މަސްތުގާ ހާލަތުގައި ހުރެ އާންމުންނަށް ބިރު ދައްކާ އުނދަގޫކުރަމުން ދިޔަ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ މ. މާލެ/ ގުލްޒަހާރުގެ، މުހައްމަދު މިރުޒާއެވެ. އުމުރުން 40 އަހަރުގެ މިރުޒާ ހައްޔަރުކޮށ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން މިއަދު އޭނާ ވަނީ 10 ދުވަހަށް ބަންދުކޮށްފައެވެ.
ކޯޓު އަމުރުގައި ފާހަގަކޮށްފައިވާ ގޮތުގައި، ގާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 59 އަދި 60 ވަނަ މާއްދާއަށް ރިއާޔަތްކޮށް އޭނާ ބަންދުކުރަން ނިންމީ، ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ފެންނާތީއެވެ.
ބަންދު އަމުރުގައި ބުނެފައިވާގޮތުން އޭނާގެ އަމަލުތައް ހުރި ގޮތުން ޓެސްޓުކުރިއިރު ބެންޒޯ އަދި ޓީއެޗްސީއަށް ވަނީ ޕޮޒިޓިވްވެފައެވެ. މިރުޒާއަކީ ތަކުރާރުކޮށް މަސްތުގެ ހާލަތުގައި ހުރެ ބިރު ދައްކާ މީހެއްކަމަށް އާންމު ފަރާތަކުން ތަހުގީގަށް ދީފައިވާ ބަޔާނުގައި ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު