އާލިޔާ ލަތީފް
އާލިޔާ ލަތީފް
އުމުރުން އެންމެ 9 އަހަރުގެ އާލިޔާ ލަތީފް ގައުމީ ސާފިން މުބާރާތް ކަމަށްވާ ރަންނަމާރި ޗެލެންޖުގެ އަންހެން ބައިގެ ޗެމްޕިއަންކަން ހޯދައި ތާރީޚީ ކާމިޔާބީއެއް ހާސިލުކޮށްފިއެވެ.

އޭނާ މި ކާމިޔާބީ ހާސިލްކޮށްފައިވަނީ ރާއްޖޭގެ އެންމެ ކާމިޔާބު އަންހެން ސާފަރު، އާޔާ ނަސީމާ ވާދަކޮށް ބަލިކުރުމަށްފަހުގައެވެ.

ފައިނަލް ހީޓުގައި 11.83 ގެ މޮޅު ސްކޯއަކާއެކު އާލިޔާ މުބާރާތް ކާމިޔާބުކުރިއިރު، އާޔާއަށް ލިބުނީ 5.23 ގެ ސްކޯއެކެވެ.

މިއާއެކު އާލިޔާ ވެގެން ގޮސްފައިވަނީ ރާއްޖޭގެ ސާފިން މުބާރާތެއް ކާމިޔާބުކުރި އެންމެ ހަގު އަންހެން އެތުލީޓަށެވެ.

މީގެ ކުރިން އޭނާ ވަނީ މިދިޔަ އަހަރު ޖޫނިއާ އަންހެން ޗެމްޕިއަންކަން ހޯދުމުގެ އިތުރުން، މިއަހަރު ލަންކާގައި ބޭއްވި ބައިނަލްއަގްވާމީ މުބާރާތަކުން ވެސް ރަން މެޑަލް ހޯދާފައެވެ.



ކިޔުންތެރިންގެ ހިޔާލު