ޑެންމާކުގައި ހުންނަ އިސްރާއިލުގެ އެމްބަސީ ކައިރީގައި އަނެއްކާވެސް ގޮވުމެއް ގޮވައިފި އެވެ.

މީގެ ފަސް ދުވަސް ކުރިން ވެސް ހަމަ އެ އެމްބަސީގެ ކައިރީގައި ގޮވުމެއް ގޮވި އެވެ. އެ މައްސަލައިގައި ސްވީޑަންއަށް ނިސްބަތްވާ ދެ މީހަކު ހައްޔަރުވެސް ކުރިއެވެ.

މި ފަހަރު އަނެއްކާވެސް ގޮވުމެއް ގޮއްވާލީ ހަމާސްއިން އިސްރާއީލާ ދެކޮޅަށް މިދިޔަ އަހަރު އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހު ދިން ހަމަލާއަށް އެއް އަހަރު ފުރުމާ ދިމާކޮށްކަމަށް ބެލެވޭ ކަމަށް ޑެންމާކުން ބުނެއެވެ.

އަދި ކުރިން ދިން ހަމަލާއާ މި ފަހަރު ދިން ހަމަލާއާ ގުޅުމެއް އޮތްތޯވެސް ބަލަމުންދާ ކަމަށް ޑެންމާކުން ބުނެފައި ވެއެވެ.

މި ފަހަރުގެ ހާދިސާގައި ވެސް މާބޮޑު ގެއްލުމެއް ލިބިފައެއް ނުވެއެވެ، އަދި މީހަކަށް އަނިޔާވި ކަމެއް ވެސް އެނގިފައެއް ނުވެއެވެ.

ސްވީޑަންގެ އިންޓެލިޖެންސްއިން ބުނެފައިވާ ގޮތުގައި ޑެންމާކުގައި ދިން ދެ ހަމަލާއަކީ އިރާން އަޑީގައި އޮވެގެން ދިން ހަމަލާއެކެވެ.

އިރާނާ އިސްރާއިލާ ދެމެދު ގުޅުން ގޯސްވެ މިހާރު އޮތީ ދެންމެ ދެންމެ ހަނގުރާމައެއް ފެށޭ ހިސާބުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން