ބީއެމްއެލްގެ އެފޯޑަބަލް ހައުސިންގ ޔުނިޓްތަކުގެ ކޮންކްރީޓް މަސައްކަތް ކުރަނީ
ބީއެމްއެލްގެ އެފޯޑަބަލް ހައުސިންގ ޔުނިޓްތަކުގެ ކޮންކްރީޓް މަސައްކަތް ކުރަނީ
އެމްއެމްއޭގެ އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިންގ ސިޔާސަތުގެ ދަށުން، ބީއެމްއެލްގެ އެފޯޑަބަލް ހޯމް ލީސިންގ ކުންފުނިން ހުޅުމާލޭ ފޭސް 1 ގައި ތަރައްޤީކުރާ ހައުސިންގ ޔުނިޓްތަކުގެ ފައުންޑޭޝަން ކޮންކްރީޓް އެޅުމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.

އަމީން ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން، މިހާރު ފަށާފައިވަނީ 182 ޔުނިޓުގެ ފައުންޑޭޝަން އެޅުމުގެ މަސައްކަތެވެ. މި ސަރަހައްދުގައި ޖުމްލަ 364 ޔުނިޓް އެޅުމަށް ވަނީ ހަމަޖެހިފައެވެ. ކުލި ދައްކައި ޚަލާސްކުރުމުން މިލްކުވާ ގޮތަށް ދޫކުރާ 900 އަކަފޫޓުގެ، 3 ކޮޓަރީގެ މި އެޕާޓްމަންޓްތަކުގެ މަސައްކަތް 2028 ވަނަ އަހަރުގެ ޖުލައި މަހަށް ނިންމާލެވޭނެ ކަމަށް ޕްރޮޖެކްޓް ކޮންސަލްޓެންޓް މުޙައްމަދު ޝަރާހު ވިދާޅުވިއެވެ. ކޮންޓްރެކްޓަރުގެ ފަރާތުންވެސް ވަނީ ތާވަލާ އެއްގޮތަށް މަސައްކަތް ނިމޭނެ ކަމުގެ ޔަޤީންކަން ދީފައެވެ.

މިއީ ސަރުކާރެއްގެ 5 އަހަރުގެ ދައުރެއްގެ ތެރޭގައި ފަށައި، ނިންމައި އަދި ހަވާލުކުރެވޭ ފުރަތަމަ ހައުސިންގ މަޝްރޫޢަށް ވެގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ. ހުޅުމާލޭގެ އިތުރުން ވިލިމާލެ ހިމެނޭހެން، މި މަޝްރޫޢުގެ ދަށުން މާލެ ސަރަހައްދުގައި ޖުމްލަ 3,260 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް މިހާރު ދަނީ ބާރަށް ކުރިއަށެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް