އިސްރަށްވެހިންތަކެއް
އިސްރަށްވެހިންތަކެއް
ހެލްތު މިނިސްޓްރީން އިންތިޒާމުކޮށްގެން މިއަދު ހުޅުމާލެ ސެންޓްރަލް ޕާކުގައި ފެށި "ހެލްތު އެކްސްޕޯ 2026" ގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ބައިވެރިވެއްޖެއެވެ.

އެޗްޑީސީން ބުނީ އެ އެކްސްޕޯގައި އެޗްޑީސީގެ ހާއްސަ ސްޓޯލުން އެ ކޯޕަރޭޝަންގެ އިޖުތިމާއީ ޒިންމާ (ސީއެސްއާރު)ގެ ދަށުން ހިންގާ ތަފާތު ހަރަކާތްތަކާއި، އާއިލީ ދުޅަހެޔޮކަމާއި މުޖުތަމައު ބާރުވެރިކުރުމަށް ކުރާ މަސައްކަތްތަކުގެ މައުލޫމާތު އާންމުންނަށް ފޯރުކޮށްދޭނެ ކަމަށެވެ.

އެގޮތުން އެ ކޯޕަރޭޝަންގެ ސްޓޯލުން އެންމެ ޚާއްސަ އިސްކަމެއްދޭނީ އިސްރަށްވެހިންގެ ޖިސްމާނީ އަދި ނަފުސާނީ ދުޅަހެޔޮކަން އިތުރުކުރުމާ ގުޅޭ މައުލޫމާތު ދިނުމަށްކަމަށް ބުންޏެވެ.

މި އެކްސްޕޯގެ ތެރެއިން މި މަހުގެ 16 ވަނަ ދުވަހު ފަށާ "ދުޅަހެޔޮ އިސްރަށްވެހިން" ޕްރޮގްރާމްގައި ރަޖިސްޓްރީވެވޭނެއެވެ. މި ޕްރޮގްރާމް ކުރިއަށްދާނީ އެއް މަސް ދުވަހުގެ ބެޗްތަކަކަށް ބަހާލައިގެން، އެއް އަހަރުގެ މުއްދަތަކަށެވެ. ކޮންމެ ބެޗަކަށް ހަފުތާއަކު ތިން ދުވަހު، ޖުމުލަ 12 ސެޝަން ކުރިއަށްދާނެއެވެ.

މި ހަރަކާތާ އެކު ކޮންމެ ހަފުތާއަކު ވެސް ތިން ދުވަހު، އިސްރަށްވެހިންގެ އުމުރާ ގުޅޭގޮތަށް ރޭވިފައިވާ ލުއި ކަސްރަތުތަކާއި، ހިނގުމާއި، ސްޓްރެޗިންގ އަދި ނޭވާލުމުގެ ކަސްރަތުތައް ކުރިއަށްގެންދާނެއެވެ. އިސްރަށްވެހިންނާ ގުޅޭ މި ނޫން ވެސް ގިނަ ހަރަކާތްތަކެއް ވަނީ ރާވާފައެވެ.

"ދުޅަހެޔޮ އިސްރަށްވެހިން"ޕްރޮގްރާމްގެ އަމާޒަކީ އިސްރަށްވެހިންގެ މެދުގައި އުފެދޭ އެކަނިވެރިކަމާއި އިޖުތިމާއީ އެކަހެރިކަން ނައްތާލައި، އުފާވެރި، ހަރަކާތްތެރި އުމުރުފުރައެއް ބިނާކުރަން ހިތްވަރުދިނުންކަމަށް އެޗްޑީސީން ބުންޏެވެ



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް