މާލެ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ކަސްޓަމަރުންނަށް އަވަސް އަދި އިތުބާރުހުރި ޚިދުމަތެއް ދިނުމުގެ މަޤްޞަދުގައި އެ ކުންފުނީގެ ކަސްޓަމާ އީ-ޕޯޓަލް އައު ފީޗާތަކާއެކު އަލުން ތަޢާރަފުކޮށްފިއެވެ.
ސަރުކާރުގެ ވަންގަވް ޕްލެޓްފޯމާއި އީފާސް ނިޒާމާ ގުޅުވާލައިގެން ގެނެވުނު މި އަޕްގްރޭޑާއެކު، ކަސްޓަމަރުންނަށް އެ މީހުންގެ އީފާސް އެކައުންޓް މެދުވެރިކޮށް ޕޯޓަލަށް ލޮގިންވެ، އަމިއްލަ ޕްރޮފައިލެއް ހެދުމަށްފަހު ކުންފުނީގެ އެކި ޚިދުމަތްތަކަށް ފަސޭހަކަމާއެކު އެދެވޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ.
29 ނޮވެމްބަރު 2026 އިން ފެށިގެން އާންމުންނަށް ބޭނުންކުރެވޭ ގޮތަށް ހުޅުވާލާ މި އައު ޕޯޓަލަށް ކަސްޓަމަރުން އަހުލުވެރިކުރުވުމުގެ ގޮތުން، ޕޯޓަލް ބޭނުންކުރާނެ ގޮތުގެ ޓިއުޓޯރިއަލް ވީޑިއޯތައް އެމްޑަބްލިއުއެސްސީގެ ސޯޝަލް މީޑިއާ މަންސަތަކުގައި ހިއްސާކުރުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން، މި ޚިދުމަތް ހޯދުމުގައި އެއްވެސް ދަތިކަމެއް ދިމާވެއްޖެ ނަމަ، އެ ކުންފުނީގެ ހޮޓްލައިން ނަންބަރު 1575 އަށް ގުޅުމުން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށްވެސް އެމްޑަބްލިއުއެސްސީން މަޢުލޫމާތު ދެއެވެ.

We are making your ePortal experience even better!
— Male' Water and Sewerage Company Pvt. Ltd. (@MWSC_Official) November 28, 2026
The upgraded MWSC ePortal is now live in its testing phase. We invite you to explore the new version as we continue to refine and enhance your experience.
Should you require any assistance or further information, our team is… pic.twitter.com/gJNmlmF3qU
29 ނޮވެމްބަރު 2026 އިން ފެށިގެން އާންމުންނަށް ބޭނުންކުރެވޭ ގޮތަށް ހުޅުވާލާ މި އައު ޕޯޓަލަށް ކަސްޓަމަރުން އަހުލުވެރިކުރުވުމުގެ ގޮތުން، ޕޯޓަލް ބޭނުންކުރާނެ ގޮތުގެ ޓިއުޓޯރިއަލް ވީޑިއޯތައް އެމްޑަބްލިއުއެސްސީގެ ސޯޝަލް މީޑިއާ މަންސަތަކުގައި ހިއްސާކުރުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން، މި ޚިދުމަތް ހޯދުމުގައި އެއްވެސް ދަތިކަމެއް ދިމާވެއްޖެ ނަމަ، އެ ކުންފުނީގެ ހޮޓްލައިން ނަންބަރު 1575 އަށް ގުޅުމުން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށްވެސް އެމްޑަބްލިއުއެސްސީން މަޢުލޫމާތު ދެއެވެ.
ކިޔުންތެރިންގެ ހިޔާލު