މާލޭ ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިޔު.އެސް.ސީ) އިން ކަސްޓަމަރުންނަށް ދެމުންގެންދާ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް، ކަސްޓަމަރުންނާއި ވީހާވެސް ގާތުން ލުއިފަސޭހަކަމާއެކު ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން ކަސްޓަމަރ ކެއަރގެ އައު ހޮޓްލައިން ނަންބަރެއްގެ ގޮތުގައި 1575 ތަޢާރަފްކޮށްފިއެވެ.
އެމް.ޑަބްލިޔު.އެސް.ސީ އިން ބުނީ، މި ބަދަލާއެކު އެ ކުންފުނިން ކުރިން ބޭނުންކުރަމުން އައި ހޮޓްލައިން ނަންބަރު 105 ދެން ޚާއްޞަވެގެންދާނީ ކުންފުނީގެ އެމަޖެންސީ ހޮޓްލައިން ނަންބަރުގެ ގޮތުގައި ކަމަށެވެ. އަދި އަލަށް ތަޢާރަފް ކުރެވުނު ނަންބަރު ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ދެނެގަތުމުގެ ފުރުޞަތު ފަހިކޮށްދިނުމަށްޓަކައި، ކުންފުނީގެ ފަރާތުން ކަސްޓަމަރުންނަށް ކުރާ ފޯނު ކޯލްތަކުގައި ސްކްރީނުން ފެންނަން ހުންނާނީ 1575 ކަމަށް އެމް.ޑަބްލިޔު.އެސް.ސީ އިން މަޢުލޫމާތު ދީފައިވެއެވެ.
މިނަންބަރުތަކުން ޚިދުމަތް ލިބިގެންދާނެ ވަގުތުތަކަށް ބަލާއިރު، 105 އެމަޖެންސީ ހޮޓްލައިންގެ ޚިދުމަތް ހަފްތާގެ 7 ދުވަހު، 24 ގަޑިއިރު މެދުކެނޑުމެއްނެތި ލިބެމުންދާނެއެވެ. އަދި އަލަށް ތަޢާރަފްކުރެވުނު 1575 ކަސްޓަމަރ ކެއަރ ހޮޓްލައިންގެ ޚިދުމަތް ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ރޭގަނޑު 12:00 އަށް ލިބޭނެއެވެ.
އެމް.ޑަބްލިޔު.އެސް.ސީ އިން ބުނެފައިވަނީ، މި ބަދަލަށް ރަސްމީކޮށް ޢަމަލުކުރަން ފަށާނީ 21 އޯގަސްޓް 2026 އިން ފެށިގެން ކަމަށެވެ. އެހެންކަމުން، އެ ތާރީޚުން ފެށިގެން އެ ކުންފުނީގެ ޚިދުމަތްތަކާ ގުޅުންހުރި އިތުރު މަޢުލޫމާތާއި އާންމު އެހީތެރިކަން ހޯއްދެވުމަށް 1575 އަށް ގުޅުއްވުމަށް އެކުންފުނިން ވަނީ އެދިފައެވެ.
އޭގެއިތުރުން ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ފުޅާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ފަސޭހަކަމާއެކު ޚިދުމަތް ލިބޭނެ އިންތިޒާމްތައް ހަމަޖެއްސުމަކީ ކުންފުނީގެ މެނޭޖްމަންޓުގެ އަމާޒެއްކަމަށް އެމް.ޑަބްލިޔު.އެސް.ސީ އިން ފާހަގަ ކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު