ސައިރިކްސް ރިކްރިއޭޝަން ކްލަބްގެ ޗެއަރމަން އަޙްމަދު ޝަރީފް (ކ)
ސައިރިކްސް ރިކްރިއޭޝަން ކްލަބްގެ ޗެއަރމަން އަޙްމަދު ޝަރީފް (ކ)
ބެޑްމިންޓަން އެސޯސިއޭޝަނުން އިއްޔެ ފެށި ބީއޭއެމް މިކްސް ޗެމްޕިއަންޝިޕުގައި އަލަށް ވާދަކުރާ ސައިރިކްސް ރިކްރިއޭޝަން ކްލަބަކީ ކުރިމަގުގައި ބެޑްމިންޓަނުގައި ވަރުގަދަ ޓީމަކަށް ހަދާނެ ކަމުގައި ކްލަބްގެ ޗެއާމަން އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ކޮލެޖް/ޔުނިވަރސިޓީ ކުޅިވަރު މުބާރާތްތަކުގައިވެސް ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ ސައިރިކްސް ކޮލެޖްގެ ވެރިޔާ ޝަރީފް ވިދާޅުވީ މިއީ ފެށުމެއް ކަމަށާއި ކައިރި މުސްތަގްބަލެއްގައި ބެޑްމިންޓަނުގެ ގިނަ ހަރަކާތްތަކެއްގައި ކްލަބް ބައިވެރިވާނެ ކަމަށެވެ.



"އަޅުގަނޑުމެންގެ އެބައޮތް ވަރަށް ރަނގަޅު ޕްލޭނެއް. މުބާރާތްތަކުގައި ވާދަކުރެވޭ ވަރުގެ ރަނގަޅު ޓީމެއް ނެރުމުގެ އިތުރުން ކުޅުންތެރިން ތަމްރީންކޮށް އާ ކުޅުންތެރިން އުފެއްދުމަށްވެސް ޕްރޮގްރާމްތަކެއް ފެށިގެންދާނެ." ޝަރީފް ވިދާޅުވިއެވެ.



ބެޑްމިންޓަނަށް ކުޑަކުދިންނާއި ޒުވާނުންނާއި އަންހެން ކުޅުންތެރިން އިތުރަށް ޝައުގުވެރި ކުރުމަށާއި މި ކުޅިވަރު ކުރިއެރުވުމަށް ސައިރިކްސް ރިކްރިއޭޝަން ކްލަބުން މިހާރުވެސް ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ކުޑަކުދިންނަށް ކުޅެން ދަސްކޮށްދިނުމުގެ ޕްރޮގްރާމްގެ އިތުރުން ތަޖުރިބާކާރު ކޯޗުންގެ އެހީގައި އަތޮޅުތެރޭގެ ކުޅުންތެރިންނަށް ތަމްރީން ދިނުމާއި ވާދަވެރި މެޗުތައް ކުޅުމަށް ފުރުސަތު ހޯދައިދިނުމަށާއި އާންމުކޮށް ހުޅުވާލައިގެން ބެޑްމިންޓަން މުބާރާތެއް ބޭއްވުމުގެ މަސައްކަތް ކްލަބުންވަނީ ފަށާފައެވެ. އަދި ކްލަބްގެ މި ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތުވަނީ އާންމުކޮށް ހުޅުވާލާފައެވެ.








ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން