ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީގެ ބޯޑަށް ޔޫތު މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ނިޒާމް މިއަދު އައްޔަން ކޮށްފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ބުނީ، ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޒާމް މި މަޤާމަށް އައްޔަން ކޮށްފައިވަނީ މިއަދު ކަމަށެވެ.
ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް އައްޔަން ކުރުމުގެ ކުރިން ނިޒާމު ވަނީ ނިޒާމް ވަނީ އެމްއެންޑީއެފްގެ ކޯސްޓުގާޑުގައި ޚިދުމަތް ކުރަށްވާފައެވެ. އެގޮތުން ކޯސްޓްގާޑު ފްލީޓުގެ ޑައިވަރެއްގެ ގޮތުގައި ނިޒާމް މަސައްކަތް ކުރެއްވިއެވެ.
ނިޡާމް ވަނީ ވިލާ ކޮލެޖުން ޝަރީއާ އެންޑް ލޯ އިން ފުރަތަމަ ޑިގްރީ ހާސިލުކުރަށްވާފައެވެ. އަދި އެ ދާއިރާއިން ޕޯސްޓްގްރެޖުއޭޓް ތައުލީމު ވެސް ހާސިލުކުރައްވާފައިވެއެވެ.
ސްޓެލްކޯގެ ބޯޑަށް އާ ބޭފުޅަކު އައްޔަންކޮށްފައި މިވަނީ ރާއްޖޭގެ ބޮޑުބަަޔަކަށް ޔޫޓިލިޓީ ހިދުމަތްދޭ ފެނަކަ ކޯޕަރޭޝަން އުވާލަން ނިންމައި، އަދި އެ ކުންފުނީގެ މަސަައްކަތްތައް ސްޓެލްކޯއާ ހަވާލުކުރަން ސަރުކާރުން ނިންމާފައި ވަނިކޮށެވެ. އެއް ދާއިރާއަކުން އެއްގޮތް މަސައްކަތްތަކެއް ކުރުމަށް ގިނަ ކުންފުނިތަކެއް އުފައްދާފައި ހުރުމަކީ ދައުލަތުގެ ހަރަދުތައް އިންތިހާއަށް ބޮޑުވެގެންދާ ކަމެއްކަމަށް ރައީސް މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު