އިސްރާއީލުގައި ބާއްވަން ހަމަޖެހިފައިވާ އިންތިޚާބާ ގުޅިގެން، އެ ޤައުމުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މަޤާމުން ވަކިކުރުމަށް އިސްރާއީލުގެ ކުރީގެ ބޮޑުވަޒީރު އިހުދް އޮލްމާޓް ވަނީ ގޮވާލައްވާފައެވެ.
"އަރަބް ވިއުސް" ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުން، އޮލްމާޓް ވަނީ ނަތަންޔާހޫގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، އެ ސިޔާސަތުތަކުގެ ސަބަބުން އިސްރާއީލުގެ ޤައުމީ މަސްލަހަތުތަކަށް ނުރައްކާތައް ކުރިމަތިވަމުންދާ ކަމަށް ހާމަކުރައްވާފައެވެ.
އަދި ސުލްހަ ޤާއިމުކުރެވޭނީ މަޝްވަރާތަކެއްގެ ތެރެއިން ދެ ދައުލަތުގެ ހައްލަކަށް ވާޞިލުވެގެން ކަމަށްވެސް އޭނާ ވަނީ ފާޅުކުރައްވާފައެވެ.
އޮލްމާޓް ފާހަގަކުރެއްވި ގޮތުގައި، އޮކްޓޯބަރު 7 ގައި ހަމާސްއިން ދިން ހަމަލާއިން ހާމަވެގެންދިޔައީ ނަތަންޔާހޫގެ ސިޔާސަތުތައް ނާކާމިޔާބުވެފައިވާ މިންވަރެވެ.
އަދި މިވަގުތު އިސްރާއީލުގެ އާންމުންގެ މެދުގައި ދެ ދައުލަތުގެ ހައްލާ މެދު ބޮޑު އިދިކޮޅުކަމެއް އޮތް ނަމަވެސް، ސުލްހަ ހޯދޭނީ ފަލަސްތީނުގެ އަމިއްލަ ނިންމުންތައް ނިންމުމުގެ ޙައްޤު ބަލައިގަނެގެން ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު