އިންޑިއާގެ އަންހެނަކު އޭނާއާއި އެއްބަނޑު އެއްބަފާ ފިރިހެނެއްގެ ފުރާނަ ސަލާމަތްކުރުމަށް އަމިއްލަ ކިޑްނީ ހަދިޔާކުރީތީ އައި ރުޅިގައި އޭނާގެ ފިރިމީހާ އޭނާއާއި ތިންފަށްވަރިޔަކުން ވަރިކޮށްފިއެވެ.

އުއްތަރް ޕްރަދޭޝްގެ ބައިރިޔާހީ ސަރަހައްދުގައި ދިރިއުޅޭ މި އަންހެންމީހާގެ ފިރިމީހާ މަސައްކަތްކުރަނީ ސައުދީ އަރަބިއްޔާގައެވެ. މުސްލިމް އާއިލާއަކަށް ނިސްބަތްވާ އެ ފިރިހެންމީހާ އެއްފަހަރާއި ތިންފަށް ވަރިކުރީ އަންހެންމީހާ އޭނާގެ ކިޑްނީ ޑޮނޭޓްކުރިކަން އަންގަން މެސެޖެއް ކުރިފަހުންނެވެ.

ފިިރިހެންމީހާގެ އެ އަމަލާއި ގުޅިގެން އެ އަންހެންމީހާ ވަނީ އެކަން ފުލުހުންނަށް ރިޕޯޓްކޮށްފައެވެ. ތިން ފަށް ވަރިކުރުމަކީ އިސްލާމްދީނުން ބާރު އަޅާ ކަމެއް ނޫނެވެ.

އިންޑިއާގައި ތިން ފަށް ވަރިކުރުމަކީ 2019 ވަނަ އަހަރުން ފެށިގެން ޤާނޫނީ ކުށެކެވެ. އެކަމުގެ އަދަބެއްގެ ގޮތުގައި ތިންފަށްވަރި ކުރާ ފިރިހެނުންގެ މައްޗަށް 3 އަހަރުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް އިންޑިއާގެ ޤާނޫނު އަސާސީގައި ބުނެފަވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން