ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް އިތުރަށް ފުޅާކޮށް، ދުނިޔޭގެ ބާޒާރުގައި ރާއްޖެއަކީ ހުރިހާ ފަރާތްތަކަކަށް ބޭނުންތެރި މަންޒިލަކަށް ހެދުމަށްޓަކައި، މުޅިން އަލަށް "ހަލާލް ޓޫރިޒަމް" ހިމެނޭހެން 15 ރަށަކާއި ފަޅެއްގައި ރިސޯޓު ތަރައްޤީކުރުމުގެ ބޮޑު މަޝްރޫޢެއް ސަރުކާރުން އިޢުލާނުކޮށްފިއެވެ.
މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަނުން މިކަން ހާމަކޮށްފައިވަނީ ފަހުގެ ތާރީޚެއްގައި އެއްފަހަރާ އެންމެ ގިނަ ބިންތަކެއް ފަތުރުވެރިކަމަށް ދޫކުރުމަށް ހުޅުވާލި ފުރުސަތުގެ ގޮތުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މި މަޝްރޫޢު ފަރުމާކޮށްފައިވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ފަތުރުވެރިކަމުގެ ނަފާ ފޯރުކޮށްދިނުމަށެވެ. މިގޮތުން، މިފަހަރުގެ ބީލަމުގައި އެންމެ ޚާއްސަ އިސްކަމެއް ދީފައިވަނީ އިސްލާމީ އުސޫލުތަކަށް ބިނާކޮށް ހިންގާ "ހަލާލް ޓޫރިޒަމް" ކޮންސެޕްޓް ރާއްޖެއަށް ތަޢާރަފުކުރުމަށެވެ.
މި މަޝްރޫޢުގެ ދަށުން ހަލާލް ޓޫރިޒަމް ތަރައްޤީކުރުމަށް ތިން ސަރަހައްދެއް ވަނީ ކަނޑައަޅާފައެވެ. އެއީ ހދ. މަކުނުދޫ ފަރުން 200 ހެކްޓަރުގެ ފަޅަކާއި، ލ. ފޮނަގާދޫގެ 8.18 ހެކްޓަރުގެ ބިމުގެ އިތުރުން، އައްޑޫ ސިޓީގެ ދޮންހެރައިގެ 10.23 ހެކްޓަރުގެ ސަރަހައްދެވެ. މި ސަރަހައްދުތަކުގައި ތަރައްޤީކުރާ ރިސޯޓުތަކަކީ 50 އަހަރުގެ މުއްދަތަށް، އިސްލާމީ އުސޫލުތަކާ އެއްގޮތަށް ހިންގަންޖެހޭ ތަންތަނެވެ.
ހަލާލް ޓޫރިޒަމްގެ ދަށުން ހިންގާ މި ރިސޯޓުތަކުގައި އޫރުމަހާއި ރާ ވިއްކުމަކީ މަނާކަމެކެވެ. އަދި ފޯރުކޮށްދޭ ހުރިހާ ކާބޯތަކެއްޗަކީ ހަލާލް ސެޓްފިކެޓް ލިބިފައިވާ ތަކެތި ކަމުގައިވާންޖެހޭއިރު، އަންހެނުންނާއި ފިރިހެނުންނަށް ވަކިން ޚިދުމަތް ލިބޭނެ ވެލްނެސް ސެންޓަރުތަކާއި، މުވައްޒަފުންނާއި ފަތުރުވެރިންނަށް ޚާއްސަކޮށް ވަކި ދެ މިސްކިތް ބިނާކުރުން ވަނީ ލާޒިމުކޮށްފައެވެ.
ސަރުކާރުން މިފަހަރު ބޮޑު އިސްކަމެއް ދީފައިވަނީ ރާއްޖޭގެ އުތުރުގެ ފަތުރުވެރިކަން ކުރިއެރުވުމަށެވެ. އެގޮތުން ބީލަމަށް ހުޅުވާލި 10 ފަޅެއް އުތުރުގެ އަތޮޅުތަކަށް ވަނީ ޚާއްސަކޮށްފައެވެ. މީގެ ތެރޭގައި ހއ. މާދުނި ފަރުން 3 ފަޅާއި، ހދ. މަކުނުދޫ ފަރާއި މާފަރުން 4 ފަޅު، އަދި ށ. ގޮނާ ފަރުން 3 ފަޅު ހިމެނެއެވެ. މީގެ އިތުރުން ށ. ނަލަންދޫ އާއި ނ. ފަރުމުލި ވެސް ވަނީ ވަކި ރަށްތަކެއްގެ ގޮތުގައި ބީލަމަށް ހުޅުވާލާފައެވެ. މި ސަރަހައްދުތަކުގެ ތެރެއިން އެންމެ އަގުބޮޑުކޮށް ބީލަމަށް ހުޅުވާލާފައިވަނީ 2.25 މިލިޔަން ޑޮލަރުގެ އެކިއުޒިޝަން ކޮސްޓަކާއެކު ނ. ފަރުމުލީގެ ސަރަހައްދެވެ.
މި މަޝްރޫޢުތަކަށް ކުރިމަތިލާ ފަރާތްތަކަށް ސަރުކާރުން ވަނީ ގިނަ އިނާޔަތްތަކެއް ހަމަޖައްސާފައެވެ. އާންމު ރިސޯޓުތަކަށް އިމްޕޯޓް ޑިއުޓީން %15 ގެ ލުޔެއް ލިބޭއިރު، ހަލާލް ޓޫރިޒަމަށް ޚާއްސަ މަޝްރޫޢުތަކަށް %20 ގެ ބޮޑު އިނާޔަތެއް ލިބޭނެއެވެ. ރިސޯޓު ތަރައްޤީކުރުމަށް 36 މަސްދުވަހުގެ މުއްދަތެއް ދޭއިރު، ފަޅުތަކުން ބިން ހިއްކުމުގެ ފުރުސަތުވެސް އިންވެސްޓަރުންނަށް އޮންނާނެއެވެ.
ޓޫރިޒަމް މިނިސްޓްރީން ހާމަކުރި ގޮތުގައި، މި މަޝްރޫޢުތަކަށް ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ ނޮވެމްބަރު މަހުގެ 17 އިން 23 އާ ދެމެދުގެ ތާރީޚުތަކެވެ. އަދި މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމަށް ބާއްވާ ޕްރީ-ބިޑް ބައްދަލުވުންތައް ސެޕްޓެމްބަރު އަދި އޮކްޓޫބަރު މަހުގެ ތެރޭގައި އޮންލައިންކޮށް ބޭއްވުމަށް ވަނީ ތާވަލުކުރެވިފައެވެ.

ކިޔުންތެރިންގެ ހިޔާލު