ށ. ފުނަދޫ ބަނދަރުގައި ހުންނަ ޕެޓްރޯލް ޝެޑްގައި މިއަދު ހެނދުނު ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައި، އެތަން ވަރަށް ބޮޑަށް އަނދަމުން އެބަދެއެވެ. މިއަދު ހެނދުނު ހިނގި މި ހާދިސާއާ ގުޅިގެން މުޅި ރަށު ތެރެއަށް ބޯ ދުންގަނޑު ފެތުރިފައިވާއިރު، އަލިފާން ރޯވާން މެދުވެރިވި ސަބަބެއް އަދި ސާފެއް ނުވެއެވެ.
މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ މިއަދު ހެނދުނު 08:15 ހާއިރުއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މައުލޫމާތު ދެއްވި ގޮތުގައި، ޕެޓްރޯލް ޝެޑްގައި އަލިފާން ރޯވުމާ ގުޅިގެން ފުލުހުން މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ވިދާޅުވީ، ހާދިސާގެ މައުލޫމާތު އެމްއެންޑީއެފަށް ލިބިފައިވަނީ ހެނދުނު 08:00 ހާއިރު ކަމަށެވެ.
އަދި އަލިފާން ނިއްވުމުގެ މަސައްކަތް ފުނަދޫ އެއާޕޯޓުގެ ފަޔަރ ފައިޓަރުން މިހާރު ކުރަމުންދާއިރު، ކުޅުދުއްފުށީ ފަޔަރ ސްޓޭޝަނުގެ ސިފައިންވެސް އެރަށަށް ދިއުމަށް ދަތުރުކުރަމުންދާ ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.
މި އަލިފާނުގެ ހާދިސާއާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ފުނަދޫ ސްކޫލްވެސް މިހާރު ވަނީ ބަންދުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު