އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން، ފަލަސްތީނުގައި "ނިކަމެތިންގެ ޑޮކްޓަރު" ގެ ނަމުން މަޝްހޫރުވެފައިވާ އުމުރުން 71 އަހަރުގެ ޑޮކްޓަރު މާޒިން އަލް-ރަންތީސީ، ގާތްގަނޑަކަށް ހަތަރު މަސް ދުވަހުގެ ބަންދަށްފަހު މިނިވަންކޮށްފިއެވެ.
ޖަނޯތު ޖަލުން މިނިވަންކުރުމަށްފަހު ހެބްރޮން ގަވަރނަރޭޓަށް އޭނާ ފޮނުވާލުމުން، ނަގާފައިވާ ފޮޓޯތަކާއި ވީޑިއޯތަކުން އޭނާގެ މޫނުމައްޗާއި ހަށިގަނޑުން އަނިޔާކޮށް، ލާއިންސާނީ ގޮތްގޮތަށް ކަންތައްކޮށްފައިވާ ކަމުގެ ސާފު ނިޝާންތައް ފެންނަން ހުއްޓެވެ.
އިސްރާއީލުގެ ސިފައިން އަލް-ރަންތީސީ ހައްޔަރުކުރީ 2026 ވަނަ އަހަރުގެ ޖޫން މަހުގެ 21 ވީ ދުވަހުގެ ފަތިހުގެ ވަގުތެއްގައެވެ. އެއީ ވެސްޓް ބޭންކުގެ މެދުތެރޭގައިވާ ރާމަﷲގެ އަލް-ތީރާ އަވަށުގައި ހުންނަ އޭނާގެ ގެއަށް ވަދެގަނެ ހިންގި ރޭޑެއްގައެވެ.
ޖަލުގައި ބަންދުކޮށްފައި ހުރި ދުވަސްވަރު އަލް-ރަންތީސީ ވަނީ ސިއްހީ ގޮތުން ނުހަނު ދަތި އަދި ނުރައްކާތެރި ހާލަތްތަކާ ކުރިމަތިލާންޖެހިފައެވެ.
ބަންދުގައި ބެހެއްޓި ފުރަތަމަ ދުވަސްކޮޅު އޭނާ ކޮންމެހެން ކާންޖެހޭ އަސާސީ ބޭސްތައް ދިނުމަށް އިސްރާއީލުން ދެކޮޅު ހެދިއެވެ. އަދި އޭނާ ބޭސްފަރުވާއަށް އެދި ކުރި އިލްތިމާސްތަކަށް އެއްވެސް ސަމާލުކަމެއް ދީފައި ނުވާއިރު، މި ދުވަސްވަރު އޭނާގެ ބަރުދަނުން ބޮޑު ބައެއް ލުއިވެގެން ގޮސްފައިވާކަން ފާހަގަކުރެވިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު