ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ސަރުކާރަށް 10 އަހަރު ނުވަތަ 15 އަހަރު ދުވަހުގެ މުއްދަތެއް ލިބިއްޖެނަމަ، ރާއްޖޭގެ ބާޒާރުގައި ޑޮލަރުގެ ރޭޓް 10 ރުފިޔާއަށް ދަށްކުރެވޭނެ ކަމަށް އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެއެވެ.
ފަލާހު މިހެން ވިދާޅުވީ، އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދުގެ އިތުބާރު ނެތްކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލައިގެ ބަހުސްގައި މިއަދު ވާހަކަދައްކަވަމުންނެވެ.
މަޖިލީހުގެ ތަޅުމުގައި ވާހަކަދައްކަވަމުން ފަލާހު ވިދާޅުވީ، ރާއްޖޭގައި ޑޮލަރުގެ އަގު އިންތިހާއަށް މައްޗަށް ދާންޖެހުނު މައިގަނޑު ސަބަބަކީ ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން ގެންގުޅުނު ނާގާބިލު އަދި ނުބައި އިޤުތިޞާދީ ސިޔާސަތުތައް ކަމަށެވެ. އެގޮތުން، އެއްވެސް ހަމައެއްލަމައެއް ނެތި އިންތިހާއަށް ފައިސާ ޗާޕުކުރުމާއި، ދައުލަތަށް ލިބުނު އާމްދަނީ ކޮރަޕްޝަނުގެ ތެރެއިން ގެއްލިގެންދިއުމުގެ އިތުރުން، އެއްވެސް ފައިދާއެއް ނެތް ގޮތަށް ނެގި ބޮޑެތި ލޯނުތަކުގެ ސަބަބުން ގައުމުގެ އިޤުތިޞާދަށް ބޮޑެތި ލޮޅުންތަކެއް އަރާފައިވާ ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.
"އިރާދަކުރެއްވިއްޔާ ޕީއެންސީގެ މި ވެރިކަން 10 ވަރަކަށް އަހަރު، ނޫނީ 15 ވަރަކަށް އަހަރަށް ދެމިގެން ހިނގައްޖެ ކަމަށްވަންޏާ، ރާއްޖޭގައި ޑޮލަރުގެ އަގު 10 ރުފިޔާއަށް އަޅުގަނޑުމެން ތިރިކުރާނަން،" ޕީއެންސީ ޕީޖީ ލީޑަރު ވިދާޅުވިއެވެ.
މި ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވީ، ބޭރު ފައިސާގެ އެކްސްޗޭންޖް ރޭޓް ކަނޑައެޅުމަކީ ޤާނޫނުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް މަތިކޮށްފައިވާ ޒިންމާއެއް ކަމަށެވެ. ނަމަވެސް، މި ސަރުކާރުން އިޤުތިޞާދު ހަމަމަގަށް އަޅުވައި، ޑޮލަރުގެ ދަތިކަން ހައްލުކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވިއެވެ.
އެގޮތުން، ވޭތުވެދިޔަ ސަރުކާރާ އަޅާބަލާއިރު މި ސަރުކާރުން ރަސްމީ ރޭޓުގައި ބާޒާރަށް ދޫކުރި ޑޮލަރުގެ ނިސްބަތް 80 އިންސައްތަ އިތުރުކުރެވިފައިވާ ކަމަށާއި، މިހާތަނަށް ޖުމްލަ 1.9 ބިލިއަން ޑޮލަރު ބާޒާރަށް ނެރެފައިވާނެ ކަމަށް މިނިސްޓަރު ސައީދު ހާމަކުރެއްވިއެވެ.
މިނިސްޓަރު ސަޢީދުގެ އިތުބާރު ނެތްކަމުގެ މައްސަލައަކީ އިދިކޮޅު އެމްޑީޕީގެ 13 މެންބަރަކު ސޮއިކުރައްވައި މަޖިލީހަށް ވެއްދި މައްސަލައެކެވެ. މިއަދުގެ ޖަލްސާގައި މި މައްސަލައަށް ވޯޓަށް އެހުމުން، މަޖިލީހުގެ އަޣުލަބިއްޔަތުން ވަނީ މިނިސްޓަރު ސަޢީދުގެ އިތުބާރު އޮތް ކަމަށް ފާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު