2027 ވަނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓު ދިރާސާކުރުމުގެ މަސައްކަތް މި ހިނގާ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް އެއްކޮށް ނިންމުމަށް ބަޖެޓު ދިރާސާކުރާ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިއަދު ކުރިއަށްދިޔަ ބަޖެޓު ދިރާސާކުރާ ކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގައި، މި ތާވަލު ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ ޕީއެންސީ މެމްބަރު މުހައްމަދު މަމްދޫހެވެ. މަމްދޫހުގެ މި ހުށަހެޅުއްވުމަށް ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަހުމަދު އައިފާން ތާއިދުކުރެއްވިއިރު، ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުންގެ އިއްތިފާގުން ވަނީ އެ ހުށަހެޅުން ފާސްކޮށްފައެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުގެ ފަރާތުން ފިނޭންސް މިނިސްޓްރީން މަޖިލީހަށް ހުށަހަޅާފައި ވަނީ 59.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މިއީ މިއަހަރަށް ފާސްކޮށްފައިވާ 64.2 ބިލިއަން ރުފިޔާގެ ރެކޯޑު ބަޖެޓާ އަޅައިބަލާއިރު ގާތްގަނޑަކަށް ހަތަރު ބިލިއަން ރުފިޔާގެ ކުޑަވުމެކެވެ.
ޖުމްލަ ބަޖެޓުގެ އަދަދު މި އަހަރަށް ވުރެ ދަށްވި ނަމަވެސް، ދައުލަތް ހިންގުމަށް ހިނގާ ހޭދަ ނުވަތަ ރިކަރަންޓު ޚަރަދުތައް ވަނީ ބޮޑުތަނުން އިތުރުވެފައެވެ. އެގޮތުން އަންނަ އަހަރުގެ ރިކަރަންޓް ޚަރަދުގެ ގޮތުގައި 42.7 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ.
މަޖިލީހުގެ މިއަހަރުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީގެ މުގައްރިރުކަން ކުރައްވަނީ މަޖިލީހުގެ ނައިބު ރައީސް އަދި އޭދަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމެވެ. އަދި ކޮމިޓީގެ ނައިބު މުގައްރިރަކަށް ހަމަޖައްސާފައި ވަނީ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދެވެ.
ކޮމިޓީން ނިންމާފައިވާ ގޮތަށް މި މަހުގެ 19 ވަނަ ދުވަހަށް ބަޖެޓުގެ މަސައްކަތްތައް ނިންމުމަށްފަހު، ރިޕޯޓު އެކުލަވާލައި މުޅި މަޖިލީހުގެ ތަޅުމަށް ބަޖެޓު ފާސްކުރުމަށް ފޮނުވުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު