ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ދާދިފަހުން އިސްތިއުފާ ދެއްވި މުއާޒް މުހައްމަދު ރަޝީދު، މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަންކުރަށްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ފެނަކައިގެ ފުރަތަމަ މެނޭޖިން ޑިރެކްޓަރުގެ ގޮތުގައި މަސައްކަތް ކުރެއްވި މުއާޒް އެ މަގާމުން އިސްތިއުފާ ދެއްވީ 23 ޑިސެމްބަރު 2024 ގައެވެ. އެމްޑަބްލިޔުއެސްސީގެ ބޯޑުން މިހާރު ވަނީ އޭނާ އެ ކުންފުނީގެ ޑެޕިއުޓީ އެމްޑީގެ މަގާމަށް އައްޔަންކުރުމަށް ރުހުން ދީފައެވެ.
ފެނަކައިން އިސްތިއުފާ ދެއްވުމުގެ ގޮތުން މުއާޒް ފޮނުއްވި އިސްތިއުފާގެ ސިޓީގައި ވިދާޅުވެފައިވަނީ، ފެނަކައަށް ކުރިމަތިވެފައިވާ ގިނަގުނަ ގޮންޖެހުންތަކާއެކުވެސް، ރައްޔިތުންނަށް މެދުނުކެނޑި ހިދުމަތް ދިނުމަށް ކުރި މަސައްކަތުން އެދެވޭ ނަތީޖާއެއް ހާސިލުކުރެވުނު ކަމުގެ ހިތްހަމަޖެހުން އޮތް ކަމަށެވެ. ނަމަވެސް، ފެނަކަ ސަލާމަތްކުރުމަށް އެކުލަވާލި ޕްލޭންތައް ކަމާބެހޭ ފަރާތްތަކާ ހިއްސާކުރި ނަމަވެސް، އެކަމުން އެދެވޭ އެއްވެސް "އަލިމަގެއް ފެނިފައިނުވާ" ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އޭނާ އިސްތިއުފާ ދެއްވީ ކުންފުނި ދެމެހެއްޓެނިވި ގޮތެއްގައި ހިންގޭނެ ފަދަ ހާލަތެއް ނެތުމުންނާއި، އޭނާ މަގާމުގައި ހުރެގެން އިތުރު ކުރިއެރުމެއް ލިބޭނެ ކަމަށް ގަބޫލުނުކުރެއްވޭތީ ކަމަށްވެސް މުއާޒް ވިދާޅުވެފައިވެއެވެ.
މުއާޒް އިސްތިއުފާ ދެއްވުމާ ގުޅިގެން، ރައީސަށް ތާއީދުކުރާ މީސްމީޑިއާ އެކައުންޓްތަކުން އޭނާގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް ކޮށްފައިވެއެވެ. ނަމަވެސް މުއާޒް ވަނީ އެ ތުހުމަތުތަކަށް އިންކާރު ކުރަށްވައި، އެއީ ދޮގު ވާހަކަތަކެއް ކަމަށް ވިދާޅުވެފައެވެ.

COL
MAR
BEL
ކިޔުންތެރިންގެ ހިޔާލު