މާލޭ ސިޓީގެ މޭޔަރު އާޒިމް
މާލޭ ސިޓީގެ މޭޔަރު އާޒިމް
ބޮޑީ ބިލްޑިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ބޮޑީ ބިލްޑިންގ، ލިފްޓިންގ އަދި ޕެރަ ޕަވާ ވެއިޓް ލިފްޓިންގ މުބާރާތަށް މާލެ ސިޓީ ކައުންސިލުން މުހިންމު އެހީތެރިކަމެއް ފޯރުކޮށްދިނުމަށް ނިންމައިފިއެވެ.

މި މަހުގެ 18 އިން 28 އަށް ކުރިއަށްގެންދިއުމަށް ނިންމާފައިވާ މި މުބާރާތަށް އެހީތެރިކަން ހޯދުމަށް ބޮޑީ ބިލްޑިންގ އެސޯސިއޭޝަނުން މާލެ ސިޓީ ކައުންސިލުގައި އެދުމުން، އެ ހުށަހެޅުމާ މެދު ގޮތެއް ނިންމާފައިވަނީ ކައުންސިލުން ބޭއްވި އާންމު ޖަލްސާގައެވެ.

ކުޅިވަރުގެ މިފަދަ ހަރަކާތްތަކަށް ހިތްވަރުދީ އެއްބާރުލުން ދިނުމުގެ ގޮތުން، އިތުރު ބަހުސަކާ ނުލައި މާލެ ސިޓީ ކައުންސިލުން ނިންމާފައިވަނީ މުބާރާތް ބޭއްވުމަށްޓަކައި މާލެ ސިޓީ ހޯލުގެ ހުސްޖާގަ ހިލޭ ދިނުމުގެ އިތުރުން، އެ ތަނުގެ ކަރަންޓު ޚަރަދުވެސް ހަމަޖައްސައިދިނުމަށެވެ.

މި ނިންމުން ނިންމާފައިވަނީ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 13 ކައުންސިލަރުންގެ އިއްތިފާގުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް