ހުކުރު ދުވަހު ރިލީޒްކުރި ފިލްމު "ސޫރިޔަވަންޝީ" ގައި ހިމެނޭ އަކްޝޭ ކުމާރާއި ކެޓްރީނާ ކައިފް ފެނިގެންދާ ލަވަ "ޓިޕް ޓިޕް" އާންމުކޮށް ރިލީޒްކޮށްފިއެވެ.

މި ލަވަ އަކީ 1994 ވަނަ އަހަރު ނެރުނު ފިލްމު "މޮހްރާ" ގައި އަކްޝޭއާއި ރަވީނާ ޓަންޑަން ވާރޭގެތެރޭގައި ކުޅެފައިވާ ލަވައިގެ އާ ވާޝަނެކެވެ. އެގޮތުން ކުރީގެ ލަވައާ އެއްގޮތަށް މިފަހަރު ރިލީޒްކުރި މި ލަވަ ވެސް ބެލުންތެރިންގެ ހިތްތަކާ ކުޅެލާނެފަދަ ހިތްގައިމު ލަވައަކަށް ވެގެންދާނެ ކަމަށް ބެލެވެއެވެ.

މި ފަހަރުގެ ލަވަ ފަރާ ޚާން ކޮރިއޯގްރާފް ކޮށްދީފައިވާއިރު، މި ލަވައިން ދައްކުވައިދެނީ އަކްޝޭއާއި ކެޓްރީނާގެ "ޕާފެކްޓް ކެމިސްޓްރީ" ކަމަށް އިންޑިއާގެ މީޑިއާތަކުން ބުނެއެވެ.

މި ލަވަ ކިޔާފައި ވަނީ އުދިތު ނާރަޔަން އާއި އަލްކާ ޔަގްނިކެވެ. ލަވައިގެ މިއުޒިކް ހަދާފައިވަނީ ތަނިޝްގް ބަގްޗީއެވެ.

ރޯހިތު ޝެޓީ ޑައިރެކްޓް ކޮށްފައިވާ "ސޫރިޔަވަންޝީ" އަށް ބޮޑު ތަރުހީބެއް ލިބެމުންދާއިރު، މި ފިލްމުގައި ހިމެނޭ ލަވަތަކަށް ވެސް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ.

އެގޮތުން މި ފިލްމަކީ 2010 ވަނަ އަހަރު އަކްޝޭ އާއި ކެޓްރީނާ ކުޅުނު "ތީސް މާރު ޚާން" އަށް ފަހު ދެތަރީން އެކުގައި ފެންނަ ފުރަތަމަ ފިލްމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން