ދިވެހިރާއްޖޭގައި އިސްލާމީ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން އިންޓަނޭޝަނަލް ރިއަލް އެސްޓޭޓް ނުވަތަ ހޮލިޑޭ ހޯމްސް ފަދަ މަޝްރޫޢުތައް ތަރައްޤީކޮށް ކުރިއަށް ގެންދިއުމަށް ޢަދާލަތު ޕާޓީން ތާޢީދުކޮށްފިއެވެ.
އެ ޕާޓީން މީސްމީޑިއާގައި ހާމަކުރި ބަޔާނެއްގައި ބުނެފައިވަނީ، އިސްލާމީ ހަމަތަކުގެ މަތިން މިފަދަ ހޮލިޑޭ ހޯމްސް މަޝްރޫޢުތައް ރާއްޖޭގައި ހިންގުމަކީ، ޤައުމުގެ އިޤްތިޞާދު ސިންދަފާތުކޮށް، ވިލުންތެރި އިޤްތިޞާދެއް ބިނާކުރުމަށް ވަރަށް ބޮޑަށް މަގުފަހިވެގެންދާނެ ކަމެއް ކަމަށެވެ.
ނަމަވެސް، ރާއްޖޭގައި ބޭރުގެ ފަރާތްތައް ދިގު މުއްދަތަކަށް ދިރިއުޅޭ ވަކި ޚާއްޞަ ސަރަޙައްދުތަކެއް އުފެދޭ ގޮތަށް އެއްވެސް މަޝްރޫޢެއް ކުރިއަށްގެންދިއުމާ މެދު އެ ޕާޓީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ޢަދާލަތު ޕާޓީން ބުނީ، އެފަދަ ގޮތަކަށް ކަންކަން ރޭވިގެން ގޮސްފިނަމަ، ރާއްޖޭގެ ދީނީ އެއްބައިވަންތަކަމަށާއި، ޢާއްމު މަސްލަޙަތަށާއި، ދިވެހި ޘަޤާފަތުގެ އިތުރުން ޤައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް ވެސް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެގެންދާނެ ކަމަށެވެ.
އެހެންކަމުން، ބޭރު މީހުން ދިގު މުއްދަތަށް ވަޒަންވެރިވާ ގޮތަށް އެއްވެސް މަޝްރޫޢެއް ކުރިއަށް ނުގެންދިއުމަށް އެ ޕާޓީން ވަނީ ސަރުކާރަށް އިލްތިމާސް ކޮށްފައެވެ.
އޭގެއިތުރަށް އެ ޕާޓީން ބުނީ، ރާއްޖޭގައި އިންޓަރނޭޝަނަލް ރިއަލް އެސްޓޭޓް މަޝްރޫޢުތައް ކުރިޔަށް ގެންދަންވާނީ ބޭރު މީހުން ވަޒަންވެރިވާ ވަކި ސަރަޙައްދުތަކެއް އުފެއްދުމުގެ ބަދަލުގައި، އެފަދަ ފަރާތްތަކުން ހަމައެކަނި ޗުއްޓީ ހޭދަކުރުމަށް ބޭނުންކުރާނެ 'ހޮލިޑޭ ހޯމްސް' ފަދަ ވަސީލަތްތައް ތަރައްޤީކުރުމަށް އަމާޒުކޮށްގެން ކަމަށެވެ.
އަދި މިފަދަ އިންތިޒާމުތަކުގެ ސަބަބުން ރާއްޖޭގެ އިސްލާމީ ޝަޚްޞިއްޔަތާއި އިޖުތިމާޢީ ފޭރާމަށް ގެއްލުން ނުލިބި، އިޤްތިޞާދީ ގޮތުން ޤައުމަށް ފައިދާތަކެއް ޙާޞިލުކުރެވިދާނެ ކަމަށް ޢަދާލަތު ޕާޓީން ވަނީ ބުނެފައެވެ.

ދިވެހިރާއްޖޭގައި އިންޓަރނޭޝަނަލް ރިއަލް އެސްޓޭޓު މަޝްރޫޢުތައް ކުރިއަށް ގެންދިއުމާއި ގުޅޭގޮތުން ޢަދާލަތު ޕާޓީއިން ނެރޭ ޤަރާރު https://t.co/9nzMn6BS3N
— Adhaalath Party (@AdhaalathOffice) November 10, 2026
އެހެންކަމުން، ބޭރު މީހުން ދިގު މުއްދަތަށް ވަޒަންވެރިވާ ގޮތަށް އެއްވެސް މަޝްރޫޢެއް ކުރިއަށް ނުގެންދިއުމަށް އެ ޕާޓީން ވަނީ ސަރުކާރަށް އިލްތިމާސް ކޮށްފައެވެ.
އޭގެއިތުރަށް އެ ޕާޓީން ބުނީ، ރާއްޖޭގައި އިންޓަރނޭޝަނަލް ރިއަލް އެސްޓޭޓް މަޝްރޫޢުތައް ކުރިޔަށް ގެންދަންވާނީ ބޭރު މީހުން ވަޒަންވެރިވާ ވަކި ސަރަޙައްދުތަކެއް އުފެއްދުމުގެ ބަދަލުގައި، އެފަދަ ފަރާތްތަކުން ހަމައެކަނި ޗުއްޓީ ހޭދަކުރުމަށް ބޭނުންކުރާނެ 'ހޮލިޑޭ ހޯމްސް' ފަދަ ވަސީލަތްތައް ތަރައްޤީކުރުމަށް އަމާޒުކޮށްގެން ކަމަށެވެ.
އަދި މިފަދަ އިންތިޒާމުތަކުގެ ސަބަބުން ރާއްޖޭގެ އިސްލާމީ ޝަޚްޞިއްޔަތާއި އިޖުތިމާޢީ ފޭރާމަށް ގެއްލުން ނުލިބި، އިޤްތިޞާދީ ގޮތުން ޤައުމަށް ފައިދާތަކެއް ޙާޞިލުކުރެވިދާނެ ކަމަށް ޢަދާލަތު ޕާޓީން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ހިޔާލު