މާލޭ ވޯޓާ އެންޑް ސިވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިޔު.އެސް.ސީ) އިން ކަސްޓަމަރުންނަށް ފޯރުކޮށްދެމުންދާ ޚިދުމަތްތަކުގެ ފެންވަރު މަތިކޮށް، ވީހާވެސް ލުއިފަސޭހަކަމާއެކު ޚިދުމަތް ދިނުމުގެ ގޮތުން ކުންފުނީގެ ހޮޓްލައިން ނަންބަރުތަކަށް ޚާއްޞަ ބަދަލުތަކެއް ގެނެސްފިއެވެ.
އެމް.ޑަބްލިޔު.އެސް.ސީން ހާމަކޮށްފައިވާގޮތުގައި، ކުންފުނީގެ ޚިދުމަތްތަކާ ގުޅޭ އެންމެހައި މަޢުލޫމާތާއި ޢާންމު އެހީތެރިކަން ހޯއްދެވުމަށް މިހާރު ޚާއްޞަކޮށްފައިވަނީ ކަސްޓަމަރ ކެއަރ ހޮޓްލައިން 1575 އެވެ.
މި ނަންބަރުގެ ޚިދުމަތް ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ފެށިގެން ދަންވަރު 12:00 އާ ހަމައަށް ލިބިވަޑައިގަންނަވާނެއެވެ.
މީގެއިތުރުން، ކަސްޓަމަރުންގެ ރައްކާތެރިކަމަށާއި ފަސޭހައިން ކުންފުނި ދެނެގަތުމަށްޓަކައި، އެމް.ޑަބްލިޔު.އެސް.ސީން ކަސްޓަމަރުންނަށް ގުޅާ ވަގުތުތަކުގައި ފޯނު ސްކްރީނުން ފެންނާނީވެސް މި ނަންބަރު ކަމަށް އެ ކުންފުނިން މަޢުލޫމާތު ދީފައިވެއެވެ.
މި ބަދަލުތަކުގެ ތެރެއިން ކުންފުނީގެ 105 ނަންބަރަކީ ހަމައެކަނި ކުއްލި ޙާލަތްތަކުގައި ގުޅުއްވުމަށް ޚާއްޞަކޮށްފައިވާ އެމަޖެންސީ ހޮޓްލައިން ކަމަށް އެމް.ޑަބްލިޔު.އެސް.ސީން ވަނީ ކަނޑައަޅާފައެވެ.
މި އެމަޖެންސީ ނަންބަރުގެ ޚިދުމަތް ހަފުތާގެ 7 ދުވަހު، 24 ގަޑިއިރު މެދުކެނޑުމެއްނެތި ލިބެމުންދާނެއެވެ.
ކަސްޓަމަރުންނަށް ދެމުންގެންދާ ޚިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި، ވީހާވެސް ގާތުން އަދި ފަސޭހަކަމާއެކު ފޯރުކޮށްދިނުމަކީ އެ ކުންފުނީގެ މައިގަނޑު އަމާޒު ކަމަށްވާތީ، ކަސްޓަމަރުންގެ ބޭނުންތަކަށް ރިޢާޔަތްކޮށް މި ނަންބަރުތައް ބޭނުންކުރެއްވުމަށް އެ ކުންފުނިން ވަނީ އިލްތިމާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު