ރައީސުުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް އާއި އެމްޓީސީސީގެ އެމްޑީ އާދަމް އާޒިމް
ރައީސުުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް އާއި އެމްޓީސީސީގެ އެމްޑީ އާދަމް އާޒިމް
ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގެ ތަރައްޤީގެ ސްޕީޑް ލަސްކަމަށް ބުނެ ފާޑު ކިޔަމުންދާ ފަރާތްތަކަށް އެންމެ ރަނގަޅު ރައްދެއްދެމުން ގެންދަނީ ސަރުކާރުގެ ތަރައްޤީގެ މަޝްރޫޢުތައް ހިންގާ މައި ކުންފުނި އެމްޓީސީސީން ކަމާމެދު ޝައްކެއް ނެތެވެ. ދިވެހި ސަރުކާރާއި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ވަޢުދުތަކުގެ ތެރެއިން، ޤައުމުގެ ޢުމްރާނީ ތަރައްޤީގައި ހިމެނޭ ފަޅުފުންކުރުމާއި، ބިންހިއްކުމާއި، ދަތުރުފަތުރާއި ގުޅުންހުރި މައިގަނޑު އެންމެހައި މަޝްރޫއުތަށް ފުރިހަމަ ކުރުމަށް އެންމެ ބޮޑަށް ބަރޯސާވެފައި ވަނީ އެމްޓީސީސީއަށެވެ.


އެމްޓީސީސީގެ ލީޑަޝިޕަށް ރައީސް ޞާލިޙް 2020 ވަނަ އަހަރުގެ ޖެނުއަރީ 21 ގައި ގެންނެވި ބަދަލާއެކު، ކުންފުނީގެ ހިންގުން ހަރުދަނާކޮށް، ކުންފުނީގެ ޚަރަދުތަށް ކުޑަކޮށް އޭގެ ފޮނި ނަތީޖާ އެމްޓީސީސީގެ ޓީމުން ދަނީ ކުންފުނީގެ މާލީ ނަތީޖާއިން ދައްކަމުންނެވެ. އެގޮތުން އެޅި ހަރުދަނާ ފިޔަވަޅުތަކާއި އެކު އެމްޓީސީސީން ދަނީ ކުންފުނީގެ ތާރީޚުގައި މިހާތަނަށް ނުނެރެވޭ ވަރުގެ ރަނގަޅު މާލީ ނަތީޖާތަކެއް މެނޭޖިންގ ޑިރެކްޓަރ އާދަމް އާޒިމްގެ މާލިމީކަމުގެ ދަށުން ޙާސިލްކުރަމުންނެވެ.

ސަރުކާރުގެ ތަރައްޤީގެ މައި އިންޖީނު ކަމަށްވާ އެމްޓީސީސީގެ ޙަޔާތުން 41 އަހަރު ކަޑައްތު ކޮށްފައިވާއިރު ކުންފުނީގެ މިސްރާބު މިހާރު ހުރީ ޒަމާނީ ޓެކްނޮލޮޖީ ރާއްޖެއަށް ތަޢާރަފްކޮށް ސަރުކާރުގެ ތަރައްޤީގެ މަޝްރޫޢުތައް އިތުރަށް ހަލުވި ކުރުމަށް މަސައްކަތް ކުރުމަށެވެ. އެމްޓީސީސީ އަކީ ދިވެހިރައްޔިތުންގެ ކުންފުންޏެކެވެ. އެ ކުންފުނީގެ މަޤްޞަދަކީ ދިވެހި ރައްޔިތުންނަށް ބޭނުންވާ ޢުމްރާނީ ވަސީލަތްތައް ޤާއިމުކޮށްދީ ރަށްވެހި ތަހުޒީބު ދިވެހި ރައްޔިތުންނަށް ފޯރުކޮށް ދިނުމެވެ. ރައީސް ޞާލިޙްގެ މި ދައުރުގައި ވެވަޑައިގެންފައިވާ ވަޢުދުތަކުގެ 70 އިންސައްތަ މަސައްކަތް ފުރިހަމަ ކުރުމުގެ ޒިންމާ މަތިވެފައިވަނީ އެމްޓީސީސީއަށެވެ.

އެމްޓީސީސީ އަކީ ދިވެހި ރައްޔިތުންގެ ކުންފުންޏަކަށް ވާއިރު، ރައީސް ޞާލިޙްގެ މި ސަރުކާރުގައި އެ ކުންފުންޏާއި ޙަވާލުކުރި މަޝްރޫޢުތަކާއެކު މިވަގުތު އެ ކުންފުނީގެ މަޝްރޫޢެއް ނުހިންގާ އެންމެ އަތޮޅެއްވެސް ރާއްޖޭގައި ނެތެވެ. އެމްޓީސީސީން ނިންމަމުންދާ ތަރައްޤީގެ މަސައްކަތްތަކާއެކު ޤައުމީ ތަރައްޤީގެ ގަސް ރޯޝަން ވެފައިވާއިރު ކައިރި މުސްތަޤްބަލެއްގައި އިތުރު މަޝްރޫޢުތައް ނިމި އެކަމުގެ ލުއި ފަސޭހަކަމާއި، ހިތްހަމަޖެހުން ދިވެހި ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް އެ ކުންފުނިން އުއްމީދު ކުރެއެވެ.

ކޯވިޑް-19 އާ ގުޅިގެން ދިވެހި ރާއްޖޭގެ އިޤްތިޞާދަށް ކުރިމަތިވެފައިވާ ހީނަރުކަމާ އެކުގައިވެސް ފަހަތު ފަޔަށް ބުރަނުވެ އެމްޓީސީސީން ދަނީ ރައީސް ޞާލިޙް ދިވެހި ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ރަނުން ރަނަށް ފުއްދައިދިނުމަށް މެދުކެނޑުމެއްނެތި ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. ކުންފުނީގެ ހުރިހާ ހަކަތައެއް މިވަގުތުވެސް ބޭނުން ކުރަމުންދަނީ ދިވެހިން އެދޭ ތާހިރު، ތަމައްދުނާއި ތަހުޒީބުގެ މާރީތި ދިވެހިރާއްޖެ ދިވެހިންނަށް ހޯދައި ދިނުމަށެވެ. އެގޮތުން މިވަގުތުވެސް އެކުންފުނިން ދަނީ އެއްފަހަރާ 94 މަޝްރޫޢެއްގައި ޙަރަކާތްތެރިވަމުންނެވެ.

އެމްޓީީސީީސީގެ ކާމިޔާބު މަސައްކަތާއެކު ރައީސް ޞާލިޙްގެ ތަރައްޤީ ފަތުއަޑުކިޔާފައި މެކުހަށް ޖަހާފައިވާއިރު ހަގީގަތުގައި ވެސް އިދިކޮޅު ފަރާތްތަކުން މި ސަރުކާރުގެ ތަރައްގީ "ސްލޯކަމަށް" ބުނަނީ އެމްޓީސީސީގެ "އަތުފަތުނުޖެހޭ ސްޕީޑް"ގެ ސަބަބުން އެ ކުންފުނިން ކުރަމުން ގެންދާ މަސައްކަތްތައް ނުފެންނާތީކަމަށް ވެދާނެއެވެ. އެމްޓީސީސީގެ މަސައްކަތްތައް މިހިރަ ސްޕީޑަށް ބަލާއިރު ރައީސް ޞާލީހްގެ ހަމަ ހުރިހާ ވަޢުދެއް ރަނުން ރަނަށް ފުއްދޭނެ ކަމާއިމެދަކު ޝައްކު ކުރާނެ ކުޑަވެސް ޖާގައެއް ނެތެވެ.

ކިޔުންތެރިންގެ ހިޔާލު