އިޒްރޭލުގެ އިންޓެލިޖެންސް އެޖެންސީ އިން ގަތަރުގެ އަމީރު ތަމީމް ބިން ހަމަދް އަލް ޘާނީއަށް ބިރުދައްކައިފިއެވެ.

ގަތަރުގެ އަމީރަށް އިންޒާރު ދޭކަމަށް ދައްކާ އިޒްރޭލުގެ ވީޑިއޯގައި ހިބްރޫ ބަހުން ވާހަކަދައްކާ ފަރާތެއް ވަނީ އެމަނިކުފާނުގެ ސިއްރެއް ބޭޒާރު ކުރާނެ ކަމަށް އިންޒާރުދީފައެވެ. އަދި ގަތަރުގެ އަމީރު ހެދުމެއް ތުރުނުކުރައްވާ ހުންނަވާ ފޮޓޯ އެއްވެސް ޢާންމުކޮށްފައި ވެއެވެ.

ގަތަރާއި އިސްރާއީލުގެ ޚާރިޖީ ގުޅުން ގޯސްވީ ރަހީނު ކުރި މީހުންގެ އާއިލާތަކާއެކު ބޭއްވި ބައްދަލުވުމެއްގައި ގަތަރާއި އެމެރިކާއާ ބެހޭ ގޮތުން އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ ދައްކާފައިވާ ވާހަކަތައް ލީކުވުމުންނެވެ. އޭނާގެ އެ ވާހަކަ ވަނީ ކާކުކަން ނޭނގޭ މަސްދަރަކުން ލީކްކޮށްފައެވެ.

ލީކްވީ ވީޑިއޯގައި ނަތަންޔާހޫ ވަނީ ގަތަރުން ހަމާސްއާއި އިޒްރޭލާއި ދެމެދު ދެކެވެމުންދާ ރަހީނުން ބަދަލުކުރުމުގެ މަޝްވަރާތަކުގައި ނުބައި ދައުރެއް އަދާކުރާ ކަމަށް ބުނެފައެވެ. އެއާއި ގުޅުވައި އެމެރިކާއިން ވަނީ ގަތަރުގެ ދިފާއުގައި ވާހަކަވެސް ދައްކަވާފައެވެ.



ގަތަރުގެ އަމީރަށް އިންޒާރު ދޭ މި ވީޑިއޯގައި، އެއިންޒާރު ދެނީ އިސްރާއީލުން ކަމާއި، އަދި 24 ގަޑިއިރު ތެރޭގައި އިންޒާރު ދެނީ ކޮންބައެއްކަމާއި، އެމީހުންގެ "ޤަތާރީ ޕްރޮޖެކްޓު" އެނގިގެން ދާނެކަމަށް ވެސް ބުނެފައި ވެއެވެ.

7 އޮކްޓޫބަރުގައި ފަލަސްތީނުގެ މިނިވަންކަމަަށް މަސައްކަތްކުރާ ހަމާސްއިން ވަނީ އިޒްރޭލުގެ ބިމުން 200 ވަރަކަށް މީހުން ރަހީނުކޮށްފައެވެ. އެމީހުން މިނިވަންކުރުމަށް ގަތަރުން އިސްނަގައިގެން ދެ ފަރާތާއި ކުރެވުނު މަޝްވަރާގެ ތެރެއިން 50 އަށްވުރެއް ގިނަ ރަހީނުން މިހާތަނަށް ވަނީ މިނިވަން ކޮށްފައެވެ. އެގޮތުން މިހާރު ހަމާސްގެ ބެލުމުގެ ދަށުގައި ތިބީ 136 ރަހީނުން ކަމަށް ރިޕޯޓުތައް ބުނެއެވެ.

ނަތަންޔާހޫގެ ވާހަކަތަކަކީ ރަހީނުން މިނިވަންކޮށް ސުލްހައިގެ މަޝްވަރާތައް ހުއްޓުވަން އޭނާ މަސައްކަތްކުރާ ކަމުގެ ހެކި ކަމަށް ގަތަރުން ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން