ގއ. މާމެންދޫ، އާރާދަނާ، އަޞްޢަދު ޢަލީ (35އ)
ގއ. މާމެންދޫ، އާރާދަނާ، އަޞްޢަދު ޢަލީ (35އ)
ގއ. ވިލިނގިލި ފަޅުގައި އޮތް ލޯންޗެއްގެ ތެރެއިން މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހަކު، ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ގއ. މާމެންދޫ، އާރާދަނާ، އަޞްޢަދު ޢަލީ (35އ) އެވެ. ފުލުހުން ބުނީ، އޭނާ ހައްޔަރުކޮށްފައިވަނީ ވިލިނގިލި ފަޅުގައި އޮތް ލޯންޗެއްގެ ތެރޭގައި ހުއްޓައި ކަމަށެވެ.

މި އޮޕަރޭޝަނަކީ މި ހިނގާ ފެބުރުވަރީ މަހުގެ 1 ވަނަ ދުވަހު ވިލިނގިލީ ޕޮލިސް ސްޓޭޝަނުގެ ފުލުހުން ރަށުތެރެ ޕެޓްރޯލުކުރަމުން ދިޔައިރު، އަޞްޢަދު ޢަލީގެ އަމަލުތައް ހުރިގޮތުން އޭނާއާމެދު ތުހުމަތުކުރެވިގެން ހިންގި އޮޕަރޭޝަނެކެވެ.

ފުލުހުން އެ ލޯންޗަށް އަރައި އޭނާ ހުއްޓުވައި ބަލައި ފާސްކުރިއިރު، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ކޮތަޅެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ، މި އޮޕަރޭޝަނުގައި ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނަކީ 49 ގުރާމް ކަމަށެވެ.

މި މައްސަލައާ ގުޅިގެން އަޞްޢަދު ޢަލީގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، މައްސަލައިގެ ޝަރީޢަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ފުލުހުން ބުނީ، މި މައްސަލަ ގއ. ވިލިނގިލީ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުން ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު