ރާއްޖޭގެ ސިޔާސީ މަސްރަހާއި ރައްޔިތުންގެ މަޖިލިސް މިހާރު އޮތް ހާލަތަށް ބަލާއިރު، ބަރުލަމާނީ ނިޒާމެއް ރާއްޖެއަށް ގެނައުމަކީ ރައްކާތެރި ކަމެއް ނޫން ކަމަށާއި، ރާއްޖެއަކީ އެފަދަ ނިޒާމަކަށް ފައްކާވެފައި އޮތް ގައުމެއް ނޫން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ގާނޫނުއަސާސީއަށް 18 އަހަރު ފުރުމާ ގުޅިގެން ސަންގު ޓީވީން ގެނެސްދިން ހާއްސަ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން، ރައީސް ޔާމީން ވަނީ ރާއްޖޭގެ ވެރިކަން ހިންގުމުގެ ބާރުތައް ބެހިފައި އޮންނަންޖެހޭ ގޮތާ މެދު އެމަނިކުފާނުގެ ފަލްސަފާ ހާމަކުރައްވާފައެވެ. އެމަނިކުފާނު ގަބޫލުފުޅު ކުރައްވާ ގޮތުގައި، ގައުމެއްގެ ވެރިކަން ހިންގުމުގެ އެންމެ މަތީ ބާރު އޮންނަންވާނީ އެކެއްގެ އަތްމަތީގައެވެ. ބޮޑުވަޒީރަކާއި ރައީސަކު ތިއްބަވައިގެން ބާރުތައް ބަހާލައިގެން އުޅުމަކީ ހަރުދަނާ ނިޒާމެއް ނޫން ކަމަށާއި، އެކަކަށްވުރެ ގިނަ ބަޔަކު ވެރިކަމުގެ ބާރުތަކުގެ ތެރޭގައި ތިބުމުގެ ބޭނުމެއް ނެތް ކަމަށް އެމަނިކުފާނު ސިފަކުރެއްވިއެވެ.
ބަރުލަމާނީ ނިޒާމާ ދެކޮޅަށް ރައީސް ޔާމީން ދެއްކެވި އެންމެ ވަރުގަދަ ހުއްޖަތަކީ ރައްޔިތުންގެ މަޖިލީހުގެ އިތުބާރު ނެތް މިންވަރެވެ. މަޖިލީހުގެ މެންބަރުންނަކީ ފައިސާއަށް "ވިކޭ" ބައެއްގެ ގޮތުގައި ސިފަކުރައްވަމުން، ޔާމީން ވިދާޅުވީ މެންބަރުންގެ އަމަލުތައް މިހާތަނަށް ފެނިފައިވަނީ ގައުމީ މަސްލަހަތަށްވުރެ އަމިއްލަ ޖީބު ބޮޑުކުރުމަށް އިސްކަންދޭ ގޮތަށް ކަމަށެވެ. މަޖިލީހުގެ ތެރޭގައި ފައިސާގެ ނުފޫޒު އިންތިހާއަށް އޮތުމަކީ ބަރުލަމާނީ ނިޒާމެއްގައި ގައުމުގެ މުސްތަގުބަލު ނުރައްކަލަށް ހުށަހެޅިގެންދާނެ ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޒަމާނެއްގައި ބަރުލަމާނީ ނިޒާމަށް ތާއީދުކުރެއްވި ނަމަވެސް، މިހާރު އެ ވިސްނުންފުޅު ބަދަލުވެފައިވާ ސަބަބު ހާމަކުރައްވަމުން ޔާމީން ވިދާޅުވީ، ފޮތްތަކުގައި ލިޔެފައިވާ ތިއަރީތަކުގައި ބަރުލަމާނީ ނިޒާމު ފުރިހަމަ ކަމަށް ފެނުނު ކަމަށެވެ. ނަމަވެސް، އަމަލީ ގޮތުން ފެނުނު މަންޒަރަކީ ބޮޑެތި ވިޔަފާރިވެރިންގެ ފައިސާގެ ނުފޫޒުން މެންބަރުންގެ މިނިވަންކަން ގެއްލި، މެންބަރުން "ގަނެލާ" މަންޒަރު ކަމަށެވެ.
ޔާމީން ވިދާޅުވީ، މަޖިލީހުގެ ތެރޭގައި ކަންކަން ހިނގާ ނުރަނގަޅު ގޮތްތައް ވަރަށް ގާތުން ފެނިވަޑައިގެންފައިވާ ކަމަށެވެ. އެހެންކަމުން، ގައުމުގެ މިނިވަންކަމާއި ސިޔާދަތާ ގުޅުންހުރި ނިންމުންތައް ނިންމުމުގެ ފުރިހަމަ ބާރު މަޖިލީހުގެ އަތްމައްޗަށް ދޫކޮށްލުމަކީ ދިވެހި ގައުމަށް އެންމެ ރައްކާތެރި ގޮތް ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ވިދާޅުވެ، ރައީސް ޔާމީން ވަނީ ބަރުލަމާނީ ނިޒާމަށް ނޫނެކޭ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު