ލުބުނާނުގެ ވެރިރަށް ބެއިރޫތަށް އިސްރާއީލުން ދެމުންދާ ވަރުގަދަ ވައިގެ ހަމަލާތަކުގެ ސަބަބުން ބޮޑެތި އިމާރާތްތައް ބިމާ ހަމަވެ، އެތައް ބަޔަކު ގާފުނިތަކުގެ ދަށުވެފައިވާ މި ދަނޑިވަޅުގައި، އިންސާނިއްޔަތުގެ އާދަޔާ ހިލާފު މަންޒަރެއް ފެނިގެން ހިނގައްޖެއެވެ.
އިސްރާއީލުގެ މިސައިލް ހަމަލާއެއްގައި ފުނޑުފުނޑުވި އިމާރާތެއްގެ ދަށުން، އަމިއްލަ ފުރާނައަށް ބެލުމެއް ނެތި ބުޅަލެއް އޭތީގެ ދަރިފުޅު ސަލާމަތްކުރާ މަންޒަރު ފެންނަ ވީޑިއޯއެއް މިހާރު ވަނީ މުޅި ދުނިޔޭގެ ސަމާލުކަމަށް އައިސްފައެވެ.
މި ވީޑިއޯއިން ފެންނަނީ ބެއިރޫތުގެ ބައެއް ސަރަހައްދުތަކުގައި އިސްރާއީލުން ދިން ހަމަލާތަކުގެ ސަބަބުން ލިބުނު ބޮޑެތި ގެއްލުންތަކާއި، ގާފުނިތަކުގެ ތެރެއިން ބުޅަލެއް ސަލާމަތްކުރާ މަންޒަރެވެ.
ބިމާހަމަވެފައިވާ ގެއެއްގެ ގާފުނިތަކުގެ ތެރޭގައި ތާށިވެފައި އޮތް ކުޑަ ބުޅާ އަނގަޔަށް ލައިގެން ބޭރަށް ނެރެ، އޭގެ ރައްކާތެރިކަން ކަށަވަރު ކުރި މި މަންޒަރަކީ ހަނގުރާމައިގެ ބިރުވެރިކަމުގެ ތެރެއިން ފެނުނު ކެރުމާއި މައިވަންތަކަމުގެ ކުލުނުން ފުރިގެންވާ ވަރުގަދަ މިސާލެކެވެ.
މި ހާދިސާއާ ގުޅިގެން ގިނަ ބަޔަކު ދަނީ ލުބުނާނުގެ ސަރުކާރާއި ދުނިޔޭގެ ލީޑަރުންނަށް ފާޑުކިޔަމުންނެވެ. އާންމުން ބުނަމުންދަނީ، ގައުމުގެ ރައްޔިތުންނާއި ކުޑަކުދިން ހިމާޔަތްކުރުމުގައި ލުބުނާނުގެ ރައީސާއި، ބޮޑުވަޒީރު އަދި މުޅި ސަރުކާރު ނުކުޅެދިފައިވާ މި ދަނޑިވަޅުގައި، އެ ބުޅާ އޭތީގެ ދަރި ސަލާމަތްކުރަން އެ ދެއްކި ހިތްވަރު މާ ބޮޑު ކަމަށެވެ.
ގައުމުގެ އިސްވެރިންނަށްވުރެ އެ ބުޅަލުގެ ކެރުން މާ ގަދަ ކަމަށް ސިފަކުރަމުން، މީސްމީޑިއާގައި ގިނަ ބަޔަކު ވަނީ މި ހަނގުރާމައިގައި ނިކަމެތިވަމުންދާ ފުރާނަތަކަށް ރައްކާތެރިކަން ހޯދައިދިނުމަށް ދުނިޔޭގެ ލީޑަރުންނަށް ގޮވާލާފައެވެ.

Mother Cat has more courage than the President, the Prime Minister, and the entire Lebanese governing body.
— Bahjat Chaaraoui (@Chaaraoui3) April 21, 2026
Cat rescuing her baby! pic.twitter.com/j3ichEm2ke
މި ވީޑިއޯއިން ފެންނަނީ ބެއިރޫތުގެ ބައެއް ސަރަހައްދުތަކުގައި އިސްރާއީލުން ދިން ހަމަލާތަކުގެ ސަބަބުން ލިބުނު ބޮޑެތި ގެއްލުންތަކާއި، ގާފުނިތަކުގެ ތެރެއިން ބުޅަލެއް ސަލާމަތްކުރާ މަންޒަރެވެ.
ބިމާހަމަވެފައިވާ ގެއެއްގެ ގާފުނިތަކުގެ ތެރޭގައި ތާށިވެފައި އޮތް ކުޑަ ބުޅާ އަނގަޔަށް ލައިގެން ބޭރަށް ނެރެ، އޭގެ ރައްކާތެރިކަން ކަށަވަރު ކުރި މި މަންޒަރަކީ ހަނގުރާމައިގެ ބިރުވެރިކަމުގެ ތެރެއިން ފެނުނު ކެރުމާއި މައިވަންތަކަމުގެ ކުލުނުން ފުރިގެންވާ ވަރުގަދަ މިސާލެކެވެ.
މި ހާދިސާއާ ގުޅިގެން ގިނަ ބަޔަކު ދަނީ ލުބުނާނުގެ ސަރުކާރާއި ދުނިޔޭގެ ލީޑަރުންނަށް ފާޑުކިޔަމުންނެވެ. އާންމުން ބުނަމުންދަނީ، ގައުމުގެ ރައްޔިތުންނާއި ކުޑަކުދިން ހިމާޔަތްކުރުމުގައި ލުބުނާނުގެ ރައީސާއި، ބޮޑުވަޒީރު އަދި މުޅި ސަރުކާރު ނުކުޅެދިފައިވާ މި ދަނޑިވަޅުގައި، އެ ބުޅާ އޭތީގެ ދަރި ސަލާމަތްކުރަން އެ ދެއްކި ހިތްވަރު މާ ބޮޑު ކަމަށެވެ.
ގައުމުގެ އިސްވެރިންނަށްވުރެ އެ ބުޅަލުގެ ކެރުން މާ ގަދަ ކަމަށް ސިފަކުރަމުން، މީސްމީޑިއާގައި ގިނަ ބަޔަކު ވަނީ މި ހަނގުރާމައިގައި ނިކަމެތިވަމުންދާ ފުރާނަތަކަށް ރައްކާތެރިކަން ހޯދައިދިނުމަށް ދުނިޔޭގެ ލީޑަރުންނަށް ގޮވާލާފައެވެ.
ކިޔުންތެރިންގެ ހިޔާލު