ޣައްޒާ ސިޓީގެ އަލް-ޝިފާ ހޮސްޕިޓަލްގެ އައިސީޔޫގައި ތިބި ހުރިހާ ބަލިމީހުން މަރުވެއްޖެ ކަމަށް ފަލަސްތީންގެ ހެލްތު މިނިސްޓްރީން ބުނެފިއެވެ.

އަލް-ޝިފާ ހޮސްޕިޓަލްގެ ޑޮކްޓަރަކު ބުނީ އެ ހޮސްޕިޓަލްގައި މަރުވެފައިވާ 100 ވަރަކަށް މީހުން އެބަތިބި ކަމަށާއި އެ މައްޔިތުން ވަޅުލާނެ ގޮތެއްވެސް ނެތް ކަމަށެވެ.

އަލް-ޝިފާ ހޮސްޕިޓަލަަކީ ޣައްޒާގައި ހުރި އެންމެ ބޮޑު ހޮސްޕިޓަލެވެ. އިޒްރޭލުން ޝިފާ ހޮސްޕިޓަލަށް ހަމަލާތައް އަމާޒުކުރަނީ އެތަނަކީ ފަލަސްތީންގެ މިނިވަންކަމަށް މަސައްކަތްކުރާ، ހަމާސް ޖަމާއަތުގެ އަސްކަރީ މަރުކަޒެއް ކަމަށް ބުނެއެވެ.

އިޒްރޭލުން ދަނީ ޣައްޒާގެ އެކި ހޮސްޕިޓަލްތަކަށް ހަމަލާ ދެމުންނެވެ. އަދި ނިރުބަވެރި އިޒްރޭލުގެ ސިފައިން ވަނީ ޝިފާ ހޮސްޕިޓަލުން ކަރަންޓު ކަނޑާލައިފައެވެ. އަދި އެހެން ގިނަ ހޮސްޕިޓާތައްވެސް ވަނީ އެ ހާލަތުގައެވެ.

ފަލަސްތީނުގެ ސިއްހަތާއި ބެހޭ ވުޒާރާއިން ބުނީ އަލް-ޝިފާ ހޮސްޕިޓަލްގައި ތިބި ހުރިހާ އެނދުތައް މިވަގުތު ވަނީ ހަނގުރާމައިގައި އަނިޔާވީ ބަލި މީހުން އެޑްމިޓްކޮށް ފުރިފައި ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު