ބަންގްލަދޭޝްގެ ބަރުގުނާ ސަރަޙައްދުގައި އުމުރުން ދުވަސްވީ ފިރިހެނަކު އޭނާގެ ކާފަދަރިފުޅުގެ ފިރިމީހާއާ ދެކޮޅަށް ފުލުހުންނަށް މައްސަލައެއް ހުށަހަޅައިފިއެވެ.
މި މައްސަލަ ހުށަހަޅާފައިވަނީ ނަމާދުކުރުމަށް ނަސޭހަތްތެރިވުމުން ހިނގި ދެބަސްވުމަކާ ގުޅިގެންނެވެ.
ފުލުހުންނަށް ހުށަހެޅި މައްސަލައިގައި ބުނެފައިވާ ގޮތުން، ނޮވެމްބަރު 12 ވަނަ ދުވަހު މައުލާނާ ސޮހްރާބް ހުސައިން އޭނާގެ ކާފަދަރިފުޅުގެ ފިރިމީހާ ކަމަށްވާ މުޙައްމަދު ރައްބާނީ ޣާޒީއަށް ނަމާދުކުރުމަށް ނަސޭހަތްދިނުމުން، ރައްބާނީ ވަނީ ރުޅިއައިސްގެން އެ ކާފަގެ އަތުގައި އޮތް އަސާގަނޑު އަތުލައި ބިންދާލާފައެވެ.
މީގެ އިތުރުން، ރައްބާނީ އޭނާއަށް ހުތުރު ބަހުން މުއާމަލާތްކޮށް ބިރުދައްކާފައިވާ ކަމަށާއި، އަމިއްލަ ފުރާނައިގެ ސަލާމަތާމެދު ކަންބޮޑުވާކަމަށްވެސް އެ މީހާ ވަނީ ބުނެފައެވެ. ފުލުހުން ވަނީ ލިޔުމުން ހުށަހެޅި މި މައްސަލަ ލިބިފައިވާކަން ކަށަވަރުކޮށްދީފައެވެ.
އަދި މި މައްސަލައިގައި ކުރެވިފައިވާ ތުހުމަތުތައް ތަހުގީގުކުރުމަށްފަހު، އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އަޅާނެކަމަށް ފުލުހުންނާ ހަވާލާދީ 'ސްޓާރ ނިއުސް' އިން ރިޕޯޓުކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު