ފްރާންސްގެ ޒުވާން ތަރި ކީލިއަން އެމްބާޕޭ
ފްރާންސްގެ ޒުވާން ތަރި ކީލިއަން އެމްބާޕޭ
ފްރާންސްގެ ޕީއެސްޖީން ކޯވިޑް-19 އަށް ޕޮޒިޓިވްވީ ކުޅުންތެރިންގެ ލިސްޓަށް ފްރާންސްގެ ޒުވާން ތަރި ކީލިއަން އެމްބާޕޭ އިތުރުވެއްޖެއެވެ.

އެމްބާޕޭ އާއެކު ޕީއެސްޖީން ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކުޅުންތެރިންގެ ޢަދަދު 7 އަށް އަރާފައިވާއިރު، މީގެ ކުރިން ސްޕެއިންގެ ރަށެއް ކަމުގައިވާ އިބްޒާއަށް ޗުއްޓީ ހޭދަކުރަން ގޮސް އުޅެނިކޮށް ޕީއެސްޖީގެ ތަރި ނޭމާ އާއި، އެންހެލް ޑި މަރިއާ އާއި، ލެއަންޑްރޯ ޕަރެޑެސް އާއި، ގޯލްކީޕަރު ކޭލޯ ނަވާސް އާއި، މައުރޯ އިކާޑީީގެ އިތުރުން މާކީނިއޯސް ވަނީ ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ.

ފްރާންސްގެ ގައުމީ ފުޓްބޯޅަ ޓީމުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެމްބާޕޭ ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށާއި، އެހެންކަމުން ފްރާންސުން އަމިއްލަ ގައުމުގައި މިރޭ ކްރޮއޭޝިއާއާ ދެކޮޅަށް ކުޅޭ މެޗުގައި އެމްބާޕޭއަށް ނުކުޅެވޭނެ ކަމަށެވެ. ނޭޝަންސް ލީގުގައި ހޮނިހިރު ދުވަހު ސްވިޑަން އާ ބައްދަލުކުރި މެޗު ފްރާންސްގެ ހަމައެކަނި ގޯލު ކާމިޔާބު ކޮށްދީފައިވަނީ 21 އަހަރުގެ އެމްބާޕޭއެވެ.

ޕީއެސްޖީގެ ހަތް ކުޅުންތެރިއަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު، މިދިޔަ އޮގަސްޓް މަހުގެ 21 ވަނަ ދުވަހު ފެށި ފްރެންޗް ލީގުގައި މިހާތަނަށް ޕީއެސްޖީން މެޗެއް ކުޅެފައެއް ނުވެއެވެ. ފްރާންސް އާ ކްރޮއޭޝިއާ ބައްދަލު ކުރާ މެޗު ކުޅޭނީ މިރޭ ރާއްޖެ ގަޑިން 11:45 ގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން