ބަޓިކް އެއާގެ ފްލައިޓެއްގެ ތެރޭގައި ހަމަނުޖެހުން ހިންގި މައްސަލައެއްގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހައްޔަރުކުރި ދިވެހި ފިރިހެން މީހާ ފުލުހުންގެ ބަންދުން ދޫކޮށްލައިފިއެވެ.
ފުލުހުން ބުނީ ބަޓިކް އެއާގެ ފްލައިޓުން ދަތުރުކުރި މި މީހާ ހައްޔަރުކުރުމަށްފަހު، އޭނާގެ ސިއްޙީ ހާލަތަށް ރިއާޔަތްކޮށް އިއްޔެ ހެނދުނުގެ ވަގުތެއްގައި ދޫކޮށްލާފައިވާ ކަމަށެވެ. ނަމަވެސް، އެ މީހާގެ ސިއްޙީ ހާލަތާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
އޭނާ ބަންދުން ދޫކޮށްލިނަމަވެސް، މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ދާކަމަށް ފުލުހުން ހާމަކުރިއެވެ.
މި ހާދިސާ ހިނގާފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ ރާއްޖެއަށް ދަތުރުކުރި ބަޓިކް އެއާގެ ފްލައިޓެއްގެ ތެރޭގައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި، އެ މީހާ ފްލައިޓްގެ ތެރޭގައި އަމަލުކުރި ގޮތުން ފްލައިޓުގެ ކްރޫންނާއި އެހެނިހެން ފަސިންޖަރުންނަށް ބޮޑެތި އުނދަގޫތަކަކާ ކުރިމަތިވެ، ފްލައިޓުގެ އާންމު ހާލަތަށް ބުރޫއެރިއެވެ.
މަތިންދާބޯޓެއްގެ ތެރޭގައި ހަމަނުޖެހުން ހިންގުމަކީ ރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގެ ގާނޫނުގެ ދަށުން ވަރަށް ބޮޑު ކުށެކެވެ. ފްލައިޓުގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫއަރާ ފަދަ އަމަލެއް ކުރުމަކީ، ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާތައް ކަމަށްވާ ޓޯކިޔޯ ކޮންވެންޝަން ފަދަ މުއާހަދާތަކުގެ ދަށުންވެސް ހަރުކަށި ފިޔަވަޅު އެޅޭނެ ކަމެކެވެ.
މިފަދަ ކުށެއް ސާބިތުވެއްޖެނަމަ، ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރުމާއެކު، ޖަލު އަދަބުވެސް ލިބުމަކީ އެކަށީގެންވާ ކަމެކެވެ. މީގެ އިތުރުން، އެއާލައިނުން އެ ފަސިންޖަރަކު ބްލެކްލިސްޓު ކުރުމުގެ އިހުތިޔާރުވެސް އެއާލައިނަށް ލިބިގެންވެއެވެ.

ކިޔުންތެރިންގެ ހިޔާލު