މިހާރު ކުރިއަށްދާ "ހެލްތު އެންޑް ފެމިލީ އެކްސްޕޯ 2026" ގައި އެމްއެންޑީއެފް މެޑިކަލް ކޯރއާއި ސެނަހިޔާ މިލިޓަރީ ހޮސްޕިޓަލް ގުޅިގެން ޚާއްޞަ ސްޓޯލެއް ހުޅުވައިފިއެވެ.
އެމްއެންޑީއެފުން ބުނީ، "ދުޅަހެޔޮ އުފާވެރި ޖީލަކަށް އެންމެން އެކުގައި" މި ޝިޢާރުގެ ދަށުން ހުޅުމާލެ ސެންޓްރަލް ޕާކުގައި ބާއްވާ މި މައުރަޒު ކުރިއަށްދާނީ ނޮވެންބަރު 5 އިން 7 ގެ ނިޔަލަށް ކަމަށެވެ. މި އެކްސްޕޯގައި ގާއިމުކޮށްފައިވާ އެމްއެންޑީއެފްގެ ސްޓޯލަށް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ދެކަނބަލުންނާއި، ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު އޮނަރަބަލް ހަސަން ރަޝީދު ވަނީ ޒިޔާރަތްކުރައްވައި އެ ތަން ބައްލަވާ ލައްވާފައެވެ.
އެމްއެންޑީއެފް މެޑިކަލް ކޯރގެ މި ސްޓޯލުގައި ނުރައްކާތެރި އެކި ޙާލަތްތަކުގައި ބޭނުންކުރާ ޞިއްޙީ ވަސީލަތްތަކާއި ޒަމާނީ އާލާތްތައް ޢާންމުންނަށް ދައްކާލުމުގެ އިތުރުން، ފުރާނަ ސަލާމަތްކުރުމަށް މުހިންމު ސީޕީއާރު ސްކިލް ޓެސްޓު ކުރުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. މީގެ އިތުރުން، އެމްއެންޑީއެފް މެޑިކަލް ކޯރއިން ހިންގާ ތަފާތު ތަމްރީނު ކޯސްތަކާ ބެހޭ މަޢުލޫމާތު ފޯރުކޮށްދިނުމާއި، ކުޑަކުދިންނަށް ޚާއްޞަކޮށްގެން ތައްޔާރުކޮށްފައިވާ ފަޔަރިންގ ރޭންޖެއްގެ ޝައުޤުވެރި ހަރަކާތްތައް ވެސް މި ސްޓޯލުން ދަނީ ކުރިއަށް ގެންދަމުންނެވެ.
މި އެކްސްޕޯ އާންމުންނަށް ހުޅުވާލާފައިވަނީ ކޮންމެ ދުވަހެއްގެ ވެސް ހަވީރު 16:00 އިން 18:00 އަށް އަދި ރޭގަނޑު 20:00 އިން 23:00 އަށެވެ. އަދި ނޮވެންބަރު 6 ވާ ހުކުރު ދުވަހުގެ ހަވީރުގެ ވަގުތު ޚާއްޞަކޮށްފައިވަނީ ކުޑަކުދިންގެ ތަފާތު ހަރަކާތްތަކަށެވެ.
މި މައުރަޒަކީ ޞިއްޙީ ދާއިރާގެ ޞައްޙަ މަޢުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމަށާއި، ދުޅަހެޔޮ ދިރިއުޅުމުގެ ވައްޓަފާޅިއަކަށް އަހުލުވެރިކުރުވުމުގެ އިތުރުން، ތަފާތު ބަލިތަކުން ދުރާލާ ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން ވަށާޖެހޭ ފުރިހަމަ ނިޒާމެއްގެ ތެރެއިން މުޖުތަމަޢު ހޭލުންތެރިކުރުވުމުގެ މަތިވެރި މަޤްޞަދުގައި ބާއްވާ މައުރަޒެކެވެ.
މާލެއާއި އަތޮޅުތަކުގެ ހޮސްޕިޓަލްތައް ހިމެނޭހެން، ޞިއްޙީ ދާއިރާގައި ހަރަކާތްތެރިވާ 60 އަށްވުރެ ގިނަ ޖަމުޢިއްޔާ ޖަމާޢަތްތަކުން ބައިވެރިވެފައިވާ މި އެކްސްޕޯގައި، ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކާއި ކަމާގުޅުންހުރި އެކި މުއައްސަސާތަކުން ދެމުންގެންދާ ޚިދުމަތްތަކާ ބެހޭ މަޢުލޫމާތު ވެސް ޢާންމުންނަށް ލިބެމުންދާނެއެވެ.
މިނިސްޓްރީ އޮފް ހެލްތުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ދުޅަހެޔޮ ޖީލެއް ބިނާކުރުމަށްޓަކައި ޢާންމުންގެ ހޭލުންތެރިކަން އިތުރުކުރުމާއި މުޖުތަމަޢުގެ ބައިވެރިވުން ވަރުގަދަކުރުމަށް ކުރިއަށްގެންދާ މި އެކްސްޕޯއަކީ ހުރިހާ ޢުމުރުފުރައެއްގެ ފަރާތްތަކަށް ވެސް ބައިވެރިވެވޭ ގޮތަށް ހުޅުވާލައިގެން ކުރިއަށްގެންދާ ވަރަށް މުހިންމު ހަރަކާތެކެވެ.

ކިޔުންތެރިންގެ ހިޔާލު