އިންޖީނު ހުއްޓި ކަނޑުމަތީގައި ހާލުގައި ޖެހިފައި--
އިންޖީނު ހުއްޓި ކަނޑުމަތީގައި ހާލުގައި ޖެހިފައި--
ރ. ދުވާފަރުން އެ އަތޮޅު ކަނދޮޅުދުއަށް ތިން މީހުންނާއެކު ދަތުރުކުރި "ޔާލު ސްޕީޑް" ނަމަކަށް ކިޔާ ލޯންޗެއްގެ އިންޖީނު ހުއްޓި، ކަނޑުމަތީގައި ހާލުގައި ޖެހުމާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ފުލުހުން ވިދާޅުވި ގޮތުގައި، މިއަދު ހަވީރު 16:56 ހާއިރު ދުވާފަރު ޕޮލިސް ސްޓޭޝަނަށް މި ހާދިސާގެ ރިޕޯޓު ލިބުމާއެކު، ފުލުހުން ވަނީ ޑިންގީއެއްގައި އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވާން ފަށާފައެވެ. އެގޮތުން، ހާލުގައި ޖެހުނު ލޯންޗު ކަފުޖަހައިގެން ދުވާފަރު ފަޅަށް ވައްދައި، އިންޖީނަށް ދިމާވި މައްސަލަ ހައްލުކުރުމުގައި ފުލުހުން ވަނީ އަމަލީ ގޮތުން ބައިވެރިވެ އެހީތެރިވެދީފައެވެ.

މި ހާދިސާގައި ލޯންޗުން ދަތުރުކުރި މީހުންގެ ތެރޭގައި ހިމެނޭ ބަންގްލަދޭޝްގެ ރައްޔިތެއްގެ ހާލު ދެރަވުމާ ގުޅިގެން، ދުވާފަރު ސިއްހީ މަރުކަޒަށް ގެންގޮސް ވަނީ ފަރުވާދީފައެވެ. އަދި ފަރުވާއަށްފަހު އޭނާގެ ހާލު މިހާރު ރަނގަޅުވަމުން އަންނަކަމަށް މައުލޫމާތު ލިބެއެވެ.

މި ދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސް ދުވަސްވަރަކަށް ވާތީ، ކަނޑުދަތުރުފަތުރު ކުރުމުގައި މޫސުމަށް ސަމާލުވުމަށާއި، ދަތުރަށް ފުރުމުގެ ކުރިން ސަލާމަތީ ފިޔަވަޅުތައް ފުރިހަމަކުރުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް