ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕް 2026 އަށް އިންޑިއާގެ ގައުމީ ފުޓުބޯޅަ ޓީމު ކުރިމަތިލާއިރު، މި ފަހަރުގެ މުބާރާތަކީ އެ ޓީމަށް ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހޭނެ މުބާރާތެކެވެ.
އިންޑިއާއިން މި މުބާރާތުގައި ތަށި ދިފާއުކުރުމަށް ނުކުންނަނީ ޓީމުގެ މުހިންމު އަދި ތަޖުރިބާކާރު ގިނަ ކުޅުންތެރިންތަކެއް ނުލައެވެ. މީގެ އިތުރުން، އިންޑިއާ ޓީމު ޑާކާއަށް އެތެރެވި ދުވަހު ހޮޓަލުން ކޮޓަރި ހަމަނުޖެހި، ކުޅުންތެރިން ހަތަރު ގަޑިއިރު ވަންދެން އިންތިޒާރުކުރަންޖެހުމުގެ ސަބަބުން ޓީމުގެ ތައްޔާރުވުންތަކަށް ވަނީ ބުރޫއަރާފައެވެ.
ނަމަވެސް، އަންޑަރ-23 ޓީމުގެ ކޯޗު ނައުޝާދު މޫސާއިރުޝާދުގެ ދަށުން އިންޑިއާއިން އަންނަނީ މުބާރާތަށް ވަރުގަދައަށް ތައްޔާރުވަމުންނެވެ.
މި ފަހަރުގެ މުބާރާތުގައި އިންޑިއާ ހިމެނޭ ގްރޫޕުގައި ވާދަކުރާ ޕާކިސްތާނާއި ދިވެހިރާއްޖެއަކީ ފީފާ ރޭންކިންގްގައި އިންޑިއާއަށްވުރެ ފަހަތުގައިވާ ދެ ގައުމެވެ. އިންޑިއާ ރޭންކިންގްގެ 138 ވަނައިގައި އޮތްއިރު، ޕާކިސްތާން އޮތީ 197 ވަނައިގައެވެ.
އަދި ދިވެހިރާއްޖޭގައި 2023 އިން 2025 އަށް ފަސްޓް ޑިވިޝަންގެ މެދުކެނޑިފައި އޮތުމުގެ ސަބަބުން އެ ޓީމަށްވެސް މާބޮޑު ކުރިއެރުމެއް ލިބިފައެއް ނުވެއެވެ. ނަމަވެސް، ފުޓުބޯޅައިގެ ތާރީހަށް ބަލާއިރު، ދަށް ރޭންކިންގްތަކުގައި ތިބޭ ޓީމުތަކުން ބޮޑެތި ޓީމުތައް ބަލިކުރުމަކީ ވަރަށް އާންމު ކަމެކެވެ.
ޚާއްޞަކޮށް ޑާކާގައި ބަންގްލަދޭޝްއިން 26 އަހަރަށްފަހު އިންޑިއާ ބަލިކުރި ހަނދާންތައް އަދިވެސް އާކޮށް ހުރުމާއެކު، އިންޑިއާއިން މި ދެ ގައުމާ ދެކޮޅަށް ކުޅޭ މެޗުތަކަށް ވަރަށް ބޮޑަށް ސަމާލުވާންޖެހެއެވެ.
ޕާކިސްތާން ޓީމަށް ބަލާއިރު، ކުރީގެ މަޝްހޫރު ކުޅުންތެރިޔާ ނޮލްބަރްޓޯ ސޮލާނޯ (ލިޓްލް މާސްޓަރ) ޓީމުގެ ކޯޗުކަމާ ހަވާލުވިފަހުން އެ ޓީމުގެ ކުޅުމަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. ޔޫރަޕްގެ ލީގުތަކުގައި ކުޅޭ ބައެއް ކުޅުންތެރިން ހިމެނޭ ޕާކިސްތާން ޓީމުން ވަނީ އެންމެ ފަހުން ކުޅުނު މެޗުތަކުގައި ރަނގަޅު ނަތީޖާތަކެއް ނެރެފައެވެ.
އަނެއްކޮޅުން ދިވެހިރާއްޖެއަކީ މީގެ ކުރިން ބަންގްލަދޭޝްގައި ކުޅުނު ސާފް މުބާރާތްތަކުގައި އިންޑިއާއަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިކުރުވި ޓީމެކެވެ. އެގޮތުން 2009 ވަނަ އަހަރާއި 2018 ވަނަ އަހަރުގެ މުބާރާތުގައިވެސް ރާއްޖެއިން ވަނީ އިންޑިއާ ބަލިކޮށްފައެވެ. ރާއްޖޭގެ ކޯޗު އިސްތުވާން އުރުބާނީގެ އިރުޝާދުގެ ދަށުން ނުކުންނަ ރާއްޖެ ޓީމަކީވެސް ސުރައިޒެއް ދީފާނެ ޓީމެކެވެ.
އިންޑިއާ ޓީމުގެ އެޓޭކުގައި މުހިންމު ދައުރެއް އަދާކުރާނީ މުމްބާއީ ސިޓީގެ ނޫފަލް ޕީއެން އާއ އެފްސީގެ މުހައްމަދު ސުހައިލްއެވެ.
މީގެ އިތުރުން މިޑްފީލްޑްގައި ސުރޭޝް ސިންގް ވާންޖަމް އާއި ފާރޫޚް ޗޫދަރީގެ ތަޖުރިބާގެ ބޭނުން އިންޑިއާއިން ހިފާނެއެވެ. ނަމަވެސް، ޓީމުގެ ދިފާއީ ރޭންކާއި ގޯލްކީޕަރުގެ މަގާމުގައި ތަޖުރިބާކާރު ކުޅުންތެރިން މަދުވުމަކީ އިދިކޮޅު ޓީމުތަކުން އޭގެ ފައިދާ ނަގާފާނެ ކަމެކެވެ.
ކޯޗު ނައުޝާދު މޫސާގެ ބެލުމުގެ ދަށުން އިންޑިއާއިން އިސްކަންދޭނީ އަވަސް ކައުންޓަރ އެޓޭކްތަކާއި ވިންގްތަކުން ކުރިއަށްޖެހިގެން ކުޅުމަށެވެ.
އިންޑިއާ ޓީމުގައި ކިތަންމެ މަދު ކުޅުންތެރިންތަކެއް ތިބި ކަމުގައިވީ ނަމަވެސް، ސަރަހައްދީ ފުޓުބޯޅައިގެ ރަސްކަން ދެމެހެއްޓުމަށް އެ ޓީމުން ކުރާ މަސައްކަތަށް އެއްވެސް ދޫދިނުމެއް ނޯންނާނެއެވެ. ނަމަވެސް، ޕާކިސްތާނާއި ދިވެހިރާއްޖެއިން މުބާރާތަށް ނުކުންނަނީ އިންޑިއާ ބަލިކުރުމުގެ ފުރިހަމަ އުއްމީދާއެކުގައެވެ. އެހެންކަމުން، އިންޑިއާއަށް މުބާރާތުގެ ގްރޫޕް ސްޓޭޖްގެ މެޗުތައް ފަސޭހައެއް ނުވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު