ހުޅުމާލެ ސަހަރާ ކައިރީގައި އޮތް ޕިކަޕެއް މަރާމާތު ކުރުމަށްޓަކައި ޕިކަޕް ދަށުގައި މަސައްކަތް ކުރަން އޮތް މީހެއްގެ ގައިމައްޗަށް ޕިކަޕު ވެއްޓި، ހިނގި ހިތާމަވެރި ހާދިސާއެއްގައި އެމީހާ ނިޔާވެއްޖެއެވެ.
ފުލުހުން ބުނީ، މި ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ 2026 ފެބުރުވަރީ 15 ވާ އާދިއްތަ ދުވަހުގެ ހެނދުނު 11:05 އެހައިކަންހާއިރު ކަމަށެވެ. މި ހާދިސާ ހިނގާފައިވަނީ ހުޅުމާލެ ސަހަރާ ކައިރީގައި އޮތް ޕިކަޕެއްގެ ދަށުގައި އެ މީހާ މަރާމާތުގެ މަސައްކަތެއް ކުރަން އޮއްވައެވެ.
ފުލުހުން ބުނީ، މި ހާދިސާގައި އަނިޔާވި މީހާ ވަގުތުން ހުޅުމާލެ ހޮސްޕިޓަލަށް ގެންދެވުނު ނަމަވެސް، ހޮސްޕިޓަލަށް ގެންދިޔައިރުވެސް އެ މީހާ ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށެވެ. މި ހާދިސާގައި ނިޔާވެފައިވަނީ ސ. ހިތަދޫ، މެޑޯޒް، މުހައްމަދު މަނިކު، 60 އެވެ.
ފުލުހުން މިހާރު ދަނީ މި ހިތާމަވެރި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އިތުރަށް ތަހުގީގު ކުރަމުންނެވެ.
މިފަދަ ނުރައްކާތެރި ހާދިސާތަކުން ސަލާމަތްވުމަށްޓަކައި، އުޅަނދުފަހަރު މަރާމާތު ކުރުމުގެ މަސައްކަތް ކުރާއިރު ސަލާމަތީ ފިޔަވަޅުތައް އެންމެ ފުރިހަމައަށް އެޅުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު