ފޮޓޯ: ޕީއެންސީ
ފޮޓޯ: ޕީއެންސީ
އިލެކްޝަންސް ކޮމިޝަންގެ ސިޔާސީ ޕާޓީތަކުގެ ދަފްތަރަށް އައިސްފައިވާ ބަދަލުތަކާ ގުޅިގެން، ރާއްޖޭގެ ބައެއް ސިޔާސީ ޕާޓީތައް ކަމަށްވާ އަދާލަތު ޕާޓީ، އެމްޑީއޭ އަދި ޖުމްހޫރީ ޕާޓީގެ މެންބަރުންގެ އަދަދު ބޮޑުތަނުން ދަށަށް ގޮސްފިއެވެ.

މިއާއެކު މި ޕާޓީތަކުން އެތައް ހާސް މެންބަރުންނެއް ވަނީ ވަކިވެފައެވެ.

އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، 10،000 މެންބަރުން ހަމަވުމުގެ ސަބަބުން މިއަހަރު ދައުލަތުގެ ބަޖެޓުން ފައިސާ ލިބުނު އަދާލަތު ޕާޓީގައި މިހާރު ތިބީ އެންމެ 5،608 މެންބަރުންނެވެ.

އަދި އެމްޑީއޭގެ ދަފްތަރުގައި މިހާރު ތިބީ 5،848 މެންބަރުންނެވެ. މީގެ އިތުރުން، މީގެ ކުރިން 20،000 އަށްވުރެ ގިނަ މެންބަރުން ތިބި ޖުމްހޫރީ ޕާޓީގެ މެންބަރުންގެ އަދަދުވެސް ވަނީ 7،848 އަށް ވެއްޓިފައެވެ.

މިއީ އިލެކްޝަންސް ކޮމިޝަންގެ ރަސްމީ ވެބްސައިޓުގައި މިހާރު އާންމުކޮށްފައިވާ އަދަދުތަކެވެ.



ކިޔުންތެރިންގެ ހިޔާލު