ތ. ތިމަރަފުށީ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ ތެރެއިން އެއްގަމު ތޮށިލުމަށް ބޭނުންވާ ކޮންކްރީޓް ބްލޮކް ޖެހުމުގެ މަސައްކަތް މިހާރު ސައިޓުގައި ބާރަށް ކުރިއަށްދާ ކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރު، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ 113.56 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ. މި މަސައްކަތް ނިންމުމަށް އެ ކުންފުންޏަށް ދީފައިވަނީ 540 ދުވަހުގެ މުއްދަތެކެވެ.
މި މަޝްރޫޢުގެ ދަށުން ތިމަރަފުށީގެ ބަނދަރު ފުންކުރުމަށްޓަކައި 71,902 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 644 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުން ހިމެނެއެވެ. މީގެއިތުރުން 203.50 މީޓަރުގެ ބޭރުތޮށްޓެއް ޤާއިމުކުރުމާއި، 543 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި، 92 މީޓަރުގެ ގްރޮއިން ޖެހުމުގެ މަސައްކަތް ހިމެނެއެވެ. އަދި ބަނދަރު ސަރަޙައްދުގައި 3,200 އަކަމީޓަރުގެ ޕޭވްމަންޓް ހެދުމުގެ އިތުރުން، 40 މީޓަރު ދިގު، 6 މީޓަރު ފުޅާ ބްރިޖެއް އެޅުންވެސް މި މަޝްރޫޢުގެ ދަށުން ކުރިއަށްދާނެއެވެ.
އާބާދީގައި ގާތްގަނޑަކަށް 3،000 އެއްހާ މީހުން ދިރިއުޅެމުން އަންނަ ތިމަރަފުއްޓަކީ ވިޔަފާރިއާއި އިޤްތިޞާދީ ގޮތުން ބާރުބޮޑު ރަށަކަށް ވާއިރު، މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ އެރަށަށް ދިމާވެފައިވާ ބަނދަރުގެ ޖާގައިގެ ދަތިކަން ޙައްލުކުރުމެވެ. މީގެ ސަބަބުން މުދާ އަރުވައި ބޭލުމުގައި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.
މި މަޝްރޫޢު ނިމިގެން ދިއުމުން ރަށުގެ އިޤްތިޞާދީ ހަރަކާތްތަކަށާއި، ލޯކަލް ވިޔަފާރިތަކުގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާއަށްވެސް ބޮޑެތި ކުރިއެރުންތަކަކާއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު