ހިލަ އާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރަނިކޮށް އަޑިއަށްދިޔަ "ފްރެންޑް 4" ސަޕްލައި ދޯނިން ގެއްލުނު ތިން މީހުން ހޯދުމަށް ކުރިއަށްގެންދާ ވަރުގަދަ އޮޕަރޭޝަނުގައި، ކަނޑާއި ވައިގެ މަގުން ބޮޑު ސަރަހައްދެއް މިހާތަނަށް ބަލާފައިވާ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ހާމަކޮށްފިއެވެ.
އެމްއެންޑީއެފުން މިރޭ އެކްސްގައި ހިއްސާކުރި މަޢުލޫމާތުގައިވާ ގޮތުން، ގެއްލުނު މީހުން ހޯދުމުގެ އޮޕަރޭޝަނުގައި މިހާތަނަށް ވައިގެ މަގުން 5212 އަކަ ނޯޓިކަލް މޭލު އަދި ކަނޑުމަގުން 1070.10 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ވަނީ ބަލާފައެވެ. ނަމަވެސް، މިހާތަނަށް ކުރެވުނު އެއްވެސް މަސައްކަތަކުން އެ މީހުންގެ ނިޝާނެއް ފެނިފައެއް ނުވެއެވެ.
މި ހާދިސާ ހިނގާފައިވަނީ މިދިޔަ ބުދަ ދުވަހުގެ ރޭ، ހިލަ އާއި ހިލަވެލި ބަރުކޮށްގެން ހުވަދު އަތޮޅަށް ދަތުރު ކުރަމުން ދިޔަ "ފްރެންޑް 4" ދޯނި އަޑިއަށް ދިއުމާ ގުޅިގެންނެވެ. ދޯނި އަޑިއަށް ދިޔަ ވަގުތު އޭގައި ޖުމްލަ އަށް މީހުން ތިބި އިރު، އޭގެ ތެރެއިން ހަތް މީހަކު ވަނީ ސަލާމަތް ކުރެވިފައެވެ. ނަމަވެސް ދޯނި އަޑިއަށްދާ ކަމުގެ ރިޕޯޓް ލިބިގެން އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތުގައި އުޅެނިކޮށް، ދޯނި ކުއްލިއަކަށް އަޑިއަށް ދިއުމުގެ ސަބަބުން ތިން މީހަކު ވަނީ ގެއްލިފައެވެ.
މި ހާދިސާގައި ގެއްލިފައިވަނީ އެހީތެރިވުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ނ. މަނަދުއަށް ނިސްބަތްވާ ފުލުހެއް ކަމަށްވާ ސާޖަންޓް އަލީ ނާފިއުއާއި، ސިފައިންގެ މީހެއް ކަމަށްވާ އިބްރާހިމް އަހުމަދުގެ އިތުރުން އެ ދޯނީގެ ކައްޕި ތ. މަޑިފުއްޓަށް އުފަން މުހައްމަދު ހަމްދޫނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ގެއްލުނު ސާޖަންޓް ނާފިއުގެ ދެ ދަރިން ތިބިއިރު، އިބްރާހިމް އަހުމަދުގެ ތިން ދަރިން ތިބެއެވެ.
ގިނަ ވަސީލަތްތަކެއް ބޭނުންކޮށްގެން އެމްއެންޑީއެފުން ވަރުގަދަ އޮޕަރޭޝަނެއް ކުރިއަށް ގެންދިޔަ ނަމަވެސް، މިހާތަނަށް އެއްވެސް ކުރިއެރުމެއް ލިބިފައި ނުވާތީ އެކަމުގެ ހިތާމަ އެމްއެންޑީއެފުން ވަނީ ފާޅުކޮށްފައެވެ.
އެ މީހުން ހޯދުމުގެ މަސައްކަތް ހުއްޓުމެއްނެތި އަދިވެސް ވަރަށް ބާރަށް ކުރިއަށްދާ ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

"ފްރެންޑް 4" ސަޕްލައި ދޯނި އަޑިއަށްދިޔަ ހާދިސާގައި ގެއްލުނު 3 މީހުން ހޯދުމުގެ އޮޕަރޭޝަނުގައި، ވައިގެ މަގުން 5212 އަކަ ނޯޓިކަލް މޭލު، ކަނޑުމަގުން 1070.10 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ވަނީ ބެލިފަ. މިހާތަނަށް ކުރެވުނު މަސައްކަތުން ގެއްލުނު މީހުން އަދި ފެނިފައެއް ނުވޭ.
— Maldives National Defence Force (@MNDF_Official) August 7, 2026
މި ހާދިސާ ހިނގާފައިވަނީ މިދިޔަ ބުދަ ދުވަހުގެ ރޭ، ހިލަ އާއި ހިލަވެލި ބަރުކޮށްގެން ހުވަދު އަތޮޅަށް ދަތުރު ކުރަމުން ދިޔަ "ފްރެންޑް 4" ދޯނި އަޑިއަށް ދިއުމާ ގުޅިގެންނެވެ. ދޯނި އަޑިއަށް ދިޔަ ވަގުތު އޭގައި ޖުމްލަ އަށް މީހުން ތިބި އިރު، އޭގެ ތެރެއިން ހަތް މީހަކު ވަނީ ސަލާމަތް ކުރެވިފައެވެ. ނަމަވެސް ދޯނި އަޑިއަށްދާ ކަމުގެ ރިޕޯޓް ލިބިގެން އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތުގައި އުޅެނިކޮށް، ދޯނި ކުއްލިއަކަށް އަޑިއަށް ދިއުމުގެ ސަބަބުން ތިން މީހަކު ވަނީ ގެއްލިފައެވެ.
މި ހާދިސާގައި ގެއްލިފައިވަނީ އެހީތެރިވުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ނ. މަނަދުއަށް ނިސްބަތްވާ ފުލުހެއް ކަމަށްވާ ސާޖަންޓް އަލީ ނާފިއުއާއި، ސިފައިންގެ މީހެއް ކަމަށްވާ އިބްރާހިމް އަހުމަދުގެ އިތުރުން އެ ދޯނީގެ ކައްޕި ތ. މަޑިފުއްޓަށް އުފަން މުހައްމަދު ހަމްދޫނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ގެއްލުނު ސާޖަންޓް ނާފިއުގެ ދެ ދަރިން ތިބިއިރު، އިބްރާހިމް އަހުމަދުގެ ތިން ދަރިން ތިބެއެވެ.
ގިނަ ވަސީލަތްތަކެއް ބޭނުންކޮށްގެން އެމްއެންޑީއެފުން ވަރުގަދަ އޮޕަރޭޝަނެއް ކުރިއަށް ގެންދިޔަ ނަމަވެސް، މިހާތަނަށް އެއްވެސް ކުރިއެރުމެއް ލިބިފައި ނުވާތީ އެކަމުގެ ހިތާމަ އެމްއެންޑީއެފުން ވަނީ ފާޅުކޮށްފައެވެ.
އެ މީހުން ހޯދުމުގެ މަސައްކަތް ހުއްޓުމެއްނެތި އަދިވެސް ވަރަށް ބާރަށް ކުރިއަށްދާ ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.
ކިޔުންތެރިންގެ ހިޔާލު