މޯލްޑިވްސް ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)ގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ، ކުންފުނީގެ ސީނިއަރ މެނޭޖްމަންޓް ޓީމުގެ ބައެއް މެންބަރުންނާއެކު، އައްޑޫ ސިޓީއަށް ރަސްމީ ދަތުރުފުޅެއް ކުރަށްވައިފިއެވެ.
އެމްޑީ ފަހުމީގެ މި ދަތުރުފުޅުގައި، އައްޑުއަށް ވަޑައިގަތުމާއެކު، އެމްޑަބްލިއުއެސްސީގެ އައްޑޫ ސިޓީގެ މުވައްޒަފުން މެނޭޖިންގ ޑިރެކްޓަރަށާއި އެމަނިކުފާނުގެ ޓީމަށް ހޫނު މަރުޙަބާއެއް ކިޔާފައިވެއެވެ. މި ދަތުރުފުޅުގެ މައިގަނޑު މަގުސަދަކީ ކުންފުނީގެ މުވައްޒަފުންނާ ބައްދަލުކޮށް، ކުންފުނީގެ ހިދުމަތްތައް ރަނގަޅަށް ހިނގަމުންދާ ގޮތް ބައްލަވައިލެއްވުމާއެކު، ސަރަހައްދުގެ ކަސްޓަމަރުންނަށް ރަނގަޅު، އަދި މެދުކެނޑުމެއްނެތި ޔުޓިލިޓީ ހިދުމަތް ފޯރުކޮށްދިނުމަށް ކުންފުނިން ކުރަމުންދާ މަސައްކަތްތައް ދަމަހައްޓަވާނެކަމުގެ ޔަގީންކަން ކަށަވަރުކޮށް ދެއްވުމެވެ.
މިއާއެކު، އެމްޑަބްލިއުއެސްސީގެ "އެޑަލީ ކެމްޕެއިން"ގެ ދަށުން، މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ވަނީ، ފޭދޫ، މަރަދޫފޭދޫ، މަރަދޫ އަދި ހިތަދޫގައި ގެއިން ގެއަށް ޒިޔާރަތް ކުރާ ޓީމާއެކު އެ ޙަރަކާތުގައި ބައިވެރިވެ ވަޑައިގެންފައެވެ.
މި ޒިޔާރަތުގެ ބޭނުމަކީ ކުންފުނީގެ ހިދުމަތް ލިބިގަންނަ ފަރާތްތަކާ ސީދާ ބައްދަލުކޮށް، އެފަރާތްތަކުގެ ޚިޔާލުތައް އަޑުއެހުމާއެކު، ކުރިން ލިބެމުންދިޔަ ހިދުމަތްތަކުން، އެމްޑަބްލިއުއެސްސީގެ ހިދުމަތަށް ރަނގަޅު ގޮތުގައި ބަދަލުވުމަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ. އަދި މި ޒިޔާރަތުގައި، ކަސްޓަމަރުންނާ ގާތުން ބައްދަލުކޮށް، ރަހުމަތްތެރި ވާހަކަތައް ދެއްކުމުގެ އިތުރުން، ކަސްޓަމަރުންގެ މައުލޫމާތު އަޕްޑޭޓް ކުރުމަށް އެހީތެރިކަން ފޯރުކޮށްދީފައިވެެއެވެ.
މީގެ އިތުރުން، އެ ކުންފުނިން ދަނީ "އައިޕެޑް އެއަރ އެމް4" ލިބޭ ލަކީ ޑްރޯވެސް ކުރިއަށް ގެންދަމުންނެވެ. މި ލަކީ ޑްރޯގައި ބައިވެރިވުމުގެ ފުރުސަތު އަދިވެސް ހުޅުވިފައިވާ ކަމަށާއި، މި އިނާމު ހޯދުމުގެ ފުރުސަތު ހޯދުމަށްޓަކައި 2026 ޑިސެމްބަރ 4 ގެ ކުރިން ކަސްޓަމަރުންގެ މައުލޫމާތު އަޕްޑޭޓް ކުރުމަށް އެމްޑަބްލިއުއެސްސީން ވަނީ އިލްތިމާސްކޮށްފައެވެ.
ހަމައެއާއެކު، ޒަމާނީ ވަސީލަތްތައް މެދުވެރިކޮށް ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު ޚިދުމަތް ފޯރުކޮށް ދިނުމުގެ ގޮތުން، އެމް.ޑަބްލިޔު.އެސް.ސީގެ މޮބައިލް އެޕްލިކޭޝަން ބޭނުންކުރާނެ ގޮތުގެ ފުރިހަމަ މަޢުލޫމާތު މި ޙަރަކާތުގެ ތެރެއިން ދަނީ ފޯރުކޮށްދެމުންނެވެ. އަދި ދެމުންދާ ޚިދުމަތްތަކާ ގުޅިގެން ކަސްޓަމަރުންގެ ހުރި ޝަކުވާތަކާއި ކަންބޮޑުވުންތައް ސީދާ ދެނެގަނެ، އެކަންކަމަށް އަވަސް ޙައްލުތަކެއް ހޯދައިދިނުމަކީވެސް މި ކެމްޕޭނުގެ މުހިންމު ބައެކެވެ.
މި ކެމްޕޭނުގެ ދަށުން ގޭގެޔަށް ޒިޔާރަތްކޮށް، ވީހާވެސް ގިނަ ރައްޔިތުންނަށް ފަސޭހައިން ރަޖިސްޓްރީވުމުގެ ފުރުޞަތު ފަހިކޮށްދިނުމަށްޓަކައި އައްޑޫ ސިޓީގެ އަވަށްތަކުގައާއި އައްޑޫ ހުޅުދޫ އައްޑޫ މީދޫ އަދި ފުވައްމުލައް ސިޓީގެ އެކި ސަރަޙައްދުތަކުގައި ޚާއްޞަ ރޯޑްޝޯތަކެއް ކުރިއަށް ގެންދިއުމަށްވެސް ވަނީ ތާވަލު ކޮށްފައެވެ.
އެމްޑަބްލިޔުއެސްސީން ބުނީ މި އެޕް މެދުވެރިކޮށް ފެން ބިލު ޗެކްކުރުމާ ބިލަށް ފައިސާ ދެއްކުމާއި އެއް މީޓަރަށްވުރެ ގިނަ މީޓަރުތައް މެނޭޖްކޮށް، ސާވިސް ރިކުއެސްޓް ފޮނުވޭނެ ކަމަށެވެ. އަދި އިތުރު މައުލޫމާތު ހޯދުމަށް 1575 އަށް ގުޅާލުމަށް އެމްޑަބްލިޔުއެސްސީން ވަނީ އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު