ހއ. ބާރަށު ފުޓްބޯޅަ ދަނޑު ތަރައްޤީ ކުރުމާއި، އެ އަތޮޅު ތުރާކުނު ފުޓްބޯޅަ ދަނޑުގައި ލައިޓިން ސިސްޓަމް ހަރުކޮށް ރޮސްޓްރަމް ހެދުމުގެ މަސައްކަތް ސަރުކާރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ.
މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަންގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ކުޅިވަރާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިޔުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޖަމްޝީދުއެވެ.
ބާރަށު ފުޓްބޯޅަ ދަނޑު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، އެރަށު ފުޓްބޯޅަ ދަނޑުގެ ސަބް-ބޭސް ތައްޔާރުކުރުމާއި، ޕިޗު ހެދުމާއި، ބައުންޑަރީ ފާރު ރޭނުމުގެ އިތުރުން ފެންސް ޖެހުމާއި، ލައިޓިން ސިސްޓަމް ހަރުކުރުމާއި ޓާފް އެޅުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް އެންޓީސީސީން ވަނީ ބުނެފައެވެ. ޖުމްލަ 13.64 މިލިއަން ރުފިޔާއަށް މި މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 200 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
ދިވެހި ތާރީޚާ ގުޅިފައިވާ، 2،147 މީހުންގެ އާބާދީއެއް އޮންނަ ބާރަށަކީ ފުޓްބޯޅައަށް ޚާއްޞަ ލޯތްބަކާއި ފޯރިއެއް އޮންނަ ޒުވާނުންތަކެއް ދިރިއުޅޭ ރަށެކެވެ. އެހެންކަމުން މި މަޝްރޫޢަކީ އެރަށުގެ ޒުވާނުންގެ އުންމީދުތަކާ ސީދާ ގުޅިފައިވާ މުހިންމު މަޝްރޫޢެއް ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.
ހަމައެއާއެކު، ރާއްޖޭގެ އެންމެ އުތުރުގައި އޮންނަ، 427 މީހުންގެ އާބާދީއެއް އޮންނަ ތުރާކުނުގެ ފުޓްބޯޅަ ދަނޑު ތަރައްޤީ ކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 7.82 މިލިއަން ރުފިޔާއަށެވެ. 250 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކުރި މި މަޝްރޫޢުގެ ދަށުން، ތުރާކުނު ފުޓްބޯޅަ ދަނޑުގައި ޒަމާނީ ލައިޓިން ސިސްޓަމް ހަރުކުރުމާއި، ރޮސްޓްރަމް ހެދުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި ދެ ރަށުގެ ފުޓްބޯޅަ ދަނޑު ޒަމާނީ ފެންވަރަށް ތަރައްޤީކުރެވިގެން ދިޔުމަކީ، ދެ ރަށުގެ ކުޅިވަރުގެ ދާއިރާއަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެއް ކަމަށާއި، މި މަޝްރޫޢުތައް ނިމުމުން، ރައްޔިތުންނަށާއި ޒުވާނުންނަށް ދުޅަހެޔޮ ޞިއްޙަތެއްގައި ދެމިތިބުމަށް މަގުފަހިވެ، އިޖުތިމާޢީ ގޮތުންނާއި ޞިއްޙީ ގޮތުން ގިނަގުނަ ފައިދާތަކަކާއި މަންފާތަކެއް ލިބިގެންދާނެ ކަމަށް ސްޕޯޓްސް މިނިސްޓްރީން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު