުތަކުގެ ކޮންކްރީޓް މަސައްކަތްތަކުގެ 50 އިންސައްތަ މިހާރު ފުރިހަމަކުރެވިފައިވާއިރު، ބާކީ ހުރި ތަނބުތައް އެޅުމުގެ އަމަލީ މަސައްކަތް ޕްރޮޖެކްޓް ސައިޓުގައި މިހާރުވެސް ދަނީ ހުއްޓުމެއްނެތި ކުރިއަށެވެ.

އަލަށް ގާއިމުކުރެވޭ މި ކަލްޗަރަލް ސެންޓަރަކީ ތުޅާދޫގެ ސަގާފަތާއި ހުނަރުވެރިކަން ދައްކުވައިދީ، ރަށުގެ ފަތުރުވެރިކަމާއި އިގުތިސާދީ ހަރަކާތްތަކަށް އިތުރު ދިރުމެއް ގެނެސްދީގެން ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރުމަށް އެޅިގެންދާ މުހިންމު ފިޔަވަޅެއް ކަމަށް ސަރުކާރުން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް