އިސްރާއިލުން ދިން ހަމަލާތަކުގައި ލުބްނާނުން މަރުވި މީހުންގެ އަދަދު 492އަށް އަރައިފި އެވެ.

އިސްރާއިލުން ޣައްޒާގައި ގަތުލު އާންމު ހިންގަން މިިދިޔަ އޮކްޓޫބަރު މަހުގެ އެއް ވަނަ ދުވަހު ފެށިފަހުން ލުބްނާންގެ ހިޒްބުﷲ ޖަމާއަތުން ވެސް ދިޔައީ ކޮންމެ ދުވަހަކުހެން ފަލަސްތީނުގެ މީހުންގެ ހައްގުގައި އިސްރާއިލަށް ހަމަލާތައް ދެމުން ނެވެ.

ނަމަވެސް އިސްރާއިލާ ހިޒްބުﷲ އާ ދެމެދު މި ފަހަަކާ ޖެހެންދެން ހަމަލާތައް ބަދަލުކުރަމުން ދިޔައީ އެހާ ވަރުގަދައަކަަށް ނޫނެވެ. އަދި އެ ހަމަލާތައް މައިގަނޑު ގޮތެއްގައި އަމާޒުވެސްކޮށްފައި އޮތީ ދެ ގައުމުގެ ބޯޑަރު ސަރަހައްދު ކައިރިއަށެވެ.

އެކަމަކު އިސްރާއިލުން ލުބްނާންގައި އެތައް ހާސް ޕޭޖަރުތަކެއް ގޮއްވާލި ހިސާބުން ހަމަލާތައް މިހާރު ވަނީ ހުޅުފަޅައިގެންގޮސްފަ އެވެ.

އިސްރާއިލުގެ ސިފައިން ބުނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ހިޒްބުﷲގެ ޓާގެޓްތަކަށް އަމާޒުކޮށް 650 އަށް ވުރެ ގިނަ ހަަމަލާ ދީފައިވާނެ ކަމަށެވެ.

ލުބްނާންގެ ހެލްތު މިނިސްޓްރީން ބުނީ އެ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 492 އަށް މިހާރު އަރާފައިވާ ކަމަށެވެ. އަދި 1645 މީހުން ޒަހަމްވެފައިވާ ކަމަށެވެ.

އިސްރާއިލުން ދެމުންދާ ހަމަލާތަކާ ގުޅިގެން އިރުމައްޗާއި ދެކުނު ލުބްނާނުންވެސް މިހާރު ވަނީ އެތައް ބަޔަކު ދޫކޮށް ދާން ފަށައިފަ އެވެ.

އަދި މީހުން ދޫކޮށްދާތީ ބޮޑު ޓްރެފިކެއް ވެސް ވަނީ އުފެދިފަ އެވެ.

އިސްރާއިލުން ލުބްނާންއަށް ދޭ ހަމަލާތައް އަމާޒުވަނީ ބޮޑަށް އާންމުންނަށެވެ. ނަމަވެސް އިސްރާއިލުން ބުނަނީ އެގޮތަށް ހަމަލާތައް އަމާޒުވަނީ އާންމުން ދިރިއުޅޭ ތަންތަނުގައި ހިޒްބުﷲއިން ހަތިޔާރު ރައްކާކޮށްފައި ހުންނާތީ ކަަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން