ކ. ހުރާގައި ޒަމާނީ ފެންވަރަށް ތަރައްޤީ ކުރަމުންދާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ޢަމަލީ މަސައްކަތުގެ ތެރެއިން، ފުރާޅުގެ ބީމް ޝަޓަރިންގ އަދި ދަގަނޑު ބެންޑުކުރުމުގެ (ބާ ބެންޑިންގ) މަސައްކަތްތައް ފަށައިގެން ބާރަށް ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
މަސައްކަތުގެ ކޮންޓްރެކްޓަރ އެމްޓީސީސީން ބުނީ، މަޝްރޫޢުގެ ސައިޓުގައި މިހާރު ކުރިއަށްދަނީ އިމާރާތުގެ މަތީ ފަންގިފިލާގެ ފުރާޅު އެޅުމަށްޓަކައި ވާންޖެހޭ ތައްޔާރީތަކުގެ ތެރޭގައި ހިމެނޭ ބީމްތައް ޝަޓަރކުރުމާއި ދަގަނޑު އެޅުމުގެ މުހިންމު މަސައްކަތްތައް ކަމަށެވެ. އަދި މި މަސައްކަތްތައް ތާވަލާ އެއްގޮތަށް، ހަލުވި ދުވެއްޔެއްގައި ކުރިއަށްދާ ކަމަށް ވެސް އެ ކުންފުނިން މަޢުލޫމާތު ދެއެވެ.
ހުރާގެ ކުރީގެ ކުޑަކުދިންގެ ޕާކު ހުރި ބިމުގައި ބިނާކުރާ މި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރަކީ، ރަށުގެ ރައްޔިތުންނާއި ޒުވާނުންގެ މެދުގައި ދުޅަހެޔޮ ޞިއްޙަތެއް ޤާއިމުކުރުމަށާއި ކުޅިވަރުގެ ރޫޙު އާލާކުރުމަށްޓަކައި ސަރުކާރުން އިސްނަގައިގެން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.
މި އިމާރާތުގެ މަސައްކަތް އެއްކޮށް ނިމުމުން، ރަށުގެ އެކި ޢުމުރުފުރާގެ ރައްޔިތުންނަށް އެއް ފުރާޅެއްގެ ދަށުން ކަސްރަތު ކުރުމަށާއި، މުނިފޫހިފިލުވުމުގެ ތަފާތު ކުޅިވަރު ހަރަކާތްތައް ހިންގުމަށް ޒަމާނީ ވަސީލަތްތަކާ އެކު ތަނަވަސް ޖާގައެއް ލިބިގެންދާނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ މުހިންމު އަމާޒަކީ، ކުރިޔަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވެސް ފިޓްނަސް ސެންޓަރުތައް ހުޅުވައި، އެ ރަށެއްގެ ރައްޔިތުން އެންމެ ބޭނުންވާނެ ކުޅިވަރުތައް ކުޅެވޭނެ ވަސީލަތްތައް ޤާއިމުކޮށްދިނުމެވެ.
އެގޮތުން، ސަރުކާރުން ރަށްރަށުގައި ތަރައްޤީކުރާ މިފަދަ ފިޓްނަސް ސެންޓަރުތަކުގައި ޒަމާނީ އިންޑޯ ޖިމަކާއި، އެރޮބިކްސް ފަދަ ކަސްރަތުތައް ކުރުމުގެ ފުރުޞަތުގެ އިތުރުން، އެކި ބާވަތުގެ ބޯޑު ގޭމުތައް ކުޅެވޭނެ އިންތިޒާމުތައް ފުރިހަމައަށް ހަމަޖެހިގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު