އެމެރިކާގެ ވާޖީނިއާގެ މެނަސަސް ޕާކް ކޯޓުގައި ކުރިއަށްދާ ޝަރީޢަތުގެ އަޑުއެހުމެއްގައި، އޭނާގެ އަނބިމީހާ މަމްތާ ކަފްލޭ މަރާލި ކަމުގެ ތުހުމަތުކުރެވޭ އިންޑިއާގެ ރައްޔިތެއް ކަމަށްވާ ނަރޭޝް ބަޓް، ކޯޓުގައި އާދަޔާޚިލާފު ބަޔާނެއް ދީފިއެވެ.
2024 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން ޚަބަރެއް ނުވެ ގެއްލިފައިވާ މަމްތާގެ މަރުގެ މައްސަލައިގައި ވާހަކަދައްކަމުން ނަރޭޝް ބުނެފައިވަނީ، އޭނާގެ އަނބިމީހާ މަރުވީ އަމިއްލައަށް ކަމަށެވެ. އަދި އޭގެ ފަހުން އޭނާގެ ހަށިގަނޑު ބުރިބުރިކޮށް، ކުނި ކޮތަޅުތަކަކަށް އަޅައިގެން އެއްލާލި ކަމަށް އޭނާ ވަނީ ޝަރީޢަތުގެ މަޖިލީހުގައި އިޢުތިރާފުވެފައެވެ.
ހެކިބަސް ދެމުން ނަރޭޝް ބުނި ގޮތުގައި، 2024 ޖުލައި 30 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި އޭނާއަށް ހޭލެވުނުއިރު، މަމްތާ އޮތީ އެއްވެސް ޙަރަކާތެއް ނެތި ކޮޓަރީގެ ތަޅުންގަނޑު މައްޗަށް ވެއްޓިފައެވެ. އަދި އޭނާގެ ކައިރީގައި ބޭހާއި ކެމިކަލް ފުޅިތަކެއް ހުރުމުން، މިއީ އަމިއްލައަށް ފުރާނަ ދުއްވާލުމަށް ކޮށްފައިވާ ކަމެއް ކަމަށް ބެލެވުނު ކަމަށްވެސް އޭނާ ބުންޏެވެ. އެ ވަގުތު އިންތިހާއަށް ބިރުގަނެ ހާސްވުމުގެ ސަބަބުން، ކުއްލި ޙާލަތްތަކުގައި ގުޅާ އެމަޖެންސީ ނަންބަރަށް ގުޅުމުގެ ބަދަލުގައި، ހަދާނެ ގޮތް ހުސްވި ކަމަށް ނަރޭޝް ބުންޏެވެ.
ދަޢުވާލިބޭ ނަރޭޝް އިތުރަށް ބުނެފައިވަނީ، އަނބިމީހާގެ ހަށިގަނޑު ފޮރުވުމުގެ ބޭނުމުގައި ކީހެއް ބޭނުންކޮށްގެން ހަށިގަނޑު ކުދިކޮށް ކޮށުމަށްފަހު، ގޭގައި ހުރި ކުނި ކޮތަޅުތަކަކަށް އަޅައި އެކި ސަރަޙައްދުތަކަށް އުކާލީ ކަމަށެވެ.
ނަމަވެސް، ދަޢުލަތުގެ ޕްރޮސެކިއުޓަރުން ވަނީ ނަރޭޝްގެ މި ވާހަކަތައް ދޮގުކޮށް، މިއީ ޙަޤީޤަތް އޮޅުވާލުމަށް ދައްކާފައިވާ މަކަރުވެރި ވާހަކަތަކެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.
މި މައްސަލައިގައި ޕްރޮސެކިއުޓަރުން ފާހަގަކުރެއްވި ގޮތުގައި، ގޭތެރެއިން ފެނުނު ލޭގެ ނިޝާންތަކާއި، ކީހުން ފެނުނު ޑީއެންއޭގެ އިތުރުން ފޮރެންސިކް ހެކިތަކަށް ރިޢާޔަތްކޮށް، ނަރޭޝްގެ މައްޗަށް ވަނީ ގަސްދުގައި މީހަކު މެރުމުގެ ކުށުގެ (ފަސްޓް ޑިގްރީ މާޑަރ) ދަޢުވާއާއި، މައްޔިތެއްގެ ކަރާމާތް ގެއްލުވާލައި ހަށިގަނޑަށް ގެއްލުންދިނުމުގެ ދަޢުވާގެ އިތުރުން މައްޔިތެއްގެ ހަށިގަނޑު ފޮރުވުމުގެ ކުށުގެ ދަޢުވާ އުފުލާފައެވެ.

ކިޔުންތެރިންގެ ހިޔާލު