ދުނިޔޭގެ މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުން އަރައިގަތުމަށްޓަކައި މާލީ އެހީތެރިކަން އިތުރުކޮށް، ފެހި މަޝްރޫޢުތަކަށް ކުރާ އިންވެސްޓްމަންޓްތައް އަވަސް މުއްދަތެއްގެ ތެރޭގައި ފުޅާކުރުމަށް ދިވެހިރާއްޖެއިން ދުނިޔޭގެ މާލީ އިދާރާތަކަށާއި ބައިނަލްއަޤްވާމީ މުޖުތަމަޢަށް ގޮވާލައިފިއެވެ.
ރާއްޖެއިން މިކަމަށް ގޮވާލާފައިވަނީ ދުބާއީގައި މިހާރު ކުރިއަށްދާ "ވޯލްޑް ގްރީން އިކޮނޮމީ ސަމިޓް 2026" ގެ ހަވާސާގައި ބޭއްވި މުހިންމު ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެން ވާހަކަދެއްކެވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ، އިބްރާހީމް މިމްރާހު އެވެ.
ސްޓޭޓް މިނިސްޓަރު މިމްރާހު ތަޤުރީރު ކުރެއްވީ "ފްރޮމް އެމްބިޝަން ޓު ބޭންކަބަލް އެކްޝަން - މޮބިލައިޒިންގ ގްރީން އިންވެސްޓްމަންޓްސް ފޯ އަ ރެޒިލިއަންޓް އެންޑް އިންކްލޫސިވް ގްލޯބަލް އިކޮނޮމީ" މި މަޢުޟޫޢަށް އަމާޒުކޮށްގެން ބޭއްވި ޚާއްޞަ ސެޝަނެއްގައެވެ.
އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިމްރާހު ފާހަގަކުރެއްވި ގޮތުގައި، ކުދި ޖަޒީރާ ޤައުމުތަކަށް މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވަމުންދާ ނުރައްކާތަކަކީ ވަގުތުން ފިޔަވަޅު އަޅަންޖެހިފައިވާ ކަންކަމެވެ. އެގޮތުން އިއާދަކުރަނިވި ހަކަތައިގެ ދާއިރާ ތަރައްޤީކުރުމަށާއި، މޫސުމީ ކާރިސާތަކަށް ކެތްކުރެވޭނެ ފަދަ ވަރުގަދަ އުމްރާނީ ވަސީލަތްތައް ބިނާކުރުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ހިތްވަރުގަދަ މާލީ ނިންމުންތަކެއް ނިންމަންޖެހޭ ކަމަށް ވިދާޅުވިއެވެ. އަދި ނާޒުކު ހާލަތްތަކުގައި ދިރިއުޅޭ ރައްޔިތުންގެ ދިރިއުޅުން ފާގަތިކޮށް، ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ދުނިޔޭގެ ބޮޑެތި މާލީ އިދާރާތަކުން ލުއިގޮތްތަކެއް ހަމަޖައްސައިދިނުމުގެ މުހިންމުކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، މޫސުމީ ވިލުންވެރިކަން އިތުރުކުރުމަށް ކުރެވޭ މަސައްކަތްތަކުގައި ހަމައެކަނި ދައުލަތްތަކުގެ އެހީއަށް ބަރޯސާނުވެ، އަމިއްލަ ވިޔަފާރިތަކާއި ޕްރައިވެޓް ސެކްޓަރުގެ ބައިވެރިވުން އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިސްކަންދެއްވާ ކަމަށް މިމްރާހު ވިދާޅުވިއެވެ. އަދި ރާއްޖޭގައި ދެމެހެއްޓެނިވި ތަރައްޤީ ކަށަވަރުކުރުމަށްޓަކައި ބޭރުގެ އަމިއްލަ އިންވެސްޓްމަންޓްތައް ގެނައުމަށް ފަހި މާޙައުލެއް ޤާއިމުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތުވެސް އޭނާ ހިއްސާކުރެއްވިއެވެ.
މި ސަމިޓުގައި ރާއްޖެއިން ބައިވެރިވެފައިވަނީ ތިމާވެށީގެ ދާއިރާއިން ކުރިމަތިވެފައިވާ ބޮޑެތި ގޮންޖެހުންތަކުން އަރައިގަތުމަށް ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖޭގެ އަޑު އުފުލައި، ފެހި އިޤްތިޞާދެއް ބިނާކުރުމަށް އެހެން ޤައުމުތަކާއެކު އޮތް ގުޅުން ބަދަހިކުރުމުގެ މަޤްޞަދުގައެވެ. ދުނިޔޭގެ ފެންވަރުގައި ބޭއްވޭ މިފަދަ ބޮޑެތި ސަމިޓްތަކަކީ ތިމާވެށީގެ ނާޒުކު ހާލަތުގައިވާ ކުދި ޤައުމުތަކުގެ ކަންބޮޑުވުންތައް ބޮޑެތި ޤައުމުތަކުގެ ސަމާލުކަމަށް ގެނައުމަށް ލިބޭ މުހިންމު ފުރުޞަތެކެވެ.

ކިޔުންތެރިންގެ ހިޔާލު