އިނގިރޭސިވިލާތުގެ ވަލީއަހުދު ޕްރިންސް ވިލިއަމް އިންޑިއާގެ މުމްބާއީއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، އެ ސިޓީގެ އާންމު ދަތުރުފަތުރުގެ ތަޖުރިބާ ހޯއްދެވުމުގެ ގޮތުން އިލެކްޓްރިކް ރިކްޝާއެއް އަމިއްލަފުޅަށް ދުއްވަވައިފިއެވެ.
މި ދަތުރުފުޅުގައި ޕްރިންސެސް އޮފް ވޭލްސް، ކެތްރިން އިންނެވީ ރިކްޝާގެ ފަހަތު ސީޓުގައެވެ.
ޝާހީ ދެކަނބަލުން މި ތަފާތު ތަޖުރިބާ ކުރައްވާފައިވަނީ އަންގާރަ ދުވަހު ބަންދްރާ-ވޯލީ ސީ ލިންކް ޕްރޮމެނާޑް ސަރަހައްދުގައެވެ. މިއީ 2026 ވަނަ އަހަރުގެ "އާތުޝޮޓް ޕްރައިޒް" ގެ ފައިނަލިސްޓުންނާ ބައްދަލުކުރެއްވުމުގެ ކުރިން ކުރިއަށްދިޔަ ހަރަކާތެކެވެ.
މަހިންދްރާ ލާސްޓް މައިލް މޮބިލިޓީ ކުންފުނިން އުފައްދާފައިވާ މި ފެހި ކުލައިގެ ތިންފުރޮޅުލީ އުޅަނދު ފަރުމާކޮށްފައިވަނީ އާތުޝޮޓް ޕްރައިޒްގެ ޚާއްސަ ކުލަތަކާއި ބްރޭންޑިންގ ހިމަނައިގެންނެވެ.
ތިމާވެއްޓާ ރައްޓެހި ދަތުރުފަތުރުގެ ނިޒާމެއް ގާއިމުކުރުމަށް ކުރަމުންދާ މަސައްކަތުގެ ސަބަބުން މި އިންޑިއާ ކުންފުންޏަކީ ވެސް މިއަހަރުގެ އެވޯޑުގެ ފައިނަލިސްޓެކެވެ.
ތިމާވެށްޓަށް އަންނަ އީޖާދީ ބަދަލުތަކާއި ދެމެހެއްޓެނިވި ތަރައްގީއަށް މައިގަނޑު ގޮތެއްގައި އަމާޒުކޮށްގެން ކުރިއަށްގެންދިޔަ މި ދަތުރުފުޅުގައި، މި ދަތުރަކީ ވަރަށް އެކަށޭނަ އަދި މާނަފުން ތަޖުރިބާއަކަށް ވެގެންދިޔައެވެ.
މުމްބާއީގައި ހޭދަކުރެއްވި ފުރަތަމަ ދުވަހު، ވިލިއަމް އަދި ކޭޓް ވަނީ ސްކޫލް ކުދިންނާއެކު ގޯޅިތެރޭގައި ކްރިކެޓް ކުޅުއްވައި، މަޝްހޫރު ކްރިކެޓް ތަރި ސަޗިން ޓެންޑުލްކަރާ ބައްދަލުކުރެއްވުމުގެ އިތުރުން މުމްބާއީ މެޓްރޯގައިވެސް ދަތުރުކުރައްވާފައެވެ.
މި ދެކަނބަލުން އިންޑިއާއަށް ތިން ދުވަހުގެ ރަސްމީ ޒިޔާރަތެއް ކުރައްވަމުން ގެންދަވާއިރު، އާތުޝޮޓް ޕްރައިޒް ދިނުމުގެ ރަސްމިއްޔާތު އިއްޔެ ވަނީ ބާއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު